މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ތިމާވެށްޓަށް ކުރާ އަސަރުތަކާ ގުޅޭގޮތުން ލުއިފޮތްތަކެއް ތައްޔާރުކުރުމަށް މަޢުލޫމާތު ދިރާސާކޮށްދޭނެ ފަރާތެއް ހޯދުމަށް

ތިމާވެށްޓަށް ކުރާ އަސަރުތަކާ ގުޅޭގޮތުން ލުއިފޮތްތަކެއް ތައްޔާރުކުރުމަށް މަޢުލޫމާތު ދިރާސާކޮށްދޭނެ ފަރާތެއް ހޯދުމަށް

މިނިސްޓްރީ އޮފް ޓޫރިޒަމާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ހިންގާ ޓޫރިޒަމް އެޑެޕްޓޭޝަން ޕްރޮޖެކްޓުގެ ދަށުން ތައްޔާރުކުރެވިފައިވާ ރިޕޯޓުތަކުގެ މައްޗަށް ބިނާކޮށް ލުއިފޮތްތަކެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް މި މިނިސްޓްރީ ބޭނުންވެއެވެ. މި ރިޕޯޓުތަކާއި އަދި މި މަސައްކަތާ ގުޅޭ ޓާރމްސް އޮފް ރިފަރެންސް ތިރީގައިވާ ވެބްލިންކްއިން ބައްލަވާލެވޭނެއެވެ.

http://tourism.gov.mv/projects/tap-project

މި މަސައްކަތްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް 30 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައި މިނިސްޓްރީ އޮފް ޓޫރިޒަމްގައި ބާއްވާ ރޭވިފައިވާ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވުމަށް ދަޢުވަތު އަރުވަމެވެ. މި ސެޝަނަށް ވަޑައިގެން ކުރިން މި ޕްރޮޖެކްޓްގެ ދަށުން ހެދިފައިވާ ރިޕޯޓުތައްވެސް ބައްލަވާލެވޭނެއެވެ.

މިސައްކަތާ ގުޅޭ ޕްރޮޕޯޒަލް 3 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ޓަރމްސް އޮފް ރިފަރެންސްގައިވާ ގޮތުގެ މަތިން ހުށަހެޅުއްވުން އެދެމެވެ. 

ޓޫރިޒަމް އެޑެޕްޓޭޝަން ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

މިނިސްޓްރީ އޮފް ޓޫރިޒަމް

ހ.ވެލާނާގެ، 5 ވަނަ ފަންގިފިލާ

އަމީރު އަޙުމަދުމަގު، މާލެ، ދިވެހިރާއްޖެ

ޓެލެފޯން: 3022273 ، ފެކްސް 3322512

އީމެއިލް: [email protected]

ވެބްސައިޓް: www.tourism.gov.mv

27 އޮގަސްޓް 2015
ހޯދާ