ދިވެހިރާއްޖެ
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04 ވަނަ ދައުރުގެ 200 ޖަލްސާގެ ނިންމުން
ތަން: ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް
ތާރީހް: 05 މާރޗް 2025 ، ބުދަ
05 ރަމަޟާން 1446
ގަޑި: ހެނދުނު 08:30
އެޖެންޑާ
- 26 ފެބުރުއަރީ 2025 އިން 04 މާރިޗް 2025 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން.
- ލޭންޑް ޔޫސް ޕްލޭންގައި ފާސްކޮށްފައިވާ، ވިޔަފާރި ބޭނުންމަށް ބަނދަރު ސަރަހައްދުން ކުއްޔަށް ދޫކުރާ ބިންތަކާއި ގުޅޭގޮތުން މަޝްވަރާކުރުން
- ރައްޔިތުންގެ ގޮއި ކުއްޔަށް ދިނުމަށް އެންމެ ކުޑަ ކުލި ކަނޑައެޅުން
- 4 ވަނަ ދައުރުގެ 2025/4/10/200/385 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
ޖަލްސާގެ ނިންމުންތަށް
1. 26 ފެބުރުއަރީ 2025 އިން 04 މާރިޗް 2025 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން.
2. ލޭންޑް ޔޫސް ޕްލޭންގައި ފާސްކޮށްފައިވާ، ވިޔަފާރި ބޭނުންމަށް ބަނދަރު ސަރަހައްދުން ކުއްޔަށް ދޫކުރާ ބިންތަކާއި ގުޅޭގޮތުން މަޝްވަރާކުރުމުގެ މިމައްސަލަ އާއި ގުޅިގެން މެމްބަރުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ. މިގޮތުން ބިންތައް ކުއްޔަށް ދޫކުރުމަށް ބޭނުންވާ ހުރިހައި މަޢްލޫމާތެއް ހޯދައި މަޢްލޫމާތުތައް ވަރަށް ރަނގަޅަށް ދިރާސާ ކުރުމަށް ފަހުގައި ނޫނީ ބިންތައް ކުއްޔަށް ދޫކުރުމުގެ ޢަމަލީ މަސައްކަތް ނުފެށުމަށް ހުރިހާ މެމްބަރުންގެ އިއްތިފާގުން ނިންމެވިއެވެ.
3. ރައްޔިތުންގެ ގޮއި ކުއްޔަށް ދިނުމަށް އެންމެ ކުޑަ ކުލި ކަނޑައެޅުމުގެ މި މައްސަލަ އާއި ގުޅިގެން މެމްބަރުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށް ފަހު ގޮއިގެ މިހާރުގެ ޙާލަތަށް ރިއާޔަތް ކުރެއްވުމާއެކު ދިޔަމިގިލީ ގޮއި ކުއްޔަށް ދޫކުރުމުގެ އެންމެ ކުޑަ އަގަކީ -/1000 ރު ( އެއްހާސް ރުފިޔާ ) ކަމުގައި ކަނޑައަޅައި ބިޑު އުސޫލުން ގޮއި ކުއްޔަށް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމާ މެދު އިއްތިރާޒެއް ނެތް ކަމުގައި ހުރިހާ މެމްބަރުންގެ އިއްތިފާގުން ނިންމެވިއެވެ.
4. އެއްވެސް އުނި އިތުރެއް ނެތި މެމްބަރުންގެ އިއްތިފާޤުން 4 ވަނަ ދައުރުގެ 2025/10/4/200/385 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރެއްވިއެވެ.
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04ވަަނަ ދައުރުގެ 200 ވަނަ ޢާންމު ޖަލްސާގެ ހާޒިރީ
ޖަލްސާގެ ސެކްރެޓޭރިއެޓް ބެލެހެއްޓެވީ |
||
# |
ނަން |
މަޤާމު |
1 |
އަލްފާޟިލް އާދަމް ޝަފީޤް |
ސެކްރެޓަރީ ޖެނެރަލް |
2 |
އަލްފާޟިލް ޔަޙުޔާ ރަޝީދު |
ޑިރެކްޓަރ |
3 |
އަލްފާޟިލް ޙަސަން ޙަބީބު |
އެސިސްޓެންޓް ޑިރެކްޓަރ |
ޖަލްސާގެ ހާޒިރީ |
|||
# |
ނަން |
ހާޒިރުވި |
ހާޒިނުވާ |
1 |
ކައުންސިލް ރައީސް އަހްމަދު މޫސާ |
ކ |
|
2 |
ކައުންސިލް ނައިބް ރައީސް މުހައްމަދު މުނީރު |
ކ |
- |
3 |
ކައުންސިލް މެންބަރު މުޢުތަސިމް އަބްދުއްރަހީމް |
ކ |
- |
4 |
ކައުންސިލް މެންބަރު ނަޝްފާ މާހިރު |
- |
އުމްރާ |
5 |
ކައުންސިލް މެންބަރު މަރިޔަމް އަލީ |
ކ |
- |