ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ ކައުންސިލްއިން 2025 ވަނަ އަހަރު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަލުން ހުޅުވާލުން.

 ނަންބަރު: 258/258/2025/33(IUL)                        

އިޢުލާން

      

ހަނިމާދޫ ކައުންސިލްއިން 2025 ވަނަ އަހަރު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަލުން ހުޅުވާލުން.

                  ހަނިމާދޫ ކައުންސިލްގެ ވޯރކް ޕްލޭނާޢި އެއްގޮތަށް 2025 ވަނަ އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކުޅިވަރު މުބާރާތް ތަކުގެ ތެރެއިން  ދެޖިންސަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވޮލީ މުބާރާތުގައި  ބައިވެރިވުމަށް ކޮށްފައިވާ  ނަންބަރު (IUL)258/258/2025/14އިއުލާން އާއި ހަވާލާދީ ދަންނަވަމެވެ. މި މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކުގެ އަދަދު މަދު ކަމަށް ފެންނާތީ، ޓީމްތަކައް އަލުން މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ. 

        ވީމާ، މި މުބާރާތްތަކުގައި ބައިވެރިވުމަށް އެދޭ  އަންހެން އަދި ފިރިހެން ޓީމްތައް އަދި ކުލަބް ޖަމިއްޔާތަކާއި މުއައްސަސާތަކުން ތިރީގައިވާ އޮންލައިން ލިންކް މެދުވެރިކޮށް ފޯމް ފުރެއްވުން އެދެމެވެ.

 ލިންކް: https://forms.office.com/r/7XY212QYGY

 

ތާވަލް

މުބާރާތް ފަށާ ތާރީޙް

މުބާރާތުގެ ނަން

ހަނިމާދޫއަށް ނިސްބަތްވާ ޓީމްތަކަށް ރަށުފެންވަރުގައި އަންހެނުންނަށާއި ފިރިހެނުންނަށް އަމާޒުކޮށްގެން ވޮލީ މުބާރާތްތެއް ހިންގުން. ( އަންހެން / ފިރިހެން)

01 ޖުލައި 2025

ހަނިމާދޫ ކައުންސިލް ވޮލީ މުބާރާތް 2025

ވީމާ ނަންނޯޓްކުރުމުގެ އެންމެފަހު ތާރީޙަކީ  19 މެއި 2025 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ގެ ނިޔަލަށްކަމުގައި ދަންނަވަމެވެ.

                 ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                        10 ޒުލްގައިދާ 1446

                        08 މެއި 2025

08 މޭ 2025
ހޯދާ