ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04 ވަނަ ދައުރުގެ 202 ޖަލްސާގެ ނިންމުން އާއްމުކުރުން

ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04 ވަނަ ދައުރުގެ 202 ޖަލްސާގެ ނިންމުން 

ތަން:  ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް

ތާރީހް: 19 މާރިޗް 2025 ، ބުދަ

19 ރަމަޟާން 1446

ގަޑި: ހެނދުނު 08:30

އެޖެންޑާ

  1. 12 މާރިޗް 2025 އިން 18 މާރިޗް 2025 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް    ކައުންސިލާއި ހިއްސާކުރުން.
  2. ސޯލާ ޕެނަލް ޢިމާރާތާއި ޒުވާނުންގެ ދިރުމުގެ ޢިމާރާތާއި ދެމެދުގައި އޮތް ހުސްބިމުގައި ޒުވާނުންގެ މަރުކަޒު ޢިމާރާތް ކުރާ ބިން ހަމަޖެއްސުމާއި ލޭންޑް ޔޫޒް ޕްލޭނަށް ބަދަލު ގެނައުމުގެ މައްސަލަ
  3. 4 ވަނަ ދައުރުގެ 2025/4/12/202/385 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން

ޖަލްސާގެ ނިންމުންތަށް

  1.  12 މާރިޗް 2025 އިން 18 މާރިޗް 2025 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން.
  2.  މި ސޯލާ ޕެނަލް ޢިމާރާތާއި ޒުވާނުންގެ ދިރުމުގެ ޢިމާރާތާއި ދެމެދުގައި އޮތް ހުސްބިމުގައި ޒުވާނުންގެ މަރުކަޒު ޢިމާރާތް ކުރާ ބިން ހަމަޖެއްސުމާއި ލޭންޑް ޔޫޒް ޕްލޭނަށް ބަދަލު ގެނައުމުގެ މިމައްސަލަ އާއި ގުޅިގެން މެމްބަރުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށް ފަހު މި ބިމުގައި ޒުވާންގެ މަރުކަޒު ޢިމާރާތް ކުރުމާއި މެދު އެއްވެސް މެމްބަރަކު އިޢްތިރާޒު ނުކުރައްވާ ކަމަށާއި އަދި ލޭންޑް ޔޫޒު ޕުލޭން އިސްލާހުކޮށް ބަދަލުގެންނަން ބޭނުންވާ ޙާލަތުގައި ލޭންޑް ޔޫޒު ޕްލޭނަށް ބަދަލު ގެނައުމަށްވެސް އިޢްތިރާޒެއް ނެތް ކަމުގައި މެމްބަރުންގެ އިއްތިފާގުން ނިންމެވިއެވެ.
  3.  އެއްވެސް އުނި އިތުރެއް ނެތި މެމްބަރުންގެ އިއްތިފާޤުން 4 ވަނަ ދައުރުގެ 2025/12/4/202/385 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރެއްވިއެވެ.

ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04ވަަނަ ދައުރުގެ 202 ވަނަ ޢާންމު ޖަލްސާގެ ހާޒިރީ

ޖަލްސާގެ ސެކްރެޓޭރިއެޓް ބެލެހެއްޓެވީ

#

ނަން

މަޤާމު

1

އަލްފާޟިލް   އާދަމް ޝަފީޤް

ސެކްރެޓަރީ ޖެނެރަލް

2

އަލްފާޟިލް   ޔަޙުޔާ ރަޝީދު

 ޑިރެކްޓަރ

3

އަލްފާޟިލް   ޙަސަން ޙަބީބު

އެސިސްޓެންޓް ޑިރެކްޓަރ

 

ޖަލްސާގެ ހާޒިރީ

#

ނަން

ހާޒިރުވި

ހާޒިނުވާ

1

ކައުންސިލް ރައީސް އަހްމަދު މޫސާ

ކ

-

2

ކައުންސިލް ނައިބް ރައީސް މުހައްމަދު މުނީރު

ކ

-

3

ކައުންސިލް މެންބަރު މުޢުތަސިމް އަބްދުއްރަހީމް

-

 ޗުއްޓީގައި

4

ކައުންސިލް މެންބަރު ނަޝްފާ މާހިރު

-

އުމްރާ

5

ކައުންސިލް މެންބަރު މަރިޔަމް އަލީ

ކ

-

11 މޭ 2025
ހޯދާ