ދިވެހިރާއްޖެ
ދިވެހިރާއްޖެ
މި މަރުކަޒުގެ ދަށުން ހިނގަމުންދާ ރެސިޑެންޝަލް ލާނިންގ ސެންޓަރ (ދަނާލު) އެތެރޭގެ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މި އިއުލާނާއިއެކު އެއްހީރަސް ކުރެވިފައިވާ މައުލޫމާތު ޝީޓާއި އެއްގޮތަށް އަމިއްލަތަކެތީގައި މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު، މިކަމަށް ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 19 މެއި 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް، ބިޑް ރަޖިސްޓްރޭޝަން ލިންކް މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރ ކުރާ ފަރާތްތަކަށެވެ.
ބީލަން ރަޖިސްޓްރޭޝަން ލިންކް: https://forms.gle/uUoSygTX9aErtUPeA
މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 20 މެއި 2025 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ 22 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ދ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.
މިޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެވާހަކަވެސް ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ރެސިޑެންޝަލް ލާނިންގ ސެންޓަރ
ދ. ކުޑަހުވަދޫ، ދިވެހިރާއްޖެ
ފޯން: 7952914
އީ-މެއިލް: [email protected]