ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ. ވިލިނގިލީގެ ހިއްކި ސަރަޙައްދުގައި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަޝްރޫޢުއާއި ބެހޭ

ގއ. ވިލިނގިލީގެ ހިއްކިސަރަޙައްދުގައި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަޝްރޫޢުއާއި ބެހޭ

 

ގއ.ވިލިނގިލީގެ ހިއްކި ސަރަޙައްދުގައި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން ނަރުދަމާ ކަނެކްޝަން ގޭގެއަށް ގުޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މިކަމަށްޓަކައި ގޭގެ ވެރިފަރާތުން ފޯމް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 08 މެއި 2025 އިން ފެށިގެން 06 ޖުލައި 2025 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.

އެޕްލިކޭޝަން ހުށަހެޅުމުގައްޔާއި، ބަލައިގަތުމުގައި އަދި ކަނެކްޝަން ލިސްޓް ފައިނަލް ކުރުމުގައި ޢަމަލު ކުރާނީ މިކަމަށްޓަކައި މިހާރު ޢަމަލު ކުރެވެމުންދާ ޤަވާޢިދު ނަންބަރު 2020/R-10 "މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ މަޝްރޫޢުތަކުގެ ތެރެއިން ފެނުގެ ޚިދުމަތް ދިނުމުގެ މަޝްރޫޢުތަކުގެ ދަށުން ފެނުގެ ޚިދުމަތް ނުވަތަ ނަރުދަމާގެ ޚިދުމަތްތައް ގުޅައިދިނުމުގައި ޢަމަލު ކުރާނެ ގޮތުގެ ޤަވާއިދު" ގެ 13 ވަނަ މާއްދާއާއި އެއްގޮތަށެވެ. އަދި ފީއަކާއި ނުލައި ފެން މީޓަރާއި ނަރުދަމާގެ ޖަންކްޝަން ގުޅައިދިނުމުގައި ޢަމަލުކުރާނީ މިޤަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގިންތިތަކުގެ މައްޗަށެވެ. ފޯމް ބަލައިގަތުމާއި، ލިސްޓް ފައިނަލް ކުރުމުގައި އަދި ކަނެކްޝަންގެ ޢަދަދު ނިންމުމުގައިވެސް ޢަމަލު ކުރާނީ މި ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

ނަރުދަމާގެ ޚިދުމަތަށް އެދޭފޯމް 08 މެއި 2025 ހެނދުނު 08:00 އިން ފެށިގެން ގއ.ވިލިނގިލީ ކައުންސިލް އިދާރާއިން ލިބެންހުންނާނެވެ.

ގއ.ވިލިނގިލީގައި އަލަށް އާބާދުވާ ފަރާތްތަކުން ނަރުދަމާގެ ޚިދުމަތަށް އެދޭފޯމް 08 މެއި 2025 ވަނަ ދުވަހުން ފެށިގެން ބަންދުނޫން ކޮންމެ ދުވަހެއްގެ 08:00 އިން 14:00  އަށް ގއ.ވިލިނގިލި ކައުންސިލްގެ ކައުންޓަރ އިން ބަލައި ގަތުމަށް ހަމަޖެހިފައިވާ ވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

ނަރުދަމާގެ ޚިދުމަތް ދިނުމުގެ މަޝްރޫޢުގެ ދަށުން ނަރުދަމާގެ ޚިދުމަތް ގުޅައިދިނުމަށް އެދޭ ފޯމު ފުރިހަމަކޮށް ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ.

1-  އިމާރާތުގެ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 

2- އިމާރާތުގެ ވެރިފަރާތް ނިޔާވެފައިވާނަމަ، ޝަރުޢީގޮތުން ކަނޑައަޅައިފައިވާ ވާރުތަވެރިޔާ ނުވަތަ ވާރުތަވެރިންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

3- އިމާރާތުގެ ރަޖިސްޓަރީގެ ކޮޕީ

4- އެއްވެސް ސަބަބަކާ ހުރެ، ގެ ނުވަތަ ގޯތި ބެހުމުގެ މައްސަލަ ޝަރުޢީ ކޯޓަކަށް ހުށަހަޅައިފައިވާނަމަ، އެކަން ސާބިތުކޮށްދޭ ޝަރުޢީ ކޯޓެއްގެ ލިޔުން

5- ޤަވާޢިދު ނަންބަރު 2020/R-10  6 ވަނަ މާއްދާއާއި 7 ވަނަ މާއްދާގެ (ށ) އާއި (ނ) ގެ ދަށުން ހުށަހަޅާނަމަ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ.

 

07 މެއި 2025

07 މޭ 2025
ހޯދާ