ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ސްކޫލް
ދިވެހިރާއްޖެ
ސްޕެޝަލް އެޑިޔުކޭޝަން ޓީޗަރ (ކޮންޓްރެކްޓް)

އިޢުލާނު

މަޤާމް

ސްޕެޝަލައިޒޭޝަން

ބޭނުންވާ އަދަދު

މަޤާމުގެ ނަންބަރ

ޓީޗަރ

ސްޕެޝަލް އެޑިޔުކޭޝަން

1

J-359053

 

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް އުސޫލުން

މުއްދަތު:

ވަޒީފާ ހަމަޖެހޭ ދުވަހުން ފެށިގެން 31 އޮކްޓޫބަރު 2025ގެ ނިޔަލަށް

މަޤާމުގެ ރޭންކު:

ޓީޗަރ ރޭންކް 2

ޕަބްލިކް ސަރވިސް ރޭންކް:

ޕަބްލިކް ސަރވިސް ރޭންކް 7- ސްޓެޕް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އިހަވަންދޫ ސްކޫލް، ހއ. އިހަވަންދޫ

މުސާރަ:

ޓީޗަރ ރޭންކް 2

-/11,564 ރ

 

މަޤާމުގެ އެލަވަންސް:

ޓީޗަރ ރޭންކް 2

-/5,397 ރ

 

ޙާޒިރީ އިނާޔަތް: (ޙާޒިރުވާ ކޮށްމެ ދުވަހަކަށް)

ޓީޗަރ ރޭންކް 2

-/146 ރ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ގައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާސިލްވާގޮތަށް ކުލާހުގަޔާއި ކުލާހުން ބޭރުގައި ކިޔަވައިދިނުމާއި ކިޔަވައިދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.
  2. ދަރިވަރުގެ ނުކުޅެދުންތެރިކަން ހުންނަ މިންވަރުބަލައި، އެ ދަރިވަރަށް ފަހުމްވާގޮތަށް ކިޔަވައިދިނުން
  3. ދަރިވަރުންނަށް ދެވޭ އެސެސްމެންޓްތަކާއި ދަރިވަރުންގެ ފޮތްތައް މާކުކުރުން.
  4. ކުލާހާއި ކުލާހުން ބޭރުގައި ދަރިވަރުންގެ އަޚްލާގާއި، ދަރިވަރުންގެ ރައްކާތެރިކަން ބެލެހެއްޓުން
  5. ދަރިވަރުގެ ނުކުޅެދުންތެރިކަމާ ގުޅޭގޮތުން، މަޝްވަރާ ހޯދަންޖެހޭ ފަރާތްތަކާ މަޝްވަރާކުރުން.
  6. ދަރިވަރުގެ ކިޔެވުމާއި ގުޅޭގޮތުން ބެލެނިވެރިޔާއަށާއި ސްކޫލްގެ އިސްފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ދިނުން.
  7. ޢާއްމު ކުލާހެއްގައި ކިޔެވޭފަދަ ޙާލަތުގެ ދަރިވަރުން އެފަދަ ކުލާސްތަކުގައި ކިޔަވާއިރު އެ ދަރިވަރުންގެ ޓީޗަރުންނާ މަޝްވަރާކޮށް، ދަރިވަރުގެ ކުރިއެރުން ރެކޯޑް ކުރަމުން ގެންދިއުން.
  8. ކުލާހުން ބޭރުގައި ހިންގާ، ކިޔަވައިދިނުމާ ގުޅުންހުރި ކަންތައްތައް ހިންގުމުގައި ސްކޫލަށް އެހީތެރިވުން.
  9. ދަރިވަރުން ޚާއްސަ އެހީއަށް ބޭނުންވާ ދާއިރާތައް ދެނެގަނެ، އެކުދިންނާ ގުޅޭގޮތަށް ފިލާވަޅުތައް ތައްޔާރުކުރުން.
  10. ދަރިވަރުންނަށް ކިޔެވުމަށް ފަސޭހަ، އޯގާތެރި، ރައްކާތެރި މާހައުލެއް ގާއިމްކުރުން

މަޤާމުގެ ޝަރުޠުތައް:

 

ޓީޗަރ، ރޭންކް 2

  1. ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ޙާސިލުކޮށްފައިވުން.

ނުވަތަ؛

  1. 2.      ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ޙާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާސިލުކޮށްފައިވުން.

 

ކިޔަވައިދިނުމުގެ ދާއިރާ:

  • ޓީޗިންގ (ސްޕެޝަލް އެޑިޔުކޭޝަން)

ނޯޓް: ޓީޗަރެއްގެ ޒިންމާ އަދާ ކުރައްވާ ކޮންމެ ފަރާތަކުން ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 އަކަށްވުރެ މަތީގެ ސަނަދެއް އޮންނަންޖެހޭތީ، ކިޔަވައިދޭ މާއްދާއަށް ޚާއްސަ ކުރެވިފައިވާ ދާއިރާއިން މަތީ ތަޢުލީމް ހާސިލު ކުރައްވާފައިވާ ފަރާތްތަކުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 އަކަށްވުރެ މަތިން ޓީޗިންގ ދާއިރާގެ ޖެނެރަލް ޓީޗިންގ ސެޓްފިކެޓެއް ފުރިހަމަ ކުރައްވާފައިވާނަމަ، އެސެޓްފިކެޓް ކިޔަވައިދިނުމުގެ ދާއިރާގެ ސަނަދެއް އޮތްކަމަށް ބެލުމުގައި ބޭނުން ކުރެވޭނެއެވެ.

ތަޢުލީމީ ދާއިރާ:

ސްޕެޝަލް އެޑިޔުކޭޝަން

ޓީޗިންގ، އެޑިޔުކޭޝަން، ސްޕެޝަލް އެޑިޔުކޭޝަން

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

ޓީޗިންގ ސަރވިސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2024/84/Annex%202%20-%20Application%20form1pnd4eve.a2u140d53hl.flr.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

ޓީޗަރ ރޭންކު 1 ން ޓީޗަރ ރޭންކު 3 އާ ދެމެދު ކްރައިޓީރިއާ

އަސާސީ ޝަރުޠު ހަމަވުން

ޓީޗަރ ރޭންކް 1 ގެ ޝަރުޠު ފުރިހަމަވުން

20

ޓީޗަރ ރޭންކް 2 ގެ ޝަރުޠު ފުރިހަމަވުން

30

ޓީޗަރ ރޭންކް 3 ގެ ޝަރުޠު ފުރިހަމަވުން

35

ތަޖުރިބާ

އަސާސީ ޝަރުތައްވުރެ އިތުރުވާ ތަޖުރިބާ

05

އިންޓަރވިއު

25

ޕްރެކްޓިކަލް

35

އަދި މަޤާމަށް ޢައްޔަން ކުރެވޭނީ، އަންނަނިވި ދެމިންގަނޑު ފުރިހަމަވާ ފަރާތެކެވެ.

  • އިންޓަރވިއު އަދި ޕްރެކްޓިކަލްއަށް ކަނޑައަޅާފައިވާ ޖުމްލަ ޕޮއިންޓްގެ ތެރެއިން މަދުވެގެން 30 (ތިރީސް) ޕޮއިންޓް ލިބުން.
  • މަޤާމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 50 (ފަންސާސް) ޕޮއިންޓް ލިބުން.

މިވަގުތު ޓީޗަރުންގެ ޖޮބްމެޓްރިކްސްގެ މަޤާމެއްގައި ހުރި މުވައްޒަފެއްގެ ވަޒީފާ ބަދަލުކުރުމުގައި ދެވޭ އިސްތިސްނާ

ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ މަޤާމެއްގައި ހުރި މުވައްޒަފެއް ސިވިލް ސަރވިސްގެ އިދާރާއެއްގެ ޓީޗަރެއްގެ މަޤާމަށް ބަދަލުކުރާނަމަ ނުވަތަ ކުރިމަތިލައި ހޮވިއްޖެނަމަ، ވަޒީފާ ހަމަޖައްސާނީ އެވަގުތު ވަޒީފާގައި ހުރި ރޭންކުންނެވެ. އަދި އެވަގުތު ހުރި ރޭންކަށްވުރެ މަތީ ރޭންކަށް ޝަރުޠު ހަމަވާ ޙާލަތްތަކުގައި ވަޒީފާ ހަމަޖައްސާނީ ޝަރުޠުހަމަވާ މަތީ ރޭންކުންނެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 މޭ 15ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން، އިހަވަންދޫ ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.  އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާ އާއި އެސެސްމެންޓްގެ ނަތީޖާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާ އާއި އެސެސްމެންޓްގެ ނަތީޖާއަށް ބަލައި، އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

އެސެސްމަންޓް އަދި އިންޓަރވިއު (ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނީ، 17 މޭ 2025 އާއި 24 މޭ 2025އާ ދެމެދު، އިހަވަންދޫ ސްކޫލްގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނުގެ ދަށުން މަތީގައިވާ ޝަރުތު ހަމަވާ ފަރާތެއް މި މަޤާމަށް ނުލިބިއްޖެނަމަ، ތިރީގައިވާ ޝަރުތު ހަމަވާ ފަރާތެއް ވޭޖް އިމްޕްލޯއިމެންޓް އުޞޫލުން ނެގުމަށް ހަމަޖެހިފައިވެއެވެ.

މަޤާމުގެ ގިންތި: ކޮންޓްރެކްޓް އުޞޫލުން (ވަގުތީ)

އުޖޫރަ: ކޮންމެ މަހަކު ތިރީގައި ބަޔާންކުރާ މުސާރައާއި ސަރވިސް އެލަވަންސް

މުވައްޒަފު އެންމެ މަތީ ތައުލީމީ ފެންވަރަކީ

މުސާރަ (މަހަކު)

ސަރވިސް އެލަވަންސް (މަހަކު)

މަހެއްގެ މައްޗަށް ޖުމްލަ ދެވޭނެ އުޖޫރައިގެން މިންވަރު

ދުވާލަކަށް ދެވޭން އުޖޫރައިގެ މިންވަރު

1 ގަޑިއިރަށް ދެވޭނެ އުޖޫރައިގެ މިންވަރު

ސާނަވީ ތައުލީމު ނުވަތަ މަތީ ސާނަވީ ތައުލީމު ފުރިހަމަކުރުން ކަމަށްވާނަމަ

5500.00ރ

2500.00ރ

8000.00ރ

363.64ރ

60.61ރ

ކިޔަވައިދިނުމުގެ ރޮންގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލު ކުރުން ކަމަށްވާނަމަ

6090.00ރ

2500.00ރ

8590.00ރ

390.45ރ

65.08ރ

ކިޔަވައިދޭ މާއްދާއިން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޟިލްކުރުން ކަމަށްވާނަމަ

7070.00ރ

2500.00ރ

9570.00ރ

435.00ރ

72.50ރ

ކިޔަވައިދޭ މާއްދާއިން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޟިލްކުރުން ކަމަށްވާނަމަ

8440.00ރ

2500.00ރ

10940.00ރ

497.27.00ރ

82.88ރ

ނޯޓް:

  • ގްރޭޑް 10 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓްފިކެޓެއް ނުވަތަ ގުރޭޑް 10 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.
  • ގްރޭޑް 12 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގެ ސެޓްފިކެޓެއް ނުވަތަ ގްރޭޑް 12 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ މަތީ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.
  • ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.   

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500096 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސްކޫލް ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން(https://www.csc.gov.mv/Policy/Index/74) އިން ލިބެން ހުންނާނެއެވެ.

08 މޭ 2025
ހޯދާ