އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިންކުޔަށް ދޫކުރުން

އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ލޭންޑް ޔޫސް ޕްލޭންގައިވާ 51.2 ނަންބަރު ބިން (ވޯޓާ ސްޕޯޓްސްގެ މަސައްކަތަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިން) 15 އަހަރަށް ކުއްޔަށް ނަގާނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މިބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަގު ހުށައެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

  ބިމާއި ގުޅޭ މަޢުލޫމާތު:

  1. ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ލޭންޑް ޔޫސް ޕްލޭންގައިވާ 51.2 ނަންބަރު ބިމުން 45 ފޫޓް ދިގު، 15 ފޫޓް ފުޅާ 3 ބިމެވެ. (މި އިޢުލާނާއި އެކު އެއްހީރަސް ކުރެވިފައިވާ ޗާޓުގައި ފާހަގަކުރެވިފައިވާ 3 ބިން)
  2. ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ މި އިޢުލާނާއިއެކު އެއްހީރަސް ކުރެވިފައިވާ އެއްބަސްވުމުގައިވާ ޗާޓްގައިވާ 52.1.01، 52.1.02 އަދި 52.1.03 ނަންބަރު ބިމެވެ.
  3. މި ބިމުގެ ބޭނުން ކުރެވޭނީ ވޯޓާރ ސްޕޯޓްސްގެ ޙަރަކާތްތަކަށް އެކަންޏެވެ. އެނޫން އެއްވެސް ބޭނުމެއް ކުރުމަކީ މަނާކަމެކެވެ.
  4. ކުއްޔަށް ހިފާ ބިމުގައިވާ ރުއްގަސް ކެނޑޭނީ ކައުންސިލްގެ ހުއްދަ ހޯދައިގެންނެވެ.
  5. މި ބިމުގައި ނުރައްކާތެރި ސާމާނު ގުދަން ނުކުރެވޭނެއެވެ. (ކެމިކަލް، އަލިފާން ހިފާ އަދި ގޮވާ ޒާތުގެ ތަކެތި)
  6. ބިން ކުއްޔަށް ނަގާ ފަރާތުން، ބިން ހަވާލުކުރާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އިންފާރު ރާނަންވާނެއެވެ.

ހ. މަގު ފާރުގެ އުސްމިން ހުންނަންވާނީ އެންމެ ތިރިވެގެން 3 ފޫޓެވެ.

ށ. ދެ އިން ދޭތެރޭ ފާރުގެ އުސްމިނުގައި އެންމެ ތިރިވެގެން 3 ފޫޓް ހުންނަންވާނެއެވެ.

ނ. ދެކުނު ފަރާތު ފާރުގެ އުސްމިނުގައި އެންމެ ތިރިވެގެން 1 ފޫޓް ހުންނަން ވާނެއެވެ.

           

 

     

           މިބިމާއި ގުޅޭ ގޮތުން މަޢުލޫމާތު ހޯދުމަށް 2025 މެއި 18 ވާ އާދީއްތަ ދުވަހުގެ 11:00 ގެ ނިޔަލަށް [email protected] މެއިލް މެދުވެރިކޮށް ހުށައެޅުން އެދެމެވެ. ބިން ހޯދުމަށް އެދި އަގު ހުށައެޅުމަށް ހަމަޖެހިފައިވަނީ، 2025 ޖޫން 2 ވާ ހޯމަ ދުވަހުގެ 10:00 ގައެވެ. އަގު ހުށައަޅަންވާނީ ކޮންމެ ބިމަކަށް ވަކިން، ބިމުގެ ނަންބަރު ޖެހުމަށްފަހު ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ހުށައަޅާ އަގު، އިންފާރު ރޭނުމަށް ހަމަޖެހިފައިވާ މުއްދަތު އަދި ހުށައަޅާ ފަރާތުގެ މަޢުލޫމާތު ހިމެނުމަށްފަހުގައެވެ. ސިޓީއުރަ ހުޅުވުން އޮންނާނީ 2025 ޖޫން 2 ވާ ހޯމަ ދުވަހުގެ 10:05 ގައި ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމުގައި ހުށައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. އަގު ހުށައަޅާ ފަރާތަށް ހާޒިރުވެވެން ނެތްނަމަ އެކަން ލިޔުމަކުން އެންގުން އެދެމެވެ. އަދި ހުށައަޅާ ލިޔުމުގައި ބަދަލުގައި ފޮނުވާ މީހާގެ މަޢުލޫމާތު ހިމެނުމަށްފަހު އެފަރާތުގެ އައިޑީކާޑު ކޮޕީއެއް ހުށައަޅަންވާނެއެވެ.

11 މޭ 2025
ހޯދާ