ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
މި ހޮސްޕިޓަލުގައި 3 މަސް ދުވަހަށް ދަރުމައަށް މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލުން

 

ޑރ.ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ވޮލެންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ. އެހެންކަމުން ވޮލެންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 މެއި 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ވަނަވަރާއި ސެޓްފިކެޓްތައް މި އިދާރާގެ އީ-މެއިލް [email protected] އަށް ފޮނުވައިދެއްވުން އެދެމެވެ. އަދި މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތެއް ބޭނުން ފުޅުވާނަމަ މި އިދާރާގެ 6841970 ނަންބަރ އަށް ގުޅުއްވުން އެދެމެވެ.

ބޭނުންވާ އަދަދު: 06

 

12 މޭ 2025
ހޯދާ