ދިވެހިރާއްޖެ
ގއ.ގެމަނަފުށީ ކައުންސިލްއިދާރާގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ:
ގއ.ގެމަނަފުށީ ކައުންސިލްއިދާރާގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މިމަސައްކަތް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މިމަސައްކަތް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން ބިޑްގައި ބައިވެރިވުމަށް 12 މެއި 2025 ގެ 10:00 ގެ ކުރިން [email protected] އަށް ސިޓީއަކުން އެކަން އަންގަވައިދެއްވުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7916609, އަށް ގުޅުއްވުން އެދެމެވެ.
މިމަސައްކަތުގެ ޕްރީބިޑް މީޓިންގ އޮންނާނީ 12 މެއި 2025 ގެ 10:30 ގައި ގެމަނަފުށި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަމުގައި ބައިވެރިވުމަށް އެދުނު ފަރާތްތަކަށް މީޓިންގައި ބައިވެރިވެވޭނެއެވެ. އަދި ޕްރީބިޑް މީޓިންގައި ބައިވެރި ނުވިނަމަވެސް ބިޑް ސަބްމިޓް ކުރެވޭނެއެވެ.
މިމަސައްކަތަށް ބިޑް ހުށަހެޅުން އޮންނާނީ 22 މެއި 2025 ގެ 13:00 ގައި ގެމަނަފުށި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.