އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫ އީދި ސަމާ 1446 ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ވޮލީބޯޅަ މުބާރާތާއި ގުޅޭ

އިޢުލާން

 

އައްޑޫ އީދި ސަމާ 1446 ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ވޮލީބޯޅަ މުބާރާތާއި ގުޅޭ:

1446ވަނަ އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދު އައްޑޫސިޓީގައި ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން، އައްޑޫސިޓީގެ 6 އަވަށުގައި "އައްޑޫ އީދި ސަމާ 1446" ގެ ނަމުގައި ހަރަކާތްތަކެއް އިންތިޒާމްކުރުމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.  އެގޮތުން މިއަވަށުގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ މިކްސް ވޮލީބޯޅަ މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމުބާރާތުގައި ބައިވެރި ވެވޭނީ އައްޑޫއަށް ނިސްބަތްވާ އައްޑޫގެ ޓީމްތަކަށެވެ.

މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވައިދު ފޭދޫ އަވަށު އޮފީހުން ލިބެން ހުންނާނެއެވެ. މިމުބާރާތުގައި ބައިވެރި ވުމުގެ އެންމެ ފަހު ތާރީޚަކީ 19 މޭއި 2025 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިންނެވެ. މިމުބާރާތުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ފޭދޫ އަވަށު އޮފީހުން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00ން މެންދުރު 13:00 އަށެވެ.                                                       

09 ޛުލްޤަޢިދާ 1446

07 މެއި 2025

07 މޭ 2025
ހޯދާ