ދިވެހިރާއްޖެ
މިއެޖެންސީއާއި މިއެޖެންސީގެ ދަށުން ހިނގަމުންދާ ސެންޓަރުތަކުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.
މަޤާމު |
ޑިރެކްޓަރ (ސުޕްރިންޓެންޑެންޓް) |
||
ބޭނުންވާ އަދަދު |
01 |
މަޤާމުގެ ކްލެސިފިކޭޝަން: ޑިރެކްޓަރ/ އެގްޒެކެޓިވް/ މެނޭޖަރ (އީ.އެކްސް1) |
ރޭންކް:EX1 |
މުސާރަ |
މަހަކު -/8835 ރުފިޔާ |
||
ސަރވިސް އެލަވަންސް |
މަހަކު -/2000 ރުފިޔާ |
||
ރިސްކް އެލަވަންސް |
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ފޮތުގައިވާ G209 ގައިވާ ގޮތުގެ މަތީން |
||
އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް |
އަސާސީ މުސާރައިގެ %35 |
||
ޑިޕާޓްމަންޓް |
ނޭޝަނަލް ޑްރަގް އެޖެންސީ / ކ. މާލެ |
||
މަސައްކަތް ކުރަންޖެހޭ ތަން |
ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ (ކ.ހިންމަފުށި) |
||
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
1- ރިހިބިލިޓޭޝަން ފަރުވާދޭ މަރުކަޒުތައް ހިންގުމުގެ ގަވާއިދު ނަންބަރު: 387-R/2014 ގައި ބަޔާންވެފައިވާ ގޮތުގެ މަތީން ސެންޓަރުގެ އެންމެހާ މަސްއޫލިއްޔަތެއް ސުޕްރިންޓެންޑެންޓެއްގެ ހައިސިއްޔަތުން އަދާކުރުން. 2- ސެންޓަރުގެ ކްލިނިކަލް އަދި އިދާރީ މަސައްކަތްތައް ރާވައި ހިންގުމާއި، މެއިންޓެނަންސްގެ ކަންތަކާއި އަދި ހޯދަންޖެހޭ ތަކެތި ހޯދައި ބެލެހެއްޓުން. 3- ނެޝަނަލް ޑްރަގް އެޖެންސީގެ ލަފައާ އެއްގޮތަށް ސެންޓަރުގެ އެންމެހާ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުމާއި، ކުރިޔަށް އޮތް އަހަރަށް ކަނޑައަޅާ ސެންޓަރުގެ އެކްޝަން ޕްލޭން އެކުލަވާލުމާއި، އެކްޝަން ޕްލޭނާ އެއްގޮތްވާގޮތުގެ އަހަރީ ބަޖެޓް ހަދައި، އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޑިވިޝަނަށް ހަވާލުކުރުން 4- އަހަރީ ބަޖެޓް ހަދައި ހެޑްއޮފީހަށް ފޮނުވުމާއި، އެއަހަރަށް ހިންގުމަށް ބޭނުންވާ ޕްރޮގްރާމްތައް ތަނުގެ މެންޑޭޓާ ގުޅޭގޮތުން ރާވައި ހިންގުން. 5- ޕްރޮޖެކްޓްތަކާއި، ޕްރޮގްރާމުގެ ތެރެއިން ކޮންމެހެން ރިވިއުކުރަންޖެހޭ ކަންކަން ދެނެގަނެ ގެންނަންޖެހޭ ބަދަލުތައް ވެރިންގެ މަޝްވަރާގެ މަތިން ގެނައުން. 6- ސެންޓަރުގެ މުދަލާއި ފައިސާ އަދި އެނޫން ވަސީލަތްތައް ބޭނުންކުރެވެނީ ޤާނޫނާއި ގަވާއިދާ އެއްގޮތަށް އަދި ހެޔޮގޮތުގައިތޯ ބަލާ އެގޮތަށް ހިނގާކަން ކަށަވަރުކުރުން. 7- ހެދިފައިވާ އޮނިގަނޑާ އެއްގޮތްވާގޮތުގެ މަތިން ތަނުގެ މަސައްކަތްތައް ރާވައި އެމަސައްކަތް މުވައްޒަފުންނާ ހަވާލުކޮށް އެމަސައްކަތް ހިންގައި ބެލެހެއްޓުން. |
||
ތަޢުލީމާއި ތަޖުރިބާ |
|
||
މަޤާމު |
ސުޕްރިންޓެންޑެންޓް (އެސިސްޓެންޓް ޑިރެކްޓަރ) |
||
ބޭނުންވާ އަދަދު |
01 |
މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ (އެމް. އެސް 3) |
ރޭންކް: MS3 |
މުސާރަ |
މަހަކު -/7035 ރުފިޔާ |
||
ސަރވިސް އެލަވަންސް |
މަހަކު -/2000 ރުފިޔާ |
||
ރިސްކް އެލަވަންސް |
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ފޮތުގައިވާ G209 ގައިވާ ގޮތުގެ މަތީން |
||
ސްޕެޝަލް ޑިއުޓީ އެލަވަންސް |
އަސާސީ މުސާރައިގެ %35 |
||
ޑިޕާރޓްމަންޓް |
ނޭޝަނަލް ޑްރަގް އެޖެންސީ / ކ. މާލެ |
||
މަސައްކަތް ކުރަންޖެހޭ ތަން |
ހާފްވޭ ހައުސް / ހުޅުމާލެ |
||
މަގާމުގެ ޝަރުތު |
|
||
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
|
||
ހުށަހަޅަންޖެހޭ ލިޔުންތައް |
|
||
ސުންގަޑި |
13 ސެޕްޓެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން ނޭޝަނަލް ޑްރަގް އެޖެންސީއަށް ހުށަހަޅަން ވާނެއެވެ. |
||
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: |
2015 ވަނަ އަހަރުގެ ސެޕްޓެންބަރު ފަހުކޮޅު ނުވަތަ އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި، ނޭޝަނަލް ޑްރަގް އެޖެންސީގައެވެ. ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. މަތީގައި ދެންނެވިފައިވާ ދެ މަޤާމަށް އިންޓަރވިއުކުރުމަށް ޝޯޓްލިސްޓް ކުރެވޭއިރު މަޤާމާ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. |
||
އިތުރު މަޢުލޫމާތު |
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3343061 އެވެ. ވަޒީފާއަށް އެދޭ ފޯމު މިއެޖެންސީގެ ވެބްސައިޓް www.nda.gov.mv)) އަދި ސިވިލް ސަރވިސް ވެބްސައިޓްގެ އިތުރުން ނޭޝަނަލް ޑްރަގް އެޖެންސީގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. |