ދިވެހިރާއްޖެ
އދ.މާމިގިލީ ވިޒިޓަރސް ޕާކް ތަރައްޤީކުރުން
ކައުންސިލުންދޭ ކުރެހުމާއި އެއްގޮތަށް އދ.މާމިގިލީ ވިޒިޓަރސް ޕާރކް ތަރައްޤީކުރުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެފަރާތެއް ހޯދަންބޭނުން ވެއްޖެ އެވެ.
މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވެ ލައްވާފަރާތްތަކުން ކައުންސިލް އިދާރާއަށް ދުރުވެ ބިޑުފޮތް ބައްލަވައިގަތުމަށް ދަންނަވަމެވެ. ބިޑުފޮތް ލިބިވަޑައިގަންނަވާނީ 2025 މެއި 18 ން 2025 މެއި 22 ވަނަ ދުވަހުގެ 12:30 އާއި ހަމައަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން މެންދުރު 12:30 އާދެމެދު އދ.މާމިގިލީ ކައުންސިލްގެ އިދާރާއިން ނެވެ. ބިޑުފޮތެއްގެ އަގަކީ -/2500ރ ( ދެހާސް ފަސްސަތޭކަ ރުފިޔާ ) ބިޑް ހުށަހަޅުއްވާނީ 2025 މެއި 29 ވަނަ ދުވަހުގެ 13:00 ށް އދ.މާމިގިލީ ކައުންސިލްގެ އިދާރާއަށެވެ.
އަދި މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 2025 މެއި 22 ވާ ބުރާސްފަތި ވަހުގެ 13:00 ށް އދ.މާމިގިލީ ކައުންސިލަށް ވަޑައިގަތުމަށް ދަޢުވަތުއަރުވަމެވެ. މަޢުލޫމާތުދިނުމުގެ ސެޝަންގައި ބައިވެރިވެ ނުލައްވާފަރާތްތަކަށް އަންދާސީހިސާބު ހުށައެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަވެސް ދަންނަވަމެވެ.
އަދި އަންދާސީހިސާބު ހުށައެޅުމުގެ ފުރުޞަތު އޮންނާނީ އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ .
14 ޛުލްޤައިދާ 1446