ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަލުތެރޭގައި ހެދިފައިވާ ބޮޑެތި ގަސްތައް ކެނޑުމާއި އަލިފާން ރޯކޮށް ވަލުތެރެ އަންދާ ގަސްރުން އިންދުން މަނާކުރުމާގުޅޭ

     ރަށުގެ ތިމާވެއްޓަށް ބޮޑެތި ގެންލުން ލިބޭގޮތަށް ރަށުގެ ވާ ކޮށާ އަދި އަންދާ އެތަންތަނުގައި ފަތްކޭލުގެ ބާވަތްތައް އިންދަމުންގެންދާކަން މި ކައުންސިލައްވަނީ ފާހަގެވެފައެވެ. މިކަމަކީ ގާނޫނު ނަންބަރު 93/4 (ދިވެހިރާއްޖެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ދަށުން ހެދިފައިވާ ޤަވާއިދު ނަންބަރު R-92/2022 (ދިވެހިރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ޙިމާޔަތްކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު) ގައި މަނާ ކަންކަމުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަމުގައި ދަންނަވަމެވެ. އަދި ޤާނޫނު ނަންބަރ 98/21 (މީހުންދިރި އުޅޭ ރަށްރަށުގެ ރުއްގަސްއިންދުމާއި ބެހޭ ޤާނޫނު) ގައި ދިރިއުޅުމަށް ދޫކުރާ ގޯތިގޯއްޗާއި ވަގުފު ބިންތަކާއި އެކިއެކި ބޭނުމަށް އެކިފަރާތްތަކާއި ހަވާލުކޮށްފައިވާ ބިންތައް ނޫން އެހެން ތަންތާނގައި ރުއްގަސް އިންދަންވާނީ، އެ ރަށެއްގެ ކައުންސިލްގެ ހުއްދާއާއެކު ކަމަށް ބުނެފައިވާ ހިނދު ކައުންސިލްގެ ހުއްދަ ނުހޯދާ ރަށުގެ ވާ ކޮށާ އަންދާ އެތަންތާ ފަތްކެޔޮ އަދި އެހެނިހެން ބާވަތްތަކުގެ ގަސްއިންދާ ހައްދަމުންދާ ފަރާތްތަކަން އެކަން ވަގުތުން ހުއްޓާލުމަށް އަންގަމެވެ.

     ވީމާ، ކައުންސިލްގެ ހުއްދަ ނުހޯދާ ރަށުގެ ވާ ކޮށާ އަންދާ އެތަންތާ ފަތްކެޔޮ އަދި އެހެނިހެން ބާވަތްތަކުގެ ގަސްއިންދާ ހެއްދުމަކީ މަނާކަމެއް ކަމުގައި އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ. 

12 މޭ 2025
ހޯދާ