ދިވެހިރާއްޖެ
ލ. ގަމުގެ މަގުތަކާއި،އިޖުތިމާއީ ސަރަހައްދުތަށް ސާފުކުރުމަށް އުފައްދާފައިވާ ޕޫލް ބަލަހައްޓާނެގޮތުގެ އުސޫލު
| 
 ތަޢާރަފައި ނަން  | 
 1  | 
 (ހ) މިއީ، ޤާނޫނު ނަންބަރު 7/2010 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 151 ވަނަ މާއްދާއިން ހައްދުންމަތީ ގަމު ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާއާއެކު އެ މާއްދާގެ (ޑ)ގެ ދަށުން ކައުންސިލުން އެކުލަވާލާފައިވާ މަގުމަތި ކުނިކެހުމާބެހޭ ޤަވާއިދު(2014/R-328) ގެ ދަށުން ހަދާފައިވާ އުސޫލެކެވެ. (ށ) މި އުސޫލަށް ކިޔާނީ " ލ. ގަމުގެ މަގުތަކާއި، އިޖުތިމާއީ ސަރަހައްދުތަށް ސާފުކުރުމަށް އުފައްދާފައިވާ ޕޫލް ބަލަހައްޓާނެގޮތުގެ އުސޫލު" އެވެ. (ނ) މި އުސޫލަކީ 14 މޭ 2024 ވީ އަންގާރަ ދުވަހު ބޭއްވުނު މި ކައުންސިލްގެ 20/04/2024 ޖަލްސާއިން ފާސްކޮށްފައިވާ އުސޫލެކެވެ. (ރ) މި އުސޫލަށް ފުރަތަމަ އިސްލާޙް ގެނެވިފައިވަނީ 11 މޭ 2025 ވަނަ ދުވަހު ބޭއްވުނު މި ކައުންސިލްގެ އޖ18/04/2025 ޖަލްސާ އިން ފާސްކޮށްގެންނެވެ.  | 
| 
 ޢަމަލުކުރުން ފަށާ ތާރީޚު  | 
 
  | 
 (ހ) މި އުސޫލަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓްގައި މި އުސޫލު ޝާޢިއުކުރާ ދުވަހުން ފެށިގެންނެވެ.  | 
| 
 މަޤުސަދު  | 
 2  | 
 (ހ) ރަށްރީތިކޮށް ސާފުތަނެއްގެ ގޮތުގައި އަބަދުވެސް ބޭއްވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން. (ށ) މި މާއްދާގެ(ހ) ގައި ބަޔާންކޮށްފައިވާއެވާ މަޤުސަދު ހާސިލު ކުރުމަށްޓަކައި، ކައުންސިލުން އެވަގުތެއްގައި ކަނޑައަޅާ ކޮންމެ މަސައްކަތް މި އުސޫލުގެދަށުން ކުރެވޭނެއެވެ.  | 
| 
 ސާފުކުރުމުގެ މަސައްކަތްކުރާމީހުންގެ އުޖޫރަ ކަނޑައެޅުން  | 
 3  | 
 (ހ) މަސައްކަތްކުރުމަށް ކަނޑައަޅާ ގަޑިތަކުގެތެރެއިން މަސައްކަތަށް ހާޒިރުވެ މަސައްކަތްކުރާ ކޮންމެ ގަޑިއަށް 75/- ރުފިޔާ.  | 
| 
 ރޯދަމަހާއި ގުޅިގެން އެލަވެންސް ދިނުން  | 
 
  | 
 ރަމަޟާންމަހު މަސައްކަތު ނުކުންނަ ދުވަހަކަށް ކައުންސިލުން ކަޑައަޅާ ޢަދަދެއްގެ އެލަވެންސްއެއް ލިބޭނެއެވެ.  | 
| 
 ސާފުކުރާ ގަޑިތަށް ކަނޑައެޅުން  | 
 4  | 
 (ހ) ސާފުކުރުމުގެ މަސައްކަތުގެ އާންމު ގަޑިއަކީ ރަސްމީ ބަންދު ދުވަސްތަށް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 2 ގަޑިއިރު އަދި ހަވީރު 2 ގަޑިއިރު. ("ރަސްމީ ބަންދު ދުވަސް" ކަމަށް ބުނެފައިއެވަނީ، ހުކުރު ދުވަހާއި، ގައުމީ ދުވަހާއި، ކީރިތި ރަސޫލާގެ އީދުމީލާދު ދުވަހާއި، ރާއްޖެ އިސްލާމްވި ދުވަހާއި، މިނިވަން ދުވަހާއި، ރަމަޒާންމަހުގެ ފުރަތަމަ ދުވަހާއި، ފިތުރު އީދު ދުވަހާއި، ނަސްރުގެ ދުވަހާއި، ޖުމްހޫރީ ދުވަހާއި، ހައްޖު ދުވަހާއި، އަޒުހާ އީދު ދުވަހަށެވެ.) (ށ) މަސައްކަތް ފަށާ ގަޑިއަކީ އެދުވަހެއްގައި ކައުންސިލުން ކަނޑައަޅާ ގަޑިއެކެވެ. (ނ) މީމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދުވަސްތަކާއި ގަޑިތަށް ފިޔަވައި ކައުންސިލަށް ހާއްސަވެގެން ބާއްވާ އިވެންޓަކާއި ގުޅިގެން ސާފުކުރުމަށް ކަނޑައަޅާ ކޮންމެ ގަޑިއެއް.  | 
| 
 ސާފުކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުތަށް  | 
 5  | 
 (ހ) މިރަށުގެ ބޮޑެތި މަގުތަކާއި، ޢިޖުތިމާއީ ސަރަހައްދުތަކާއި، އަދިވެސް ކައުންސިލުން ހާއްސަކަމަކާއި ގުޅިގެން ސާފުކުރުމަށް ކަނޑައަޅާ ސަރަހައްދުތަށް.  | 
| 
 މަގުތަކާއި، އިޖުތިމާއީ ސަރަހައްދުތަށް ސާފުކުރުމަށް ނަންނޯޓްކުރާ ފަރާތްތަށް އިވަލުއޭޓްކުރުން  | 
 6  | 
 ނަންނޯޓްކޮށްފައިވާ ފަރާތްތައް މި މާއްދާގެ(ހ) (ށ) (ނ) (ރ) އަދި (ބ) ގައިވާ މިންގަނޑުތަކަށް ބަލައި އިވަލުއޭޓްކުރުމަށްފަހު ޖުމްލަ 100 މީހުންނަށްވުރެ އިތުރުނުވާގޮތަށް ޕޫލަށް މީހުން ރަޖިސްޓްރީކުރެވޭނެއެވެ. (ހ) މަސައްކަތުގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުނަރު ލިބިފައިވާ މިންވަރު. (ށ) މަސައްކަތުގެ މަސްއޫލިއްޔަތު އަދާކުރުމަށް ސިއްހަތު ތަންދޭ މިންވަރު. (ނ) މަސައްކަތް އަދާކުރުމަށް ވަގުތުދެވޭނެ މިންވަރު. (ރ) އެހެން މީހުންނަށް ބަރޯސާނުވެ އަމިއްލައަށް މަސައްކަތްކުރުމުގެ ޤާބިލުކަން. (ބ) ދިވެހި ބަހުންނާއި ސޯސަލް މީޑިއާ މެދުވެރިކޮށް މުއާމަލާތްކުރަން އެނގޭ މިންވަރު.  | 
| 
 މަސައްކަތަށް ބޭނުންކުރާ އާލާތްތަށް ހޯދުން  | 
 7  | 
 (ހ) މަސައްކަތް ކުރަން ބޭނުންވާ ވަޅި، އަންގި، ކުނިކަހާދަތި އަދި ބޯފެން ހޯދާނީ އެމީހަކު އަމިއްލައަށް.  | 
| 
 ހާޟިރީ ބެލެހެއްޓުން  | 
 8  | 
 (ހ) ހާޟިރީ ބަލަހައްޓާނީ ކައުންސިލުންނެވެ. (ށ) ހާޟިރީ ބަލަހައްޓާނީ މަސައްކަތްކުރާ ސައިޓުން. (ނ) ހާޟިރުވިކަމަށް ބަލާނީ މަސައްކަތަށް ހާޒިރުވުމަށް ކަނޑައަޅާ ގަޑިއަށް ހާޟިރުވެ ހާޟިރީ ޝީޓްގައި ސޮއި ކުރުމުންނެވެ. (ރ) ހާޟިރުވުމަށް ކަނޑައަޅާ ގަޑީގެ 15 މިނެޓްކުރިން ހާޟިރީގައި ސޮއިކުރަން ފަށަންވާނެއެވެ.  | 
| 
 އުޖޫރަދިނުން  | 
 9  | 
 (ހ) އުޖޫރަދޭނީ މަސައްކަތުގެ ހާޟިރީ ބެލުމަށްފަހު އެމީހަކު މަސައްކަތްކޮށްފައިވާ ގަޑީގެ މިންވަރަށްށެވެ. (ށ) ގަޑީގެ މިންވަރު ބަލާއި ހެނދުނު 2 ގަޑިއިރު އަދި ހަވީރު 2 ގަޑިއިރު ބެލޭނެއެވެ. (ނ) ގަޑީގެ އަދަދު ބަލާނީ ހެނދުނު އަދި ހަވީރު ވަކިންނެވެ. (ރ) އުޖޫރަދޭއިރު ހިނގާމަސް ނިމުމުން ފެށޭމަހުގެ 10ގެ ކުރިން އެމީހެއްގެ އެކައުންޓަށް ޖަމާކުރެވޭނެއެވެ.  | 
| 
 އުސޫލުގައި ނެތްކަމެއް ދިމާވުން ނުވަތަ އިސްލާހެއް ގެންނަންޖެހުން  | 
 10  | 
 (ހ) މި އުސޫލުގައި ނެތްކަމެއް ދިމާވެއްޖެނަމަ ހައްލުކުރާނީ ކައުންސިލަށް އެޖެންޑާކޮށް ކައުންސިލުން ނިންމާ ގޮތެއްގެ މައްޗައްށެވެ. (ށ) މި އުސޫލަށް އިސްލާހެއްގެނެވޭނީ، ކައުންސިލަށް އެޖެންޑާކޮށް ކައުންސިލުން ނިންމާ ގޮތެއްގެ މައްޗައްށެވެ.  | 
| 
 ބުރޭކް  | 
 11  | 
 (ހ) ކޮންމެ ޝިފްޓެއްގައި ފެންބޮއިހެދުމަށް 10 މިނެޓްގެ ހުސްވަގުތުކޮޅެއްދެވޭނެއެވެ.  | 
| 
 ކުނިއުކުން  | 
 21  | 
 (ހ) މަގާއި، އިޖުތިމާޢީ ސަރަހައްދުތަށް ސާފުކުރުމުގައި އުފެދޭކުނި ކައުންސިލުން ކަނޑައަޅާ ތަނަކަށް އުކާލެވޭނެއެވެ.  | 
| 
 ޕޫލްގެ ރަޖިސްޓްރީއިން ވަކިކުރެވޭނެ ހާލަތްތަށް  | 
 13  | 
 (ހ) އެމީހަކު ވަކިވުމަށް އަދި މި ކައުންސިލަށް ހުށައެޅުން. (ށ) އެކަށީގެންވާވަރަށް ހާޟިރީއާއި މަސައްކަތަށް ފަރުވާކުޑަކުރާނަމަ ވަކިކުރެވޭނެއެވެ.  | 
| 
 ޕޫލްގެ އެގްރީމެންޓްގެ މުއްދަތު އިތުރުކުރުން  | 
 
  | 
 ކައުންސިލުން ބޭނުންވެއްޖެ ހާލަތުގައި ޕޫލްގެ އެގްރީމެންޓް އިއުލާން ކުރުމަކާނުލާ 01 އަހަރުގެ މުއްދަތަށް އިތުރުކުރެވިދާނެއެވެ.  | 
