ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
ދިވެހިރާއްޖެ
ސްޓެޓިސްޓިކްސް ޓީޗަރ

މަޤާމު: ސްޓެޓިސްޓިކްސް ޓީޗަރ

ބޭނުންވާ އަދަދު: 01

ވަޒީފާ އޮތް އޮފީސް: ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން

ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. މިސެންޓަރުން ކަނޑައަޅާފައި އޮންނަ ތާވަލާ އެއްގޮތަށް ގަޑިތައް ނަގައިދީ ސިލަބަސް ނިންމުން
  2. މިސެންޓަރުން ކަނޑައަޅާފައި އޮންނަ ތާވާލާ އެއްގޮތަށް ދަރިވަރުންނަށް އިތުރު ގަޑި ނަގައިދިނުން
  3. ހެޑް އޮފް ޑިޕާޓްމަންޓް ކަނޑައަޅާ ތާވަލާ އެއްގޮތަށް ދަރިވަރުންގެ ކޮންސަލްޓޭޝަން ގަޑިތައް ނަގައިދިނުން
  4. ކޮންމެ ދުވަހަކު ކްލާހަށް ދިއުމުގެކުރިން ލެސަންޕްލޭން ތައްޔާރުކޮށް ހެޑް އޮފް ޑިޕާޓްމަންޓްގެ ސޮއި ހޯދުން. އަދި ލެސަންޕްލޭންތަކާއި ކިޔަވައިދިން ފިލާވަޅުތަކުގެ ރެކޯޑު ބެލެހެއްޓުން.
  5. މާއްދާއާ ގުޅޭގޮތުން ދަރިވަރުންގެ ފީލްޑް މަސައްކަތްތައް ރާވައި ދަރިވަރުންނަށް ތަޖުރިބާ ހޯދައިދިނުން.
  6. ހަމަޖެހިފައިވާ ރަސްމީގަޑީގެތެރެއިން ކްލާހުގައި ނުހުންނަގަޑީގައި ކުދީންގެފޮތްތައް މާކުކޮށް ލެސަންނޯޓްސްތައް ތައްޔާރުކޮށް ފިލާވަޅުތައް ރަނގަޅަށް ގެންދިއުމަށް މަސައްކަތް ކުރުން.
  7. ދަރިވަރުންގެ އެންމެހާ ރެކޯޑްތައް ބަލަހައްޓާ އެކަމުގެ ޒިންމާނެގުން. (މީގެތެރޭގައި ދަރިވަރުންގެ ހާޒިރީ، ދަރިވަރުންކޮށްފައި މަސައްކަތްތަކުގެ ރެކޯޑްތައް، ދަރިވަރުންގެ މާކްސްތައް، އަދި ދަރިވަރުންގެ ފަރާތުން ފެންނަ ނޭދެވޭ ކަންތައްތަކުގައި އެޅިފައިވާ ފިޔަވަޅުތަކުގެ ރެކޯޑުތައް ހިމެނެއެވެ.)
  8. ދަރިވަރުންގެ ކިޔެވުމާއި އަޚުލާޤާއި ހާޒިރީގެ ކަންތައްތަކުގައި ކޮންމެދުވަހަކު ކަނޑައެޅިފައި އޮންނަ އުސޫލާ އެއްގޮތަށް ދަރިވަރުންނާމެދު ފިޔަވަޅުއަޅަން ޖެހޭފަދަ ޙާލަތްތަކުގައި ބެލެނިވެރިޔާއަށް އެކަން އަންގައި ފިޔަވަޅު އެޅުން.
  9. ކޮންމެ ސެމިސްޓަރއެއް ނިމޭއިރު އެޓީޗަރަކު ކިޔަވައިދޭ ކޮންމެ ދަރިވަރެއްގެ ހާޒިރީއާއި، ކިޔެވުމާއި، އަޚުލާޤުގެ މައްޗަށް އަލިއަޅުވާލައި ޚުލާޞާ ރިޕޯޓެއް ތައްޔާރު ކުރުމަށްފަހު އެޓީޗަރެއްގެ ސުޕަވައިޒަރަށް ހުށަހެޅުން.
  10. ހެޑް އޮފް ޑިޕާޓްމަންޓްގެ އިރުޝާދުގެދަށުން ޔުނިޓް ޓެސްޓް ޕޭޕަރ އަދި ސެމިސްޓަރ ޕޭޕަރު ތައްޔާރުކޮށް، ކްލާސްތަކަށް އެޅުމާއެކު ހީރަސް ޖެހުންް އަދި ޔުނިޓް ޓެސްޓްތަކާއި ސެމިސްޓަރ ޓެސްޓްތައް ދަރިވަރުން ހަދަމުންދާއިރު މިސެންޓަރުން ކަނޑައަޅާ ސުޕަރވިޝަން ޑިއުޓީއާ އެއްގޮތަށް އިމްތިޙާންތައް ބެލެހެއްޓުމަށް ގަޑިއަށް ހާޒިރުވުން
  11. މޭ/ޖޫން އެޑެކްސެލް އިމްތިހާން ދަރިވަރުން ހަދަމުންދާއިރު މިސެންޓަރުން ކަނޑައަޅާ ސުޕަރވިޝަން ޑިއުޓީއާ އެއްގޮތަށް އިމްތިޙާންތައް ބެލެހެއްޓުމަށް ގަޑިއަށް ހާޒިރުވުން.
  12. ކޮންމެ ސެމިސްޓަރއެއް ނިމުމުން ދަރިވަރުންގެ ރިޕޯޓު ތައްޔާރުކުރުން އަދި އެކަމާ ގުޅޭ ހުރިހާކަމެއް ކުރުން.

ޝަރުޠު:                                

މަޤާމު ނަން

ކްލެސިފިކޭޝަން

ސިވިލްސަރވިސް ރޭންކް

އަސާސީ ޝަރުޠު

އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ސީނިއަރ ޓީޗަރ

ސްކޫލް ޓީޗަރސް

CS15-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-4 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

10,640.00

2,500.00

CS15-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-3 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

10,320.00

2,500.00

CS15-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-2 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

10,100.00

2,500.00

CS15-2

  • ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ  އޮނިގަނޑު ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައިވުން އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން، ނުވަތަ

9,910.00

2,500.00

  • ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް  ހާސިލުކޮށްފައިއޮތުމާއެކު ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައިވުން، އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

ޓީޗަރ

ސްކޫލް ޓީޗަރސް

CS13-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 4-CS13 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

9,850.00

2,500.00

CS13-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 3-CS13 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

9,360.00

2,500.00

CS13-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 2-CS13 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

8,890.00

2,500.00

CS13-2

ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ކިޔަވައިދޭ މާއްދާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް  ހާސިލުކޮށްފައިވުމާއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައިވުން، އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން؛ ނުވަތަ،

8,440.00

2,500.00

ޓީޗަރ

ސްކޫލް ޓީޗަރސް

CS11-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 4-CS11 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

8,250.00

2,500.00

CS11-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-3 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

7,840.00

2,500.00

CS11-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 2-CS11 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

7,450.00

2,500.00

CS11-2

ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ސަނަދު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައިވުން، އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

7,070.00

2,500.00

އެޑިޔުކޭޝަނަލް ކޮލިފިކޭޝަން އެލަވަންސް

 

މުސާރައިގެ އިންސައްތަ

ސަނަދު

30%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތުން

25%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް އޮތުން

20%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް އޮތުން

15%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް އޮތުން

20%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް އޮތުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން
  • ކިޔަވައިދޭ މާއްދާއަށް ޚާއްޞަ ކުރެވިފައިވާ ދާއިރާއަކުން ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ ކިޔަވައިދިނުމުގެ ރޮނގުން ބެޗެލަރސް ޑިގްރީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ
  • ކިޔަވައިދެއްވާ މާއްދާއަކުން ދެވޭ ޓޮޕިކަކަށް ކިޔަވައިދިނުން އަދި ޕާރޕޯމަންސްއަށް ބަލައިގެން              

އިންޓަރވިއު ކުރުން

ހ. މިމަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ، 08 ސެޕްޓެންބަރު 2015 އާއި 10 ސެޕްޓެންބަރު 2015 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މިސެންޓަރުގެ ކައުންޓަރުން ބަންދު ނޫން ކޮންމެ ދުވަހަކު 9:30 ން 14:00 އަށް ލިބެން ހުންނާނެއެވެ. އަދި މިސެންޓަރުގެ ވެބްސައިޓުންނާއި ސިވިލް ސަރވިސްގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.) www.chse.edu.mv އިން ލިބިވަޑައިގަންނަވާނެއެވެ.

ށ. ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް

ކ. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

  1. ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން އޮފީހަށެވެ.
  2. ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2015 ސެޕްޓެންބަރު 07 ވަނަ ދުވަހުގެ 14:00 އަށެވެ.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ތަކެތި ހަމަނުވާކަން ނެގުމަށްފަހު ވެސް ފާހަގަވެއްޖެނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަނުގެ ނަންބަރު 3321330 ފޯނަށް ގުޅުއްވުން އެދެމެވެ.

27 އޮގަސްޓް 2015
ހޯދާ