އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު: އެސިސްޓަންޓް އޮފިސަރ/ އޮފިސަރ/ ސީނިއާރ އޮފިސަރ/ އެސިސްޓަންޓް މެނޭޖަރ

ޑިޕާޓްމަންޓް: މެޑިކަލް އެންޑް އެމްޕެނަލްމަންޓް

މަތީގައި ދަންނަވާފައިވާ މަޤާމުތަކަކީ ޞިއްޙީ ދާއިރާއާގުޅޭ ވަޒީފާގެ ފުރުޞަތުތަކެކެވެ. 

ތަޢުލީމާ ތަޖުރިބާ

  • އެންމެ ދަށްވެގެން ސެޓުފިކެޓު ލެވެލް/ ޑިޕްލޮމާ ނުވަތަ/ ޑިގްރީ އިން ނާރސިން ނުވަތަ ޞިއްޙީ ދާއިރާއަކާ ގުޅުންހުރި ދާއިރާއަކުން ތަޢުލީމު ހާސިލުކޮށްފައިވުން.
  • ގުޅޭ ދާއިރާއަކުން މަދުވެގެން 1 އަހަރު ނުވަތަ 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހާސިލުކޮށްފައިވުން.
  • މައިކްރޮސޮފްޓް އޮފިސް އެކްސެލް އަދި ވާރޑް އާ ކުޅެން އެނގުން
  • މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ކުންފުނީގެ މަސައްކަތްތައް ގެންދަންޖެހޭ ގޮތުގެ ޕްލޭން އެކުލަވާލައި ތަރައްޤީކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  • އޯޕީ އިންވޮއިސްތައް ދިރާސާކުރުން.
  • އައިސީޑީ ގެ ހުރިހާ މަސައްކަތެއް ކުރުން.
  • ރާއްޖެއިން ބޭރުގެ ކްލެއިމްސް، އޯޕީ އައިޕީ އިންވޮއިސްތަށް ބަލައި ފާސްކޮށް އަދި ބާޠިލުކުރަންޖެހޭ އެއްޗެއް ބާޠިލުކޮށް އެންގުން.
  • ކުއްލި ހާލަތްތަކުގައި ރާއްޖެއިން ބޭރުގެ ކްލެއިމްސް ބަލައި ފާސްކޮށް ކުންފުނީގެ ގަވައިދާ އެއްގޮތުގެމަތިން ބެލެހެއްޓުން.
  • ކަސްޓަމަރ ސާރވިސް އިން އަންނަ ފޯން ކޯލްތްކަށް ޖަވާބުދާރީވުން، (އެމަޤާމަކަށް ނަގާ ބޭފުޅަކަށް)

މުސާރަ: ކުންފުނީގެ ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން 

ޝައުޤުވެރިކަން ފާޅުކުރުމުގެ ފަހު ތާރީޚަކީ 30 ސެޕްޓެންބަރު 2015ވާ ބުދަ ދުވަހުގެ މެންދުރު 12:00އެވެ.

ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ވަނަވަރު އަދި ތަޢުލީމީ ސެޓުފިކެޓުތައް، ތިރީގައިވާ އެޑްރެހަށް ހުށަހަޅަން ނުވަތަ އީމެއިލް އެޑްރެހަށް އީމެއިލްކުރަން ވާނެއެވެ.

އާސަންދަ ކޮމްޕެނީ ލޓޑ

ފޯން: 960 301 1400 +، ފެކްސް: 960 301 3636 +

ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ

މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]، ވެބްސައިޓް: www.aasandha.mv

ޝަރުޠު ހަމަނުވާ ފަރާތްތަކާއި ޞައްޙަނޫން މަޢުލޫމާތުތައް ހިމެނޭ ހުށަހެޅުންތައް ބާޠިލުކުރެވޭނެއެވެ.

24 އޮގަސްޓް 2015
ހޯދާ