ދިވެހިރާއްޖެ
އިޢުލާން
         ތިނަދޫ ސިޓީގެ ފެނާއި ނަރުދަމާ ނިޒާމު ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމާ ގުޅޭ މުހިންމު އިޢުލާން
         ތިނަދޫ ސިޓީގައި ޤާއިމުކުރެވިފައިވާ ފެނާއި ނަރުދަމާގެ ނިޒާމު އެންމެ އެކަށީގެންވާ ގޮތުގައި ބޭނުންކުރެވެމުން ނުދާކަން މި ޚިދުމަތްދޭ ފަރާތްތަކަށް ފާހަގަކުރެވެމުންދެއެވެ. ޤާނޫނު ނަންބަރު 08/2020 (ފެނާއި ނަރުދަމާގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ފ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ނަޖިހާއި ނަޖިސްފެން ސާފުކުރާ ނިޒާމުގެ މަސައްކަތަށް ހުރަސްއެޅިދާނެ ފަދަ ފެނުގެ ބާވަތެއް ނަރުދަމާ ނިޒާމަށް ދޫކުރުމަކީ މަނާކަމެކެވެ.
މައިގަނޑު ގޮތެއްގައި ދިމާވަމުންދާ މައްސަލަތަކުގެ ތެރޭގައި:
- ދިޔަދޮވިން ފައިބާ ފެން ނަރުދަމާގެ ނިޒާމަށް ގުޅުވުން
- ހޮޓާ އަދި ރެސްޓޯރަންޓް ފަދަ ތަންތަނުގައި އޮއިލް ޓްރެޕް ބެހެއްޓުމުގައި ހުރި މައްސަލަތައް
- ކަނޑައެޅިފައިވާ މިންގަޑަށް އޮއިލް ޓްރެޕް ހެދިފައި ނެތުން
މިފަދަކަންކަމުގެސަބަބުން:
 •     ނަރުދަމާ ނިޒާމުގެ ހޮޅިތައް ބެދުން
 •     ރަށުތެރެއަށް ނަޖިސް ބޭރުވުން 
 •     ވާރޭވެހޭ މޫސުމުގައި ނަރުދަމާ ނިޒާމަށް ގުޅާލެވިފައިވާ ޕަމްޕުތަކުގެ ލޯޑު ބޮޑުވެ ހަލާކުވުން
 
      ވީމާ، ތިނަދޫ ސިޓީގެ ފެނާއި ނަރުދަމާގެ ނިޒާމަށް މައްސަލަ ނުޖެހޭނެ ގޮތަށް މުޅި ނިޒާމު ބޭނުންކުރުމަށް ތިނަދޫ ސިޓީގައި ދިރިއުޅޭ އެންމެހައި ފަރާތްތަކަށް އާދޭހާއެކު އިލްތިމާސްކުރަމެވެ. މި ނިޒާމުގެ ބޭނުން ދެމެހެއްޓެނިވި ގޮތުގައި ކުރުމަކީ އަޅުގަނޑުމެން އެންމެންގެވެސް ޒިންމާއެކެވެ.
 
              މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.
 
                    