މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް
ދިވެހިރާއްޖެ
މޯލްޑިވްސް މީޑިއާ ކައުންސިލަށް 3 މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި ވޯޓުލުމަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ ވަގުތީ ލިސްޓް

         ގާނޫނު ނަންބަރު 2008/15 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގާނޫނު) ގެ ދަށުން އެކުލަވާލާފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލަށް، 3 (ތިނެއް) މެންބަރުން އިންތިޚާބު ކުރުމަށްޓަކައި ވޯޓުލާ ފަރާތްތައް ރަޖިސްޓްރީވުމަށް 21 އެޕްރީލް 2025 ގައި ކޮށްފައިވާ ނަންބަރު : (IUL)493-MR/493/2025/55 އިއުލާން އާ އަދި  27 އެޕްރީލް 2025 ގައި މިނިސްޓްރީން ކޮށްފައިވާ ނަންބަރު : (IUL) 493-MR/493/2025/64 އިއުލާން އާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލް އިންތިޚާބުގައި ވޯޓުލުމަށް، ރަޖިސްޓްރީކުރެއްވި ފަރާތްތަކުގެ ވަގުތީ ލިސްޓް މި އިޢުލާނާއެކު އެޓޭޗްކޮށްފައި މިވަނީއެވެ.

         މި ލިސްޓާމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ  13 މެއި 2025 ވާ އަންގާރަ ދުވަހުގެ 16:00  ގެ ކުރިން މި މިނިސްޓްރީގެ އީމެއިލް  [email protected] މެދުވެރިކޮށް ޝަކުވާ ހުށަހެޅުއްވުން އެދެމެވެ.

          ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.                                                              

11 މޭ 2025
ހޯދާ