ދިވެހިރާއްޖެ
ފ.ނިލަންދޫ މަސްޖިދުއްސަލާމުގެ އިންފާރު މަރާމާތުކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭގޮތުން 2025 އެޕްރީލް 23 ވަނަ ދުވަހު ކޮށްފައިވާ ،މިއިދާރާގެ ނަންބަރ (IUL)374-D/374/2025/26 އިޢުލާނާއި ގުޅިގެން ހުށަހަޅައިފައިވާ އަންދާސީ ހިސާބުތަކުގެ އަގުތަށް މިއިދާރާއިން ކަނޑައަޅައިފައިވާ އަގަށްވުރެ މަތިވެ، މިއަގުތަކަކީ މިމަސައްކަތަށް އެކަށޭނެ އަގުތަކެއްކަމަށް ލަފާނުކުރެވޭތީ ، މި އިޢުލާނު ބާތިލްކޮށް އަލުން މި މަސައްކަތް ކުރުމަށް ފުރުޞަތު ހުޅުވާލަމެވެ.
މި މަސައްކަތްތަކުގެ ތަފުސީލު، މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. މަޢުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރުންނާއި، ވެބްސައިޓު (www.faafnilandhoo.gov.mv) އާއި، ފޭސްބުކް ޕޭޖު (Faafu Nilandhoo Council Idhaaraa) އަދި ގެޒެޓުން ލިބެން ހުންނާނެއެވެ. މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ކަރުދާސް ނަންގަވަން ބޭނުންފުޅުވާ ފަރާތްތަކަށް 2025 މޭ 12 ވަނަ ދުވަހުން ފެށިގެން ރަސްމީ ގަޑީގައި މަޢުލޫމާތު ކަރުދާސް ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ.
ވީމާ، މިމަސައްކަތްތައް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2025 މޭ 26 ވަނަ ދުވަހުގެ 11:00 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ނަމޫނާއާއި އެއްގޮތަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމުގެ ނަމޫނާ މިއިދާރާގެ ވެބްސައިޓާއި ފޭސްބުކް ޕޭޖު އަދި ގެޒެޓުން ޑައުންލޯޑު ކުރެއްވޭނެއެވެ.
ނޯޓު: އަންދާސީ ހިސާބު ހުށަހެޅުއްވަން ހަމަޖައްސާފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ގަޑީގައެވެ.