ދިވެހިރާއްޖެ
ޤަވާއިދު ނަންބަރު:181-އާރ/2022 (ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާއިބެހޭ ޤަވާއިދު) ގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް އަމިއްލަކުރުމަށްޓަކައި، އެގޯތި ރަޖިސްޓްރީ ކޮށްދީފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ ބިން އަމިއްލަކުރުމުގެ އަގު ކަނޑައަޅާނީ ރަށެއްގައި ނަމަ އެރަށެއްގެ ރަށު ކައުންސިލުންނެވެ.
އެހެންކަމުން، ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް އަމިއްލަކުރުމަށްޓަކައި، އެގޯތި ރަޖިސްޓްރީ ކޮށްދީފައިވާ ފަރާތުން ސަރުކާރަށްދައްކަންޖެހޭ ބިން އަމިއްލަކުރުމުގެ އަގު އަކަފޫޓަކަށް 50.00 (ފަންސާސް ރުފިޔާ) ކަމުގައި މިކައުންސިލްގެ 4 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 196 ވަނަ އާންމު ބައްދަލުވުމުން ވަނީ ކަނޑައަޅާ ފާސްކޮށްފައެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.