ދިވެހިރާއްޖެ
މިރަށު މަސްޖިދުލް ލުބާބު މިސްކިތަށް 3 އޭސީ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)289/289/2025/20 އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ އަގު ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، ފޯރުކޮށްދީފައިވާ މަޢުލޫމާތާއި އެއްގޮތަށް މަސްޖިދުލް ލުބާބަށް ބޭނުންވާ 3 އޭސީ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ.
މިކަމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރިތަކަށެވެ. އަދި މިކަމަށް އެދި ހުށަހަޅާ އެއްވެސް ފަރާތަކީ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.
ވީމާ، މި ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން 15 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިންބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމު ފުރުއްވައި އަދި ރެޖިސްޓްރޭޝަން ފީ ޓްރާންފާރ ސްލިޕް [email protected] ހުށަހެޅުއްވުންއެދެމެވެ. ރެޖިސްޓްރޭޝަން ފީ -/500 ރުފިޔާ ޓްރާންސްފާރ ކުރައްވާނީ މިއިދާރާގެ 1329 ރެވެނިއު 1 އެކައުންޓް 7720700408001 އަށެވެ. މި ބީލަމާގުޅޭގޮތުން އިތުރު ޕްރީބިޑް ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ.
އަދި އަންދާސީ ހިސާބު 26 މެއި 2025 ވާ ހޯމަ ދުވަހުގެ 00:12 ގެ ކުރިން އީމެއިލް މެދުވެރިކޮށް [email protected] އަށް ހުށަހެޅުއްވުން އެދެވެމެ. އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ފޯން: 6560007 ނުވަތަ 9668680 ނަންބަރާއި ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.