މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރ.އިނގުރައިދޫ ކުނި މެނޭޖުކުރުމުގެ ނިޒާމު އިތުރަށް ތަރައްޤީކުރުމަށް ބޭނުންވާ މެކޭނިކަލް ކޮމްޕޯސްޓް ސިސްޓަމް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
- ރ.އިނގުރައިދޫ ކުނި މެނޭޖުކުރުމުގެ ނިޒާމު އިތުރަށް ތަރައްޤީކުރުމަށްޓަކައި، ބޭނުންވާ މެކޭނިކަލް ކޮމްޕޯސްޓް ސިސްޓަމް ( ކާބޯތަކެތިން އުފެދޭ ކުނި (ބަދިގެ ބާކީ) ރައްކާތެރިގޮތުގައި ކާދަށް ބަދަލުކުރުމުގެ ނިޒާމް) ޤާއިމްކުރުމަށް ބޭނުންވާ އާލާތްތައް މިއިދާރާއަށް ސަޕްލައި ކޮށްދިނުމުގެ މަސައްކަތް ކުރުމަށް ކުރެވިފައިވާ ނަންބަރު (IUL)309-ESM/309/2025/29 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބީލަންތަކުގެ އަގުތަކަކީ މި މަސައްކަތް ކުރުމަށް އެކަށީގެންވާ އަގުތަކަށްވުރެ ބޮޑު އަގުތަކެއްކަމަށްފެންނާތީވެ، އަލުން ބީލަން ހުށަހެޅުމަށް ހުޅުވާލަމެވެ.
- ބިޑްގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިޑް ރެޖިސްޓްރޭޝަން ފީ 100ރ (ސަތޭކަ ރުފިޔާ) ދެއްކެވުމަށްފަހު އޭގެ ޓްރާންސްފާރ ސްލިޕާއި، މި އިޢުލާނާއެކު ގެޒެޓްކުރެވިފައިވާ ބިޑު ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު 19 މޭ 2025 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް މިއިދާރާގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ދެވިފައިވާ މުއްދަތުގެ ތެރޭގައި ބިޑު ރަޖިސްޓްރޭޝަން ފޯމް އަދި ބިޑް ރެޖިސްޓްރޭޝަން ފީގެ ޓްރާންސްފާރ ސްލިޕް ހުށަހަޅުއްވާފައި ނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެއެވެ. މިދެންނެވުނު ގޮތަށް ބިޑް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް މިމަސައްކަތާއިގުޅޭ އެންމެހާ މަޢުލޫމާތާއި، ބިޑިންގ ޑޮކިއުމަންޓްސްތައް އީމެއިލް ކުރެވޭނެއެވެ.
* ބިޑް ރެޖިސްޓްރޭޝަން ފީ ދައްކަންވީ އެކައުންޓް ނަންބަރ: 7717700403001 / 1350 REVENUE 1
3. މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 22 މޭ 2025 ވާ ބުރާސްފަތި ދުވަހުގެ ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން ތިރީގައިވާ އީ-މެއިލް އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ.
4. މި ބީލަމުގެ ޕްރީ ބިޑް މީޓިން އޮންނާނީ 26 މޭ 2025 ވާ ހޯމަ ދުވަހުގެ 10:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.
5. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 28 މޭ 2025 ވާ ބުދަ ދުވަހުގެ 13:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފޯނު ނަންބަރު: 6580028
އީ-މެއިލް: [email protected]
08 މޭ 2025
ހޯދާ