ދިވެހިރާއްޖެ
މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން މާލެ، ދިވެހިރާއްޖެ އިޢުލާން ނަންބަރު: (IUL)MMPRC-HR/1/2025/21
ވަޒީފާގެ ފުރުޞަތު
|
|
މަޤާމުގެ ނަން: އެސިސްޓެންޓް ސޯޝަލް މީޑިއާ އެގްޒެކެޓިވް |
- މުސާރަ (މަހަކު) : -/6,809 ރުފިޔާ މަހަކު - ސަރވިސް އެލަވަންސް: -/2,383 ރުފިޔާ މަހަކު - ލިވިންގ އެލަވަންސް: -/2,043 ރުފިޔާ މަހަކު - ޓެކްނިކަލް ކޮލިފިކޭޝަން އެލަވަންސް / ސަޕޯޓިންގ ކޮލިފިކޭޝަން އެލަވަންސް: ހުށަހަޅާ އެންމެ މަތީ ސަނަދަށް ބިނާކޮށް - ލެވެލް 9 އަދި އެއަށްވުރެން މަތިން -/1,750 ރުފިޔާ (މަހަކު) - ލެވެލް 7 އަދި 8 ގެ ސަނަދަކަށް -/1,250 ރުފިޔާ (މަހަކު) - ލެވެލް 6 އިން ދަށުގެ ސަނަދަކަށް -/750 ރުފިޔާ (މަހަކު) - އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން |
ޑިޕާރޓްމަންޓް / ސެކްޝަން: ޑިޖިޓަލް މާކެޓިންގ / ސޯޝަލް މީޑިއާ |
ބޭނުންވާ އަދަދު: 1 |
1. ޝަރުޠު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު: ހ. މަޤާމާއި ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 4 ހާސިލްކޮށްފައިވުން (ނުވަތަ)، ށ.އޭ ލެވެލް ފުރިހަމަކޮށްފައިވުން (ނުވަތަ)، ނ. ޖީ.ސީ.އީ. އޯލެވެލް ފުރިހަމަކޮށް، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާ އަކުން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. 2. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: ހ. ކޯޕަރޭޝަނުގެ ސޯޝަލް މީޑިއާ މާކެޓިންގ ކެމްޕެއިންތައް ޕްލޭންކޮށް ތައްޔާރުކުރުމާއި، އެޑްވަޓައިޒިންގ ކެމްޕެއިންތައް ތަފާތު ޕްލެޓްފޯމްތައް މެދުވެރިކޮށް (ލިންކްޑްއިން، ގޫގްލް އަދި ޓްވިޓަރ، ފޭސްބުކް، އިންސްޓަރގްރާމް، ޓިކްޓޮކް އަދި ޕިންޓްރެސްޓް ހިމެނޭގޮތަށް) ކުރިއަށް ގެންދިއުން. ށ. ކޯޕަރޭޝަންގެ ކޯޕަރޭޓް ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި އެކި އެކި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ކޯޕަރޭޓް ހަރަކާތްތައް މާކެޓް ކުރުމާއި ސްޓްރެޓެޖީތައް ތަންފިޒުކޮށް، ކާމިޔާބުމަކާއެކު ކުރިއަށްގެންދިއުން. ނ. ކޮންޓެންޓް ކަލަންޑަރ ޕްލޭންކޮށް ބެލެހެއްޓުމާއި، ސޯޝަލް މީޑިއާ ޗެނަލްތަކުގައި ދުވަހުން ދުވަހަށް ކުރެވޭ ޕޯސްޓްތައް މޮނިޓަރކޮށް ބެލެހެއްޓުން. ރ. ސޯޝަލް މީޑިއާ ކެމްޕެއިންތަކުގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ރިސަރޗްތައް ކުރިއަށް ގެންގޮސް، ތައްޔާރުކުރެވޭ އެޑްވަޓައިޒްމަންޓްތަކަކީ އުފެއްދުންތެރި ކޮންޓެންޓްތަކަމުގައި ހެދުމަށް ބޭނުންވާ ސަޕޯޓް ފޯރުކޮށްދިނުން. ބ. މާކެޓިންގއިން ރާވާ އިންތިޒާމް ކުރާ ފެއާ އަދި ރޯޑްޝޯ ފަދަ އިވެންޓްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި އެހީތެރިވެ އެއްބާރުލުން ދިނުން. ޅ. އެނެލެޓިކް ޓޫލްސްތައް ބޭނުންކޮށްގެން ކެމްޕެއިންތަކުގެ ޕަރފޮމަންސް ޓްރެކްކޮށް ކަމާގުޅުންހުރި ރިޕޯޓްތައް ތައްޔާކޮށް މެނޭޖްމަންޓާއި ހިއްސާކުރުން. ކ. ކްރިއޭޓިވް ޓީމް އަދި މާކެޓިންގ ޓީމާއެކު ބްރެއިންސްޓޯމްކޮށް ތަފާތު އައު ޚިޔާލުތައް ހޯދައިގެން މަސައްކަތްތައް އިތުރަށް ފުރިހަމަކުރުން. އ. ސޯޝަލް މީޑިއާ ކެމްޕޭންތަކުގެ، ކޮންޓެންޓްގެ އަދި ސޯޝަލް ހޭންޑަލްތަކުގެ ފޮލޯވަރުން އިތުރުވާ މިންވަރާއި، ރީޗް، އެންގޭޖްމަންޓް، ޕްރޮފައިލް ވިޒިޓްތައް، ވެބް ޓްރެފިކް، ކޮންވަރޝަން ފަދަ މެޓްރިކްސްތަކުގެ ރިޕޯޓު ގަވާއިދުން ހެދުން. ވ. އައު ފުރުޞަތުތައް ދެނެގަނެ އައު އެކްޓިވޭޝަންތައް ތަރައްޤީކުރުމަށް ސޯޝަލް ޕްލެޓްފޯމްތަކާއެކު ޕާޓްނަރޝިޕް ޤާއިމުކުރުމުގެ މަސައްކަތް ކުރުން. މ. ކޯޕަރޭޝަނުން ކުރިއަށް ގެންދާ އިޝްތިހާރުތަކާއި މާކެޓިންގ މެޓީރިއަލް އަދި ޕްރޮޑަކްޓް ލޯންޗްކުރުންފަދަ ޕްރޮޖެކްޓްތަކުގައި ކްރޮސް-ފަންކްޝަނަލް ޓީމްތަކާއެކު މަސައްކަތްކޮށް އެހީތެރިވުން. ފ. ސޯޝަލް މީޑިއާ ކެމްޕޭންތަކުގެ ފެންވަރު މަތިކުރުމަށް ކުރެވޭނެ ކަންކަން ހޯދައި، މާކެޓިންގ ކެމްޕޭންތައް ތަންފީޒުކުރުން. ދ. ޕެއިޑް ސޯޝަލް އެކައުންޓްސްތަކާއި، ވީޑިއޯ އަދި މޮބައިލް އިޝްތިހާރުތައް ބޭނުންކޮށްގެން ޑިމާންޑް ޖެނެރޭޝަން އަދި ރީމާކެޓިންގ ކެމްޕޭންތައް މެދުވެރިކޮށް ކަސްޓަމަރ އެކުއިޒިޝަން ސްޓްރެޓެޖީތައް ތަންފީޒުކުރުން. ތ. ކޯޕަރޭޝަނުން އިންތިޒާމުކުރާ ހަރަކާތްތަކުގައި/ހަރަކާތްތަކުގައި ބައިވެރިވުން. |
|
3. ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް: 15 މެއި 2025 ވަނަ ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. |
|
4. ހުށައަޅަންޖެހޭ ލިޔުންތައް: ހ. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް. ށ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް (ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމެނުން). ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. ރ. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް ތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ. ބ. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. ޅ. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ. ކ. މުއްދަތު ހަމަނުވާ ޕޮލިސް ރިޕޯޓް. |
|
5. އިތުރު މަޢުލޫމާތު: ހ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ. ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. ނ. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ. ރ. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ https://corporate.visitmaldives.com/downloads/#downloads-apf މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ. ބ. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ ގޮތުގައެވެ. ޅ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ. 6. އެޑްރެސް ކުރައްވާނީ: އިބްރާޙީމް ޝިޢުރީ، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން |