ދިވެހިރާއްޖެ
މަޤާމް :އެޑްމިނިސްޓްރޭޓިވް ސަޕޯރޓް އޮފިސަރ (ވީޑިއޯގްރާފަރ / ފޮޓޯގްރާފަރ) | |
---|---|
ބޭނުންވާ އަދަދު :1 | |
މަޤާމުގެ ކްލެސިފިކޭޝަން: ހަޔަރ އެޑްމިން ސަޕޯރޓް އޮފިސަރ މުސާރަ: - އަސާސީ މުސާރަ: -/5,610 ރުފިޔާ - ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު: -/2,200 ރުފިޔާ އިތުރު ޢިނާޔަތްތައް: - ނޮން-ޕްރެކްޓިސް އެލަވަންސް: -/1,963.50 ރުފިޔާ (އަސާސީ މުސާރައިގެ 35 އިންސައްތަ) - އިތުރު ގަޑީގެ ގޮތުގައި މަހަކު: -/3,366 ރުފިޔާ (އަސާސީ މުސާރައިގެ 60 އިންސައްތަ) - ކެއުމާއި ބޭސްފަރުވާކުރުން މަޤާމުގެ ޝަރުތު: - މަގާމާއި ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާއިން މަތީގެ ސަނަދެއް ހާޞިލްކޮށްފައިވުން. - މީލާދީ ގޮތުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ފަރާތެއް ކަމުގައިވުން، - އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާ ޙީލަތް، މަސްތުވާ ތެކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުން، - ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން. މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު: - ދިވެހި ފުލުހުންގެ ޚިދުމަތުން ރާވައި އިންތިޒާމްކޮށްގެން ބާއްވާ އިވެންޓްތަކާއި ހަރަކާތްތަކާއި އޮޕަރޭޝަންތައް އަދި ފުލުހުން އެޓެންޑްވާ ހަރަކާތްތައް ފޮޓޯ ނެގުމާއި ވީޑިއޯކުރުން. - ކޮމިޝަނަރ އޮފް ޕޮލިސް ބައިވެރިވެލައްވާ އެކިއެކި އިވެންޓްތަކުގެ ފޮޓޯ / ވީޑިއޯ ނެގުން. - ދިވެހި ފުލުހުންގެ ޚިދުމަތުގެ ބޭނުމަށް ތައްޔާރުކުރާ ޑޮކިއުމަންޓްރީ ފިލްމުތަކާއި، އެވެއާނެސް ވިޑިއޯކްލިޕް، ވީޑިއޯ ޕްރެޒެންޓޭޝަން، ޑޮކިއުމަންޓަރީތައް ތައްޔާރުކޮށް އެތަކެތި ބެލެހެއްޓުން. - ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްތައް ކުރިއަށްދާއިރު ވިޑިއޯ އެޑިޓަރއާއެކު މަސައްކަތްކޮށް ބޭނުންވާ ފުރިހަމަ ޕްރޮޑަކްޓް ނެރެވޭނެކަން ޔަގީން ކުރުން. - ނަގާ ވީޑިއޯ / ފޮޓޯ ގެ ސިއްރު ހިފެހެއްޓުން. - މަސައްކަތް ކުރުމަށް ހަވާލުކުރެވިފައިވާ އާލާތްތަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި ރައްކާތެރިކަމާއެކު ގެންގުޅެ ބެލެހެއްޓުން. - ޚިދުމަތުގެ ފަރާތުން ބާއްވާ ހަފުލާ ރަސްމިއްޔާތުތަށް ރާވާ އިންތިޒާމް ކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން. - ދިވެހި ފުލުުހުންގެ ޚިދުމަތުގެ ލަނޑުދަނޑިތަކާއި މަޤުޞަދުތައް ޙާސިލްކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ޤާނޫނީ އިމުގެތެރެއިން ކުރުން. އިތުރު މަޢުލޫމާތު: - މި މަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތަކީ ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ ފަރާތަކަށް ނުވުން. - މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަން، ޕޮލިގްރަފީ ޓެސްޓް، ކުރެވޭ އިންޓަރވިއު އަދި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވުން. މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް: - މަގާމާއި ގުޅުންހުރި ދާއިރާއަކުން މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން: މާލެ އާންމުކޮށް މަސައްކަތްކުރަންޖެހޭ ގަޑި: ރަސްމީ ޑިއުޓީ / ދަންފަޅި ޑިއުޓީ ހުށަހަޅަންޖެހޭ ލިޔުންތައް: - ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯރޑް ބަލާ ފޯމް، - ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ، - އެއްގަމު އުޅަންދު ދުއްވުމުގެ ލައިސަންސް ކާޑުގެ ކޮޕީ، - ތައުލީމީ ސަނަދު ނުވަތަ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)، - ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ، - ނެގިފަހުން 3 މަސް ވެފައިނުވާ އެފަރާތެއްގެ ޕާސްޕޯރޓް ސައިޒުގެ ފޮޓޯ (1 ފޮޓޯ ފޯމުގައި ތަތްކޮށްފައި)، - ދިވެހި ސިވިލް ސަރވިސް ނުވަތަ އެހެންވެސް ވަޒީފާއެއްގައި ދެމިހުރިމީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއް ނެތް ކަމުގެ ލިޔުން، - ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން. ސުންގަޑި: މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2025 މެއި 29 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 އިން 16:00 އަށެވެ. ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ. މީގެ އިތުރުން ވަޒީފާއަށް އެދި ހުށަހަޅާ ފޯމު އަދި ކުށުގެ ރެކޯރޑް ބަލާ ފޯމް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. މިމަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެެވެ. 14 ޛުލްޤަޢިދާ 1446 |