މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ

މިއިދާރާގެ ނަންބަރު IUL)227-HR/227/2015/32)ފ(29 ޖުލައި 2015) އިޢުލާން އިދާރީ ސަބަބަކަށްޓަކައި ބާޠިލުކޮށް މިއިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް އިޢުލާން ކުރަމެވެ.

މަޤާމު:

ފައިނޭންސް އޮފިސަރ

ރޭންކް:

އެމް.އެސް 1

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް /އިދާރާ / ސެކްޝަން:

ކޯޕަރޭޓް އެފެއާޒް

މުސާރަ:

މަހަކު 5610.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2000.00 ރުފިޔާ

އުޖޫރައާއި ޢިނާޔަތްތައް:

ދަތުރު އެލަވަންސްއާ، އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަސްތަކުގެ ފައިސާ ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.

ބޭނުންވާ ޢަދަދު:

01

ތަޢުލީމާއި ތަޖުރިބާ:

  • ހިޔުމަން ރިސޯސް މެނޭޖްމަންޓް، ފައިނޭންޝިއަލް މެނޭޖްމަންޓް، އެޑްމިނިސްޓްރޭޓިވް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް ނުވަތަ އެކައުންޓިންގ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ހިޔުމަން ރިސޯސް މެނޭޖްމަންޓް، ފައިނޭންޝިއަލް މެނޭޖްމަންޓް، އެޑްމިނިސްޓްރޭޓިވް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް ނުވަތަ އެކައުންޓިންގ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • ހިޔުމަން ރިސޯސް މެނޭޖްމަންޓް، ފައިނޭންޝިއަލް މެނޭޖްމަންޓް، އެޑްމިނިސްޓްރޭޓިވް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް ނުވަތަ އެކައުންޓިންގ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • އަތޮޅު ޓްރަސްޓް ފަންޑްގެ ހިސާބުތައް ބެލެހެއްޓުން.
  • ސަރުކާރުގެ އިދާރާތަކުން އެކިފަރާތްތަކަށް ރައްދުކުރުމަށް ލިބޭފައިސާ ރައްދުކުރުން.
  • އަތޮޅު ޓްރަސްޓް ފަންޑްގެ ދަށުން ހިންގާ ޕްރޮގްރާމްތަކުގެ މަސްދުވަހުގެ ރިޕޯޓް ތައްޔާރުކުރުން.
  • ސަރުކާރުގެ އިދާރާތަކުން ޖަމާކޮށްދޭ ފައިސާގެ މަސްދުވަހުގެ ރިޕޯޓްތައް އެއިދާރާތަކަށް ފޮނުވުން.
  • އަތޮޅު ޓްރަސްޓް ފަންޑްގެ ދަށުން ހިންގާ ޕްރޮގްރާމްތަކަށް ބޭނުންވެގެން ހޯދޭ ތަކެއްޗާއި ޚިދުމަތަށް ފައިސާ ދޫކުރުން.
  • އަތޮޅު ޓްރަސްޓްފަންޑްގެ ވައުޗަރ ރަޖިސްޓަރީ ލިޔެބެލެހެއްޓުން.
  • ޚަރަދު 2ގެ ވައުޗަރ ރަޖިސްޓަރީ ލިޔެ ބެލެހެއްޓުން.
  • އަތޮޅު ޓްރަސްޓް ފަންޑްގެ ޗެކު ރަޖިސްޓަރީ ލިޔެ ބެލެހެއްޓުން.
  • ޚަރަދު 2ގެ ޗެކުރަޖިސްޓަރީ ލިޔެ ބެލެހެއްޓުން.
  • ޔުނިޓުން ނިމޭ މައްސަލަތައް ދުވަހުންދުވަހަށް ރައްކާތެރިކަމާއެކު މައްސަލަ ރަޖިސްޓަރީން ކަނޑައި ފައިލްކޮށް ފައިލިންގ ސިސްޓަމް ބެލެހެއްޓުން
  • މަސައްކަތު ތަޖުރިބާ ލިބިފައިވަނީ ފައިސާއާ ގުޅުންހުރި ދާއިރާއަކުން ކަމުގައިވުން.
  • ކޮމްޕިއުޓަރ ބޭނުންކޮށްގެން މަސައްކަތްކުރަން ދަންނަ މީހެއް ކަމުގައިވުން
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހެއް ކަމުގައިވުން
  • ޤާނޫނުތަކާއި، ގަވާއިދުތަކަށް އަހުލުވެރި މީހެއް ކަމުގައިވުން
  • އިނގިރޭސިފެންވަރު ރަނގަޅު މީހެއް ކަމުގައިވުން
  • ރަށުން ބޭރުގައި މަސައްކަތްކުރެވޭ މީހެއް ކަމުގައިވުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި މިމަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން އެންގޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

2015 ސެޕްޓެންބަރު 1 ވަނަދުވަހުގެ މެންދުރުފަހުގެ 14:00 ގެ ކުރިން ށ.އަތޮޅުކައުންސިލްގެ އިދާރާއަށެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ށ.އަތޮޅުކައުންސިލް އިދާރާގެ ކައުންޓަރުންނާއި، މިއިދާރާގެ ވެބްސައިޓް www.shaviyani.gov.mv އިން ލިބެން ހުންނާނެއެވެ.)
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިއުމެއް
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެހާއެކު)
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ހުށަހަޅަންޖެހޭ ލިޔުންތައް

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6540025 ނަންބަރު ފޯނާއެވެ.

08 ޛުލްޤަޢިދާ 1436

23 އޮގަސްޓް 2015
ހޯދާ