މާލެއަތޮޅު ގުޅީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ގުޅީ ކައުންސިލަށް 08 ސީޓްގެ ބަގީއެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

      ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ކ.ގުޅީ ކައުންސިލަށް 08 ސީޓްގެ ބަގީއެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)336/336/2025/26  އިޢުލާން އަދި ހުށަހަޅާފައިވާ އަންދާސީ ހިސާބުގެ ފުރިހަމަ ނުވާތީ، އެޢިލާން ބާޠިލްކޮށް އަލުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

ތަން

ތާރީޙް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

ކ.ގުޅީ ކައުންސިލް އިދާރާ

14 މެއި 2025

ބުދަ

10:00

އަންދާސީ ހިސާބު ހުށަހެޅުން

ކ.ގުޅީ ކައުންސިލް އިދާރާ

18 މެއި 2025

އާދިއްތަ

10:00

 

    މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 11 މެއި 2025 ން 14 މެއި 2025 ގެ 14:00 ކުރިން ކައުންސިލަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

 

    އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުވާނެ ވާހަކަވެސް ދަންވަމެވެ. މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އީމެއިލް ކުރައްވައި، ނުވަތަ  6640068 އަށް ގުޅުވުމަށް ދަންނަވަމެވެ. 

11 މޭ 2025
ހޯދާ