ދިވެހިރާއްޖެ
މަޤާމް :އެޑްމިނިސްޓްރޭޓިވް ސަޕޯރޓް އޮފިސަރ (މީޑިއާ ރިލޭޝަންސް ކޯޑިނޭޓަރ އެންޑް އިންކުއަރީ ހޭންޑްލަރ) | |
---|---|
ބޭނުންވާ އަދަދު :1 | |
މަޤާމުގެ ކްލެސިފިކޭޝަން: ހަޔަރ އެޑްމިން ސަޕޯރޓް އޮފިސަރ މުސާރަ: - އަސާސީ މުސާރަ: -/5,610 ރުފިޔާ - ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު: -/2,200 ރުފިޔާ އިތުރު ޢިނާޔަތްތައް: - ނޮން-ޕްރެކްޓިސް އެލަވަންސް: -/1,963.50 ރުފިޔާ (އަސާސީ މުސާރައިގެ 35 އިންސައްތަ) - އިތުރު ގަޑީގެ ގޮތުގައި މަހަކު: -/3,366 ރުފިޔާ (އަސާސީ މުސާރައިގެ 60 އިންސައްތަ) - ކެއުމާއި ބޭސްފަރުވާކުރުން މަޤާމުގެ ޝަރުތު: - ކޮމިއުނިކޭޝަން، ޖާނަލިޒަމް، ޕަބްލިކް ރިލޭޝަންސް، ނުވަތަ އެއާއި ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާއިން މަތީގެ ސަނަދެއް ހާޞިލްކޮށްފައިވުން. - މީލާދީ ގޮތުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ފަރާތެއް ކަމުގައިވުން، - އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާ ޙީލަތް، މަސްތުވާ ތެކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުން، - ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން. މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު: - މީޑިއާގެ ހުރިހާ ސުވާލުތަކަކާއި ރިކުއެސްޓްތަކަށް ފަސްޓް ޕޮއިންޓް އޮފް ކޮންޓެކްޓްގެ ގޮތުގައި މަސައްކަތްކުރުން. - މީޑިއާގެ ފަރާތުން މައުލޫމާތު ހޯދުމަށް އެދޭ ފަރާތްތަކަށް އަވަސް އަދި ޕްރޮފެޝެނަލް ގޮތެއްގައި ޖަވާބުދިނުން. - ކުށުގެ ވެށްޓާއި، އިވެންޓްތަކާއި އަދި އެހެނިހެން ތަންތަނަށް މީޑިއާއަށް އެކްސެސް ވެވޭނޭގޮތް ޔުނިޓް ހެޑްގެ ލަފާޔާއެކު އިންތިޒާމްކުރުން. - މީޑިއާގެ ފަރާތްތަކާއި ގަވާއިދުން މުއާމަލާތުކޮށް ގުޅުން ބަދަހިކުރުން. - ހިނގަމުންދާ ހާދިސާތަކާއި، ތަހުގީގުތަކާއި، ރަސްމީ އިވެންޓްތަކާ ބެހޭގޮތުން މީޑިއާއަށް އެކަށީގެންވާ ވަގުތެއްގައި އަޕްޑޭޓްދިނުން. - މީޑިއާއާ ހިއްސާކުރާ ހުރިހާ މައުލޫމާތަކީ ޞައްޙަ، އެއްގޮތް، އަދި މީޑިއާ ޕޮލިސީއާ އެއްގޮތްވާ މަޢުލޫމާތުކަން ކަށަވަރުކުރުން. - ބްރީފިންގް މެޓީރިއަލް ތައްޔާރުކުރުމާއި، ތަންތަން ހަމަޖެއްސުން. - މީޑިއާ ކޮމިއުނިކޭޝަން ސްޓްރެޓަޖީތަކާއި ޕްލޭންތައް އެކުލަވާލުމާއި ތަންފީޒުކުރުމުގައި އެހީތެރިވުން. - މީޑިއާގެ ސުވާލުތަކާއި، ޖަވާބުތަކާއި، މުޢާމަލާތުތަކުގެ ރެކޯޑްތަށް ބެލެހެއްޓުން - ދިވެހި ފުލުުހުންގެ ޚިދުމަތުގެ ލަނޑުދަނޑިތަކާއި މަޤުޞަދުތައް ޙާސިލްކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ޤާނޫނީ އިމުގެތެރެއިން ކުރުން. އިތުރު މަޢުލޫމާތު: - މި މަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތަކީ ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ ފަރާތަކަށް ނުވުން. - މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަން، ޕޮލިގްރަފީ ޓެސްޓް، ކުރެވޭ އިންޓަރވިއު އަދި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވުން. މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް: - މަގާމާއި ގުޅުންހުރި ދާއިރާއަކުން މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން: މާލެ އާންމުކޮށް މަސައްކަތްކުރަންޖެހޭ ގަޑި: ރަސްމީ ޑިއުޓީ / ދަންފަޅި ޑިއުޓީ ހުށަހަޅަންޖެހޭ ލިޔުންތައް: - ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯރޑް ބަލާ ފޯމް، - ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ، - އެއްގަމު އުޅަންދު ދުއްވުމުގެ ލައިސަންސް ކާޑުގެ ކޮޕީ، - ތައުލީމީ ސަނަދު ނުވަތަ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)، - ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ، - ނެގިފަހުން 3 މަސް ވެފައިނުވާ އެފަރާތެއްގެ ޕާސްޕޯރޓް ސައިޒުގެ ފޮޓޯ (1 ފޮޓޯ ފޯމުގައި ތަތްކޮށްފައި)، - ދިވެހި ސިވިލް ސަރވިސް ނުވަތަ އެހެންވެސް ވަޒީފާއެއްގައި ދެމިހުރިމީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއް ނެތް ކަމުގެ ލިޔުން، - ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން. ސުންގަޑި: މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2025 މެއި 29 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 އިން 16:00 އަށެވެ. ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ. މީގެ އިތުރުން ވަޒީފާއަށް އެދި ހުށަހަޅާ ފޯމު އަދި ކުށުގެ ރެކޯރޑް ބަލާ ފޯމް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. މިމަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެެވެ. 14 ޛުލްޤަޢިދާ 1446 |