އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫސިޓީގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އިންޓަރނޭޝަނަލް ޓޫރިޒަމް ޓްރޭޑް (އައި.ޓީ.ބީ) ފެއަރގައި އައްޑޫގައި ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ފަރާތްތައް ބައިވެރިކުރުމާއި ގުޅޭ

އިޢުލާން

 

އައްޑޫސިޓީގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އިންޓަރނޭޝަނަލް ޓޫރިޒަމް ޓްރޭޑް (އައި.ޓީ.ބީ) ފެއަރގައި އައްޑޫގައި ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ފަރާތްތައް ބައިވެރިކުރުމާއި ގުޅޭ

އައްޑޫސިޓީގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ ގޮތުން، ޗައިނާގެ ޝަންގހާއި ގައި 29-27 މޭއި 2025 އަށް ބާއްވާ އިންޓަރަނޭޝަނަލް ޓޫރިޒަމް ޓްރޭޑް (އައި.ޓީ.ބީ) ފެއަރގައި އައްޑޫސިޓީ ތަމްސީލްކުރުމަށް، އައްޑޫސިޓީގައި ޓޫރިޒަމާއި ގުޅުންހުރި ޚިދުމަތް ފޯރުކޮށްދޭ 08 ފަރާތެއް ބައިވެރިކުރުމަށް ކައުންސިލުން ވަނީ ނިންމަވާފައެވެ. އެހެންކަމުން މި ފެއަރގައި ކައުންސިލް އާއި އެކު ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ. ފެއަރގައި ބައިވެރިވާ ފީ / ސްޓޯލް ފީ ދައްކާނީ ކައުންސިލް އިންނެވެ. އަދި  ފެއަރގައި ބައިވެރިވާ ފަރާތްތަކުގެ އިންޓަނޭޝަނަލް ޓިކެޓް އާއި އެކު އެލަވަންސް އެއް ދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

މި ފެއަރގެ ބައިވެރިން ހޯދުމަށް ނިންމާފައި ވަނީ:

  • އައްޑޫސިޓީ ހިތަދޫ ތަމްސީލުކުރުމަށް އެއަވަށުގެ ފަތުރުވެރިކަމުގެ ދާއިރާއިން 2 ފަރާތް
  • އައްޑޫސިޓީ މަރަދޫ ތަމްސީލުކުރުމަށް އެއަވަށުގެ ފަތުރުވެރިކަމުގެ ދާއިރާއިން 1 ފަރާތް
  • އައްޑޫސިޓީ މަރަދޫފޭދޫ ތަމްސީލުކުރުމަށް އެއަވަށުގެ ފަތުރުވެރިކަމުގެ ދާއިރާއިން 1 ފަރާތް
  • އައްޑޫސިޓީ ފޭދޫ ތަމްސީލުކުރުމަށް އެއަވަށުގެ ފަތުރުވެރިކަމުގެ ދާއިރާއިން 1 ފަރާތް
  • އައްޑޫސިޓީ ހުޅުދޫ ތަމްސީލުކުރުމަށް އެއަވަށުގެ ފަތުރުވެރިކަމުގެ ދާއިރާއިން 1 ފަރާތް
  • އައްޑޫސިޓީ މީދޫ ތަމްސީލުކުރުމަށް އެއަވަށުގެ ފަތުރުވެރިކަމުގެ ދާއިރާއިން 1 ފަރާތް
  • އައްޑޫއަށް ނިސްބަތްވާ ނޫސް/މީޑިޔާ ދާއިރާއިން 1 ފަރާތް

މި ފަރާތްތަކަކީ މިހާރުވެސް އައްޑޫގައި ރަޖިސްޓަރ ކޮށްގެން ފަތުރުވެރިކަމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް ކަމުގައި ވާންވާނެއެވެ. މި ފެއަރގައި ބައިވެރިވާން ޝައުގުވެރިކަން ހުރި ފަރާތްތަކުން މިޢިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ގޫގުލް ފޯރމް https://forms.gle/Kt7KSmJPL2hzZURT9  މެދުވެރިކޮށް 13 މޭ 2025 ވާ ހޯމަ ދުވަހު 13:00 ގެ ކުރިން ހުށަހެޅުމަށް ދަންނަވަމެވެ.

     ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

12 ޛުލްޤައިދާ 1446

10   މޭ   2025

10 މޭ 2025
ހޯދާ