ދިވެހިރާއްޖެ
ގއ. ވިލިނގިލީ ލަވްޕޮއިންޓް ފާޚާނާ ޢިމާރާތްކުރުމާއި، ޝަވަރ ސްޓޭންޑް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތައް 08 މެއި 2025 ވާ ބުރާސްފަތި ދުވަހުން ފެށިގެން 15 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓް ކުރެވިފައިވާ "ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭފޯމް"
ފުރުމަށްފަހު، އީމެއިލް އަށް ފޮނުއްވައިގެން ނުވަތަ މިއިދާރާއަށް ދުރުވެ، ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
އިޢުލާނާއި ގުޅޭ އެކި މަރުހަލާތައް ދާނެގޮތުގެ ތާވަލް:
ބީލާން ހުށަހެޅުމަށް ރަޖިސްޓްރީކުރުން: 08 މެއި 2025 އިން 15 މެއި 2025 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް
ބީލަން ހުށަހެޅުން: 19 މެއި 2025 ވަނަ ދުވަހުގެ 13:00 ގައި ގއ. ވިލިނގިލީ ކައުންސިލް އިދާރާގެ މީޓިން ރޫމްގައި
ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއްހާޒިރުގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. މިކަމާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރެއްވުމަށް އީމެއިލް
ކުރައްވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ފޯނުންނަމަ 6822503 އަށް ގުޅުއްވުން އެދެމެވެ.
08 މެއި 2025