ދިވެހިރާއްޖެ
32 ވަނަ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ދޫކުރުން
27 މޭ 2015 ވީ ބުދަ ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ 32 ވަނަ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ މިބޭންކުގެ ހެޑްއޮފީހުގެ ކޯޕަރޭޓް އެފެއާޒް ޔުނިޓުންނާއި މި ބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv އިން މިހާރު ލިބެން ހުންނާނެ ވާހަކަ އެންމެހާ ހިއްސާދާރުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
ވީމާ، ޔައުމިއްޔާއަށް އިޞްލާޙު ހުށަހެޅުއްވުމުގެ ފުރުޞަތު މިއަދުން ފެށިގެން 30 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 14:30 ގެނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. އިޞްލާޙު ހުށަހަޅުއްވަން ބޭނުންފުޅުވާ ހިއްސާދާރުން، ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ހެޑްއޮފީހުގެ 06 ވަނަ ފަންގިފިލާގައި ހުންނަ ކޯޕަރޭޓް އެފެއާޒް ޔުނިޓް ނުވަތަ މިބޭންކުގެ އީމެއިލް [email protected] އަށް ފޮނުއްވުން އެދެމެވެ.
8 ޛުލްޤަޢިދާ 1436