ދިވެހިރާއްޖެ
މި ޑިޕާޓްމަންޓުން ފޯރުކޮށްދޭ ކުށާއި ދަރަނީގެ ރެކޯޑް ސާފުކޮށްދިނުމުގެ ޚިދުމަތް ފަސޭހަކުރުމަށްޓަކައި، 2025 މެއި 15 ވާ ބުރާސްފަތި ދުވަހުން ފެށިގެން، މި ޑިޕާޓްމަންޓުން ޑިވެލޮޕްކޮށްފައިވާ ޕަބްލިކް ޕޯޓަލް ކަމަށްވާ records.judiciary.gov.mv އިން އީފާސް މެދުވެރިކޮށް މި ޚިދުމަތް ފޯރުކޮށްދޭ ގޮތަށް ހަމަޖައްސައިފީމެވެ.
އަދި ދަންނަވަމެވެ. ކުށާއި ދަރަނީގެ ރެކޯޑް ސާފުކުރުމަށް މިހާރު ބޭނުންކުރާ ފޯމު މެދުވެރިކޮށް ވަކިވަކި ފަރުދުން ހުށަހަޅާ ހުށަހެޅުންތައް 2025 ޖޫން 01 ވަނަ ދުވަހުގެ ފަހުން ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.
އެހެންނަމަވެސް، ދައުލަތުގެ އޮފީސްތަކުން ރެކޯޑް ސާފުކުރުމަށް އެދި ހުށަހަޅާ ލިސްޓުތަކާއި ކުންފުނިތަކުން ރެކޯޑް ސާފުކުރުމަށް ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ، ކުރިއެކޭވެސް އެއްފަދައިން، އެ އޮފީހެއް ނުވަތަ ކުންފުންޏެއްގެ ސިޓީއަކާއެކު ރެކޯޑް ސާފުކުރުމަށް އެދި ހުށަހެޅުމުން ކަމުގައި ދެންނެވީމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.