މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ކައުންސިލް އޮފިސަރ (ދާއިމީ)

މަޤާމު:

އެސިސްޓެންޓް ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-407530

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޖީ.އެސް.3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ، ނ. ކެނދިކުޅުދޫ / ދިވެހިރާއްޖެ

މުސާރަ:

4465.00 ރުފިޔާ

ސަރވިސް އެލަވަންސް:

 1500.00ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިންގ ކޯ އެލަވަންސްގެ 2 ގޮތުގައި މަހަކު 700 ރުފިޔާ
  2. ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 (ތިރީސްފަސް އިންސައްތަ)
  3. ސިވިލް ސާރވިސް މުއައްޒަފުނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  4. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. (މުސާރައިގެ %7)
  5. ސިވިލް ސަރވިސްގެ އެ ރޭންކަކަށް މިނިމަމް ވޭޖްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ ޢަދަދަށްވުރެ މަދުން ލިބޭ ނަމަ، އެ އަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސަވައި ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ، ސެކްރަޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރަޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝަދުގެ މަތިން ކުރުން.
  3. ފައިސާ ބަލައިގަތުމާއި އެކްސެލްޝީޓް އިން އަޕްޑޭޓުކުރުން.
  4. ކައުންސިލަށް ބޭނުންވާ މުދަލާއި ޚިދުމަތް، މާލިއްޔަތުގެ ޤާނޫނާއި ކައުންސިލުގެ އުޞޫލްތަކާއި އެއްގޮތަށް ހޯދުމުގެ  މަސައްކަތް ކުރުން.
  5. ކައުންސިލް އިދާރާގެ ޕްރޮކިއަރމަންޓް ޕްލޭން އެއަހަރެއްގެ ޖަނަވަރީ 15 ކުރިން ތައްޔާރުކޮށް ފާސްކުރުމަށް ހުށައެޅުމާއި ފިނޭންސް މިނިސްޓްރީއިން ކަނޑައަޅާ އުސޫލެއްގެ މަތިން ދަޢުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވުން.
  6. މުދަލާއި ޚިދުމަތް ލިބިގަތުމުގެ ރިކްއެސްޓް ފޯމް ތަށް ހެދުން.
  7. ރަސްމީބޭނުންތަކުގައި ކުރަންޖެހޭ ދަތުރުތައް ކުރެވޭނެ އިންތިޒާމް ހަމަޖައްސާ ލިޔެކިއުން ބެލެހެއްޓުން.
  8. ރަސްމީ އިވެންޓްތަކާ މަހާސިންތާތަކާއި ތަމްރީން ޕްރޮގްރާމްތަކުގެ ކެއުމާއި ހުރުމުގެ އިންތިޒާމްތައް ކައުންސިލާއި ސުޕަވައިޒަރު ކަނޑައަޅާ އުސޫލެއްގެ ދަށުން މާލިއްޔަތު ޤަވާއިދާއި އެއްގޮތްވާގޮތުގެ މަތިން ހަމަޖެއްސުން.
  9. ތަކެތި ގަތުމަށް ޕާރޗޭސް އޯޑަރ ތައްޔާރުކޮށް އަޕްލޯޑުކުރުމާއި، ޕާރޗޭސް އޯޑަރުތަކަށް ފިހާރަތަކުން އަގުބަލައި ފޯރމް ތައްޔާރު ކުރުމާއި، މުދަލަށް އޯޑަރު ޖެހުމާއި، މުދާ ބޯރޓަށް އެރުވުނުކަން ކަށަވަރުކުރުމާއި، ޕޭމަންޓް ދެއްކުމަށް ފައިނެންސް އަށް ފޮނުވުމާއި، ބޯޓަށް އެރުވުނު ތަކެތި ކައުންސިލްއަށް ގެނެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، ރިކުއެސްޓް ކުރިތަކެތި ލިބުމުން ލިބިފައިހުރިމުދާ ޗެކްކޮށް މުދާ ހޯދަން އެދުނު ސެކްޝަނާއި ޙަވާލުކުރުން.
  10. ކައުންސިލަށް ގެންދަ މުދާ ސްޕެސިފިކޭޝަނާ އެއްގޮތްނުވާ ޙާލަތުގައި އަނބުރާ ފޮނުވާލަންޖެހޭ ޙާލަތުގައި ފޮނުވާލުމުގެ މަސައްކަތްކުރުމާއި، ރިފަންޑް ހޯދަން ޖެހިއްޖެ ހާލަތެއްގައި ރިފަންޑް ހޯދުމުގެ މަސައްކަތް ކުރުން.
  11. ކައުންސިލް އިދާރާއަށް ގެނެވޭ މުދަލާއި ޚިދުމަތް ބަލައިގަތްކަމުގެ ލިޔުންތައް ހެދުން.
  12. ކައުންސިލް އިދާރާއަށް ހޯދާ މުދަލާއި ޚިދުމަތް ހޯދުމަށް ޕްރޮޖެކްޓްސް ޔުނިޓުން ކުރެވޭ އިޢުލާނުތަކަށް ހުށައެޅޭ ބިޑުތައް އިވެލުއޭޓްކުރުމުގެ މަސައްކަތް ކުރުމާއި މަސައްކަތްތައް އެވޯޑްކުރުމުގެ ކަންކަން ކުރިއަށް ގެންދިއުން.
  13. ކައުންސިލް އިދާރާގެ އެންމެހާ މުދާ ރައްކާތެރިކޮށް ބެލެހެއްޓުމާއި މާލިއްޔަތުގެ ޤަވާއިދުގައި ބަޔާންކުރާ މިންވަރަށް އިންވެންޓްރީ އަޕްޓޭޓްކޮށް ބެލެހެއްޓުން އަދި ކައުންސިލްގެ ރިކަރެންޓް އިންވެންޓްރީ ނޮންކަރަންޓް އެސެޓްސް އަދި ޓޫލްސްގެ އިންވެންޓްރީ ބެލެހެއްޓުން.
  14. ސްޓޮކުން ތަކެތި ދޫކުރުމާއި، ސްޓޮކް ހިސާބްތައް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ އިތުރުން ސްޓޮކަށް ބޭނުންވާ ތަކެތި އުޞޫލް ތަކުގެ ތެރެއިން ގެނެސް ދޫކޮށް ހިސާބްތައް ބެލެހެއްޓުން.
  15. މާލިއްޔަތުގެ ޤާނޫނުގައި ބަޔާންކުރާ މިންވަރަށް ހަރުމުދަލުގެ އިންވެންޓްރީ އަޕްޓޭޓްކޮށް ބެލެހެއްޓުން.
  16. ނީލަން ޕޯޓަލް ބެލެހެއްޓުން.
  17. ކޮންމެ މަހަކު ފިނޭންސް ބަލަހައްޓާ މުވައްޒަފުންނަށް ޚިދުމަތާ މުދާ ލިބިގަތް އަދަދާއި ތަފްސީލް އެނގޭނެ ރިޕޯޓެއް ހުށައެޅުމާއި ފިނޭންސް ބަލަހައްޓާ މުވައްޒަފުންނަށް ޙަވާލުކުރެވޭ ބިލްތަކުގެ ރިޕޯޓެއް ތައްޔާރުކޮށް ފޮނުވާފައިވާ ބިލްތަކާއި ނުފޮނުވޭ ބިލްތައް ފާހަގަކޮށް ރިޕޯޓް ތައްޔާރު ކުރުން.
  18. ކުރިޔަށް އޮތް މަހަށް ގަންނަން ހުރި ތަކެތީގެ ފޯރކާސްޓް ރިޕޯރޓް އެހެނިހެން ޔުނިޓްތަކާއި ގުޅިގެން ތައްޔާރުކުރުން.
  19. ކައުންސިލުން ހިންގާ ޕްރޮޖެކްޓްތަކުގެ ވޭރިއޭޝަން، އޮމިޝަން އަދި އެޑެންޑަމްތައް އިތުރުކޮށް އުނިކުރުމުގެ މަސައްކަތްކުރުމާއި އެކަމަށް ތައްޔާރުކުރަންޖެހޭ ޑޮކިއުމަންޓް ތައްޔާރުކޮށް އެގްރިމެންޓްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
  20. ކައުންސިލަށް ލިބިގަންނަ މުދަލާއި ޚިދުމަތް ހޯދުމުގެ އެންމެހާ އެގްރިމެންޓްތައް ތައްޔާރުކޮށް ސޮއިކުރުމާއި އެގްރިމެންޓް ރަޖިސްޓްރީ އަޕްޑޭޓްކުރުމުގެ މަސައްކަތްތައް ކުރުން.
  21. ކައުންސިލުން ކުރިއަށް ގެންދާ 35،000 އާއި 5،000،000 ރުފިޔާއާއި ދެމެދުގެ ޕްރޮޖެކްޓްތަކުގެ ލީގަލް ކޮންސަލްޓޭންސީގެ މަސައްކަތްތައް ސުޕަވައިޒަރުގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރުން.
  22. ކައުންސިލުން ކުރިއަށް ގެންދާ 35،000 އާއި 5،000،000 ރުފިޔާއާއި ދެމެދުގެ ޕްރޮޖެކްޓްތަކުގެ ބިޑް އިވެލުއޭޓްކުރުމަށްފަހު ބިޑު ކޮމިޓީއަށް ހުށައެޅުން.
  23. ކައުންސިލުން އެވޯޑްކުރާ ޕްރޮކިއަރމަންޓްތަކުގެ ތަފްސީލް މާލިއްޔަތު ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން މަހަކު އެއްފަހަރު ޢާންމުކުރުން.
  24. ކައުންސިލުން ހިންގާ ޕްރޮޖެކްޓްތަކުގެ ރިޓެންޝަން ޕީރިއަޑްގައި ޕްރޮޖެކްޓްސް ޔުނިޓުން ދޭ އިރުޝާދާއި އެއްގޮތަށް މަސައްކަތްތައް ހަވާލުކުރުމާއި، ޑިފެޓްސް ލައިބިލިޓީ ޕީރިއަޑް ބެލެހެއްޓުން.
  25. ކައުންސިލުން ހިންގާ ޕްރޮޖެކްޓްތަކުގެ ރިޓެންޝަން ފައިސާ އަނބުރާ ދެއްކުމުގެ މަސައްކަތްކުރުމާއި، ލިކުއިޑޭޓެޑް ޑެމޭޖަސްގެ ލިޔެކިޔުންތައް ތައްޔާރުކޮށް ބިލްތަކާއި ޕޭމަންޓަށް ދޭންޖެހޭ އިރުޝާދުތައް (ޕޭމަންޓް އެޑްވައިސް) ދިނުން.
  26. ކައުންސިލުން ހިންގާ ޕްރޮޖެކްޓްތަކުގެ ރިޓެންޝަން ރަޖިސްޓްރީ، ލިކުއިޑޭޓެޑް ޑެމޭޖަސް ރަޖިސްޓްރީ، އެޑްވާންސް ގެރެންޓީ ރަޖިސްޓްރީ، ބިޑް ގެރެންޓީ ރަޖިސްޓްރީ އަދި ޕާފޯމަންސް ގެރެންޓީ ރަޖިސްޓްރީ ބެލެހެއްޓުން.
  27. މިނިސްޓްރީތަކުންނާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ނުވަތަ ރަށު ފެންވަރުގައި ފޯރުކޮށްދިނުމަށް ކަނޑައަޅާ ޚިދުމަތްތައް ކައުންސިލްގެ އިދާރާ މެދުވެރިކޮށް ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، މިނިސްޓްރީތަކަށާއި، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ފޮނުވަންޖެހޭ ރިޕޯރޓްތަކާއި މަޢުލޫމާތުތައް ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  28. ސަރުކާރު އިދާރާތަކާއި، އަމިއްލަ މުއައްސަސާތަކާއި އަދި އަމިއްލަފަރާތްތަކަށް ތަފާތު ބޭނުންތަކުގައި ފޮނުވޭ ޑޮކިއުމެންޓްތަކާއި، ސިޓީތަށް ސްކޭންކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ފައިލްކުރުމާއި އަދި ފައިލިންގ ސިސްޓަމް ބެލެހެއްޓުން.

 

މަޤާމުގެ ޝަރުޠުތައް:

1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް 3 ހާސިލްކޮށްފައިވުން. ނުވަތަ،

2. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. 

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާތައް:

           އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައި ވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

(މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގުތަކުގެ ސަނަދެއް)

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

25

އިންޓަރވިއު

35

 

 

 

 

 

 

 

 

 

 މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 މޭ 2025 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން، މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]    މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނަޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތި ލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އިމްތިޙާން އޮންނާނެ ތަނާއި،މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އިމްތިޙާން އޮންނާނީ 20 މޭ 2025 އާއި 22 މޭ 2025 އާ ދެމެދު، މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލް އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560013،6560667 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

 

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

 
                                   09 ޛުލްޤައިދާ 1446
07 މޭ 2025
ހޯދާ