ދިވެހިރާއްޖެ
މިކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމު: ސެކަންޑް އޮފިސަރ
އަދަދު: 01
ކޮންޓްރެކްޓްގެ މުއްދަތު: 09 މަސް
އަސާސީ މުސާރަ: -/10280ރ
މަސައްކަތް ކުރަންޖެހޭ ތަން: އެމް.ވީ ބޮންތި
އެހެނިހެން އިނާޔަތްތައް:
* ފިކްސްޑް އޯވަރޓައިމް އެލަވަންސް: -/2056ރ
* ފިކްސްޑް އެލަވަންސް: -/3084ރ
* ލީވްވޭޖަސް: -/10280ރ – ކޮންޓްރެކްޓް ފުރިހަމަކުރުމުން
* ވަޒީފާއާ ބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތީން ރިޓަޔަރމަންޓް ޕެންޝަން ސްކީމްގައި ބައިވެރިކުރެވޭނެއެވެ.
މަޤާމުގެ މަސްއޫލިއްޔަތު:
* ނިއަމިކަން ކުރުން އަދި ކާގޯ އަރުވައި ބޭލުމުގެ ކަންތައްތައް ބެލެހެއްޓުން
* ބޯޓުގެ ސަލާމަތީ ސާމާނު މާސްޓަރ އަންގާ ގޮތެއްގެމަތިން ބެލެހެއްޓުން
* ފަޅުވެރިންނާއި، ބޯޓާއި މުދާ ރައްކާތެރިކޮށް ބެލެހެއްޓުން
ތަޢުލީމާއި ތަޖުރިބާ:
* އެޑްވާންސް އޮއިލް ޓޭންކަރ ސެޓުފިކެޓު / ސީއޯސީ / ކޮންޓިނިއުއަސް ޑިސްޗާރޖް ސެޓުފިކެޓު/ ޕަރސަނަލް ސޭފްޓީ އެންޑް ސޯޝަލް ރެސްޕޮންސިބިލިޓީޒް / އެލިމެންޓްރީ ފަރސްޓް އެއިޑް ސެޓުފިކެޓު / ފަޔަރ ޕްރިވެންޝަން އެންޑް ފަޔަރ ފައިޓިންގ ސެޓުފިކެޓު/ ޕާރސަނަލް ސަރވައިވަލް ޓެކްނީކްސް ފުރިހަމަކޮށްފައިވުން
* މަސައްކަތާގުޅޭ ދާއިރާއަކުން ތަޢުލީމު ހާސިލުކޮށްފައިވުން އަދި މަދުވެގެން ދެއަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
* ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން
މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 އޮގަސްޓު 31 ވާ (ހޯމަ) ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑްއޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
ނޯޓް:
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓު ހުށަހަޅާފައިވާނަމަ، އިންޓަރވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާ އެކުގައެވެ.)
- މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަަކެވެ.
- އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް/މެޑިކަލް ރިޕޯޓް/ ކުށުގެ ރިކޯޑަށް ބަލާނެއެވެ.
އެޑްރެސް:
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑްއޮފީސް
ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345
ފޯން: 3344272 ފެކްސް: 3344341 ވެބްސައިޓް: www.stomaldives.com