ދިވެހިރާއްޖެ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެ
މާލެ، ދިވެހިރާއްޖެ
ނަންބަރު: H/IUL/2025/71A
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
މި ކުންފުނީގެ ކ. ތުލުސްދޫ ޓްރެއިނިންގް ސެންޓަރ އިމާރާތުގެ ގްލާސް ފްރޭމް އަދި ކްލެޑިންގ ފެބްރިކޭޓްކޮށް އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ހޯދުމަށް ކުރެވުނު ނަންބަރު H/IUL/2025/71 އިޢުލާނާއި ގުޅިގެން އެދެވޭ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމުގައި ދަންނަވަމެވެ.
މި މަސައްކަތް ކޮށްދެއްވަން އެދިވައިގަންނަވާ ފަރާތްތަކުން -/750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއަށް ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު، ތިރީގައިވާ ތާވަލުގައިވާ ގޮތުގެ މަތިން ބީލަން ހުށަހެޅުއްވުން އެދެމެވެ.H/IUL/2025/71 ނަންބަރު އިޢުލާނާއި ގުޅިގެން ބިޑް ޑޮކިއުމަންޓް ބައްލަވައިގަނެފައިވާ ފަރާތްތަކުން އަލުން ބިޑް ޑޮކިއުމަންޓް ބައްލަވައިގަންނާކަށް ނުޖެހޭނެއެވެ. އަދި އެ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް އީ-މެއިލް ކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.
|
ދުވަސް |
ވަގުތު |
ފައިސާ ބަލައިގަތުމަށް |
2025 މޭ 13 އިން 2025 މޭ 26 އަށް |
09:00 އިން 15:00 އަށް |
ކިޔުމަންޓް ދޫކުރުމަށް |
2025 މޭ 13 އިން 2025 މޭ 26 އަށް |
09:00 އިން 15:00 އަށް |
މަޢުލޫމާތު ދިނުން |
2025 މޭ 27 (އަންގާރަ) |
10:00 ގައި |
އަގު ހުށަހެޅުން |
2025 ޖޫން 01 (އާދީއްތަ) |
10:00 ގައި |
މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 20,000/-ރ. (ވިހިހާސް) ރުފިޔާ ނުވަތަ އެއަގަށްވާ ޔޫ.އެސް ޑޮލަރު ހުށަހަޅަންވާނެއެވެ. އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި، ހުށަހަޅާ އަގުގެ ބިޑްކާމިޔާބު ކުރަށްވާ ފަރާތުން އަދާކުރަންޖެހޭނެއެވެ. ބިޑްސެކިއުރިޓީ އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންވާނީ ބޭންކް ގެރެންޓީ ލެޓަރ (ބިޑް ޑޮކިއުމަންޓުގައިވާ ފޯމެޓާއި އެއްގޮތަށް)، ބޭންކް ޑްރާފްޓް ނުވަތަ އިންޝުއަރެންސް ޕޮލިސީއެކެވެ. މި މަސައްކަތަށް ހުށަހަޅާ ބީލަންބާޠިލުވާ މުއްދަތުގެގޮތުގައި މަދުވެގެން 60 (ފަސްދޮޅަސް) ދުވަސް ދެވެންވާނެއެވެ. އަދި ބިޑްސެކިއުރިޓީ ބާޠިލުވާ މުއްދަތު މިމަސައްކަތަށް ހުށަހަޅާ ބީލަންބާޠިލުވާ މުއްދަތަށްވުރެ 30 (ތިރީސް) ދުވަސް އިތުރުވާންވާނެވެ.
23 ޛުލްޤައިދާ 1446
12 މޭ 2025
ނޯޓް:
- މި އިއުލާނަށް ބީލަން ހުށަހަޅުއްވާ ފަރާތްތަކާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، ސްޓެލްކޯގެ މުވައްޒަފަކާއި އޮތްކަމުގައި ވާނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނޭ ލިޔުމެއް އަންދާސިހިސާބާއެކު ހުށަހަޅުއްވަންވާނެއެވެ. މިފަދަ މައޫލޫމާތު ހިއްސާ ނުކުރައްވާ ފަރާތްތަކުގެ ބީލަން ބާޠިލު ކުރެވޭނެއެވެ.
- މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
- މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338121 / 3034671 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] އަދި [email protected] މި އެރެހަށެވެ.