ދިވެހިރާއްޖެ
ޅ. އަތޮޅު ހޮސްޕިޓަލްގެ 04 ވަނަ ފަންގިފިލާ އަދި 05 ވަނަ ފަންގިފިލާ ގެ ސީލިންގ މަރާމާތުކުރުމާއި އަދި ކުރަންހުރި ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން
މިމަސައްކަތްތައްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ (IUL)LHAH-AH/LHAH/2025/29 ( 13 އެޕްރީލް 2025 ) އިއުލާނާއި ގުޅިގެން ހުށަހަޅުއްވާފައިވާ ބިޑްތައް މައްލޫމާތު ފުރިހަމަނުވާތީ އާއި އަގު ބޮޑުކަމަށް ފެންނާތީ އެ އިއުލާން ބާޠިލްކޮށް އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރުން
މިހޮސްޕިޓަލްގެ 4 ވަނަ ފަންގިލާ އަދި 5 ވަނަ ފަންގިފިލާގެ ސީލިންގ މަރާމާތުކުރުމާއި އަދި ކުރަންހުރި ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ މި މަސައްކަތް މި ހޮސްޕިޓަލުން ފޯރުކޮށްދޭ މަޢްލޫމާތާއި އެއްގޮތަށް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި ބީލަން ހުޅުވާލަމެވެ. މި މަސައްކަތްތައް ކޮށްދިނުމަށް ޝަވްޤުވެރިވާ ފަރާތްތަކުން މިއިޢުލާނާއި އެކު ގެޒެޓްގައި ޝާއިޢު ކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކޮށް މިހޮސްޕިޓަލްގެ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި މި މަސައްކަތާއި ގުޅުންހުރި އެންމެހާ ލިޔެކިޔުންތައް އިޢުލާނާއިއެކު ގެޒެޓްގައި ޝާއިޢުކުރެވިފައިވާނެއެވެ.
ބީލަން ރަޖިސްޓްރީ ކުރުން |
12 މެއި 2025 ން 18 މެއި 2025 ގެ 14:00 |
ފްރީބިޑް މީޓިންގ އަދި ބީލަން ހުށަހެޅުން އޮންނާނީ ތިރީގައި ދެންނެވިފައިވާ ގޮތުގެމަތިން މި ހޮސްޕިޓަލްގެ މީޓިންގ ހޯލްގައެވެ.
ފްރީބިޑް މީޓިންގ |
19 މެއި 2025 ދުވަހުގެ 13:30 |
ބީލަންހުށަހެޅުމާއި ، ބީލަން ހުޅުވުން |
21 މެއި 2025 ދުވަހުގެ 13:30 |
ބީލަމުގައި ރަޖިސްޓަރީކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓަރީކޮށްފައި ނުވާ ފަރާތްތަކާއި އަދި ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ ބީލަންތައް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.