ދިވެހިރާއްޖެ
އިޢުލާން
އައްޑޫ ޢީދި ސަމާ 1446 ފާހަނގަ ކުރުމުގެ ގޮތުން ބާއްވާ ބެޑްމިންޓަން މުބާރާތާއި ގުޅޭ
1446 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދު އައްޑޫސިޓީގައި ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން އައްޑޫސިޓީގެ އެކި އަވަށްތަކުގައި "އައްޑޫ އީދި ސަމާ 1446" ގެ ނަމުގައި ހަރަކާތްތަކެއް އިންތިޒާމްކުރުމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. އެގޮތުން މަރަދޫފޭދޫގައި " ރަންވިލު ބެޑްމިންޓަން މުބާރާތް" ގެ ނަމުގައި ބެޑްމިންޓަން މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި، މި މުބާރާތުގައި އައްޑޫގައި ދިރި އުޅެމުންދާ ކޮންމެ ފަރާތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ވާހަކަ ދަންނަވަމެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު މި ޢިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޓީމްތަކުން މި ޢިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ގޫގުލް ފޯރމް (https://forms.gle/cZ2ZYNdTgfzP54AL7) މެދުވެރިކޮށް 23 މޭ 2025 ވާ ހުކުރު ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުމަށް ދަންނަވަމެވެ. އަދި، މި މުބާރާތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮފީހުގެ ނަންބަރު 6891523 އަށް ގުޅުއްވުން އެދެމެވެ.
14 ޛުލްޤައިދާ 1446
12 މޭ 2025