ދިވެހިރާއްޖެ
މަޤާމު: |
ހެލްތުކެއާ އެޓެންޑެންޓް |
|
މަޤާމްގެ ނަންބަރު: |
J-411836 |
|
ބޭނުންވާ އަދަދު: |
1 (އެކެއް) |
|
މަޤާމުގެ ގިންތި: |
(ދާއިމީ) |
|
މަޤާމުގެ ރޭންކް: |
އެސް.އެސް 2 |
|
މަޤާމުގެ ކުލެސިފިކޭޝަން |
ސަޕޯޓް ސްޓާފް ގްރޭޑް 2 |
|
ވަޒީފާއަދާ ކުރަންޖެހޭ ތަން |
އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ޞިއްޙީ މަރުކަޒު |
|
މުސާރަ: |
3470.00 ރުފިޔާ |
|
ސަރވިސް އެލަވަންސް: |
1000.00 ރުފިޔާ |
|
އެހެނިހެން އެލަވަންސް |
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް: |
1- ޞިއްޙީމަރުކަޒުގެ ވޯޑްތަކާއި ފާހާނާތަކާއި ޑްރެސިންގ ރޫމާއި އިންޖެކްޝަން ރޫމާއި އަދިވެސް އެހެނިހެން ކްލިނިކަލް އޭރިޔާތައް ހަޑިވިޔަނުދީ ސާފުކޮށް ބެލެހެއްޓުން. ( ޚާއްޞަކޮށް ވާރޭވެހޭ ދުވަސްވަރު ބޮޑަށް ސަމާލުކަންދިނުން ) 2- ބޭސްއަޅާ ކޮޓަރި، ވޯޑް،ލޭބަރރޫމްގައި ހިފާގެންގުޅޭ ތަކެތި ނަރުހުންގެ އިރުޝާދުގެ މަތިން ދޮވެ ސާފުކުރުން. 3- ނަރުހުން އޯ.ޕީ.ޑީ، ވޯޑްގައި މަސައްކަތް ކުރައްވާ ގަޑީގައި ނަރުހުންނަށް އެހީވުން . 4- ބަލިމީހާ ޑިސްޗަރޖުކުރުމުން ނަރުހުން އަންގަވާ ގޮތެއްގެމަތިން އެނދާއި،ގޮދަޑި އަދި ބެޑްސައިޑް ލޮކަރުތައް ސާފްކޮށް ކާބޮލައިޒްކޮށް އަބަދުވެސް ރީއްޗަށް ބެހެއްޓުން. 5- އަންގާލެވޭ އެންގުންތަކާ އެއްގޮތަށް މަރުކަޒުގެ ފާހާނަތައް ދޮވެ ސާފުކުރުން. 6- ދޮވެސާފުކުރުމަށް ބޭނުންކުރާ ލައްފިލުވާ އޯމޯފަދަ ތަކެތި ހުސްވިޔަނުދީ ސްޓޮކް ބެލެހެއްޓުން. 7- ޞިއްޙީމަރުކަޒުގައި ހަޑިވާ ބާލީހާއި ބެޑްޝީޓް އަދި އެހެނިހެން ތަކެތި ދޮވެ ސާފުކުރުން. 8- މަރުކަޒުގެ ސިންކުތަކާއި،އަތްދޮންނަ ތަށިތައް ހަޑިވިޔަނުދީ ބެލެހެއްޓުން. 9.މަރުކަޒުގައި ބެހެއްޓިފައިވާ ޑަސްބިންތައް ނަގަންޖެހޭ އުސޫލުތަކާ އެއްގޮތަށް އަދި އަންގާ ގޮތެއްގެމަތިން ނަގައި ސާފުކުރުން. 10- ސްޓެރަލައިޒް ކުރަންޖެހޭ އެއްޗެތި ނަރުހުންގެ ބެލުމުގެ ދަށުން ސްޓެރަލައިޒް ކުރުމާއި ނަރުހުންގެ އިރުޝާދުމަތިން ޑިއުޓީ ގަޑީގައި ނަރުހުން ޙަވާލުކުރާ މަސައްކަތްތައް ކުރުން. 11- ޞިއްޙީމަރުކަޒުގެ ވޯޑުތައް، ޑެލިވަރީރޫމް، އަދިވެސް އެހެނިހެން ކްލިނިކަލް އޭރިޔާތަކުގައި ހުންނަ އެނދުތަކުގެ ފޮޅާސާފުކުރުމާއި ކާބުލައިޒްކޮށް ބެލެހެއްޓުން. 12- ވޯޑްތެރޭގައި މީހުން ގިނަވިޔަނުދީ ބެލެހެއްޓުން. 13- ޞިއްޙީ މަރުކަޒުގެ ގޯތިތެރެއާއި،ވަށައިގެންވާ ސަރަހައްދު ހަޑިވިޔަނުދީ ކުނިކަހާ ސާފުކުރުމާއި،ގަސްތައް ކޮށާ، ފެންދީ ބެލެހެއްޓުން. 14- ޞިއްޙީ މަރުކަޒުގެ ޢިމާރާތާއި، މެޝިނަރީޒްތަކާއި، ފަރނިޗަރ އަދި ފަންކާތަކާއި އެހެނިހެން ތަކެތި މަދުވެގެން ހަފްތާއަކު އެއްފަހަރު ފޮޅާސާފުކުރުން. 15- ޞިއްޙީމަރުކަޒުގެ ބޭރުން ވަދެވޭ ގޮތަށް ހުންނަ ހުރިހާ ފާހާނާތައް ދުވާލަކު އެއްފަހަރު މަދުވެގެން ސާފުކުރުން. 16- ޞިއްޙީމަރުކަޒުގެ ހޯލް ތެރެއާއި ، ވަށައިގެން ދުވާލަކު އެއްފަހަރު މަދުވެގެން ކުނިކަހައި ސާފުކުރުން . 17- ޞިއްޙީމަރުކަޒުގެ އޮފީސްތެރެއާއި އަދި އެހެނިހެން ތަންތާގައި ބަހައްޓާފައިވާ ސޯކޭސް ، ކަބަޑު ފަދަ ތަކެތި މަދުވެގެން ހަފްތާ އަކު ދެފަހަރު ފޮހެ ސާފުކޮށް ބެލެހެއްޓުން. 18- ޞިއްޙީ މަރުކަޒުގައި އުކާލަންހުންނަތަކެތި ދުވަހުންދުވަހަށް ރައްކާތެރިކަމާއިއެކު އުކާލާ އަންދާލަންޖެހޭ ތަކެތި އަންދާލުން. 19- އޞިއްޙީ މަރުކަޒުގެ ގޯތިތެރޭގައާއި،އިމާރާތުގެ އެތެރޭ ޕޮޓްތަކުގައި ހައްދާ ގަސްތައް ބަލަހައްޓައި ކޮންމެ ދުވަހަކު ހެނދުނާއި،ހަވީރު ފެންޖެހުން.މިގޮތުން ގަސްއިންދާ ބެޑްތަކުގައާއި،ޕޮޓްތަކުގެ އެތެރޭގައި ފަޅާ ބޭކާރު ވިނަ ނޮޅާ ސާފުކުރުން. 20- އިދާރާއިން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން.
|
|
މަޤާމުގެ ޝަރުޠުތައް: |
ނުވަތަ
ނޯޓް: ލިޔަންކިތަން އެނގޭކަން ދެނެގަންނާނީ:
ނުވަތަ
|
|
ގުޅޭ ވަޒީފާގެ ދާއިރާތައް: |
|
|
ތައުލީމީ ރޮނގުތައް |
ނެތް މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން: ނެތް މަޤާމުގެ ކޯ ޑިސިޕްލިން: ނެތް |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލްކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމުޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު". |
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 މެއި 2025 ވާ (އާދިއްތަ) ދުވަހުގެ 14:00 ގެ ކުރިން، އއ. ހިމަންދޫ ޞިއްޙީ މަރުކަޒު އިދާރީ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.
ނޯޓް: އީ-މެއިލްއިން ހުށަހަޅުއްވާނަމަ ވަޒީފާއަށްއެދޭ ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ ނަން އަދި އައިޑީ ކާޑްނަންބަރު ހިމެނުމަށް ދެންނެވީމެވެ. ފޮނުވާ އީ-މެއިލްތައް މިމަރުކަޒަށް ލިބުމުން (އީ-މެއިލް ފޮނުވި މެއިލްއަށް މިމަރުކަޒަށް މެއިލް ލިބުނު ކަމުގެ މެއިލްއެއް ލިބޭނެއެވެ.) |
|
ޝޯޓްލިސްޓުކުރުން |
މިވަޒީފާއަށް އެދޮ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
|
އިންޓަވިއު އޮންނާ ތަނާއި މުއްދަތު: |
އިންޓަވިއު އޮންނާނީ 22 މެއި 2025 އިން ފެށިގެން 5 ޖޫން 2025 އާ ދެމެދުގައި ހިމަންދޫ ޞިއްޙީ މަރުކަޒުގެ އިދާރީ އޮފީސްބައިގައެވެ. ވީމާ އެމުއްދަތުގައި އިންޓަވިއުއަށް ތައްޔާރުވެގެން ހުރުމަށް އެދެމެވެ. |
|
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓު (A2 ޝީޓް) އާއްމުކުރުން |
އިންތަވިއު ބާއްވާތާ ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް)" ދިވެހި ސަރުކާރުގެ ގެޒެޓްގައި އާއްމުޔކުރެވޭނެއެވެ. ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއއެއް އޮންނަމަ A2 ޝީޓް އާއްމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ލިޔުމުން ހުށަހަޅަންވާނެއެވެ. |
|
އިތުރު މައުލޫމާތު |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6660857 ފޯނު ނަމްބަރަށެވެ. އީ-މެއިލް ކުރައްވާނީ [email protected] އީމެއިލަށެވެ. ސިވިލްސަރވިސް ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެއުސޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުސުލާގުޅޭ" އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (https://www.csc.gov.mv/recruitment-usool) އިން ލިބެން ހުންނާނެއެވެ. |
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6660857 ފޯނު ނަމްބަރަށެވެ. އީ-މެއިލް ކުރައްވާނީ [email protected] އީމެއިލަށެވެ. "ދައުލަތުގެ ޕޭ ފްރޭމްވާރކުގެ ޖިބް މެޓްރިކްސްގެ ޕަބްލިކް ސަރވިސް ރޭންކު 7 އިން ދަށުގައިވާ ފަރާތްތައް ޑިގްރީ ހާސިލްކުރުމުން ޕަބްލިކް ސަރވިސް ރޭންކު 7 އަށް އައްޔަންކުރުމުގެ އުޞޫލު 2023" އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (https://www.csc.gov.mv/Policy/Index/9) އިން ލިބެން ހުންނާނެއެވެ. |
|