އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް
ދިވެހިރާއްޖެ
ލީގަލް ރިޓެއިނަރެއް ހޯދުމާ ގުޅޭ

އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ޤާނޫނީ މަސައްކަތްތައް ކުރުމަށްޓަކައި ލީގަލް ރިޓެއިނަރެއްގެ ޚިދުމަތް ހޯދަން ބޭނުންވެއެވެ. ވީމާ، ޝަރުޠުފުރިހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތާ ގުޅޭ ޓަރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު) މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.

ހުށަހަޅަންޖެހޭ

ލިޔެކިޔުންތައް:

 

  • ލޯ ފަރމްގެ ޕްރޮފައިލް
  • ލޯ ފަރމްއަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުން ދޫކޮށްފައިވާ ޤާނޫނީ ޚިދުމަތް ދިނުމުގެ ހުއްދައިގެ ކޮޕީ
  • ފަރމްގެ ޕާޓްނަރުންގެ ވަކީލުކަމުގެ ހުއްދައިގެ ކޮޕީ
  • ފަރމްގެ ޤާނޫނީ ޓީމުގެ ތަފްޞީލު
  • މަސައްކަތުގެ ތަޖުރިބާގެ ލިޔުންތައް
  • ކުރިން ކޮށްފައިވާ މުހިންމު މަސައްކަތްތަކުގެ ތަފްޞީލު
  • ފައިނޭންޝަލް ޕްރޮޕޯސަލް (ރިޓެއިނަރޝިޕް ފީ އަދި އެހެނިހެން ޚަރަދުތައް)
  • ޓެކްނިކަލް ޕްރޮޕޯސަލް (ޚިދުމަތް ފޯރުކޮށްދިނުމުގެ ޕްލޭން)

ޕްރޮޕޯސަލް ފޮނުވަންވީގޮތާއި ސުންގަޑި:

މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ލޯ ފަރމްތަކުން ޕްރޮޕޯސަލް ހުށަހަޅުއްވާނީ 18 މޭ 2025 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން، [email protected] އަށް އީމެއިލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 7223793 ނުވަތަ 3348234 އަށެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

08 މޭ 2025
ހޯދާ