ދިވެހިރާއްޖެ
ތަޢާރަފު: |
1 |
މިއީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލުގެ ބަޖެޓްގައި ކުލަބު ޖަމުޢިއްޔާތަކަށް މާލީ އެހީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަނޑައެޅިފައިވާ ފައިސާގެ ތެރެއިން މާލީ އެހީތެރިކަމާއި، އަދި އެހެނިހެންގޮތް ގޮތުން އެހީތެރިކަން ފޯރުކޮށް ދިނުމަށް އެކުލަވާލެވިފައިވާ އުސޫލެކެވެ. |
|
މަގުސަދު |
2 |
މި އުޞޫލުގެ މަގުސަދަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނޫގެ 24 ވަނަ މާއްދާގެ (ވ) އަށް ރިޢާޔަތްކޮށް ދަރަވަންދޫގައި އުފެދިފައިވާ ކުލަބް ޖަމިއްޔާތަކަށް މާލީ އެހީއާއި އެހެނިހެން އެހީ ދިނުމާއި ބެހޭ ހަމަތައް ބަޔާންކުރުމެވެ. |
|
ޢަމަލު ކުރަން ފަށާ ތާރީޚް |
3 |
މި އުޞޫލަށް ޢަމަލުކުރަން ފަށާނީ ދަރަވަންދޫ ކައުންސިލުން ފާސްކޮށް ޢާއްމުކޮށް އަދި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާޢިއުކުރާ ދުވަހުން ފެށިގެންނެވެ. |
|
އެހީ ދިނުމަށް ކަނޑައެޅިފައިވާ ދާއިރާތައް |
4 |
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލުން އެހީ ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތައް ބަޔާންކޮށްފައި އެވަނީއެވެ. އަދި މިދާއިރާތަކަށް އެހީދެވޭނީ އަހަރަކު އެއްފަހަރު އެއަހަރަކު ބަޖެޓްގައި އެކަމަށް ކަނޑައަޅާފައިވާ މިންވަރަށް ހުށަހަޅާފައިވާ ތަރުތީބުންނެވެ. |
|
4.1 |
ތަޢުލީމީ ދާއިރާ |
||
4.2 |
ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ދާއިރާ |
||
4.3 |
ކުޅިވަރުގެ ދާއިރާ |
||
4.4 |
އިންސާނީ ވަޞީލަތްތައް އިތުރުކުރުމުގެ ދާއިރާ |
||
4.5 |
އަންހެނުން ބާރުވެރިކުރުމުގެ ދާއިރާ |
||
4.6 |
އިޖުތިމާއީ ދާއިރާ |
||
އެހީ ދިނުމުގައި ބަލާނެ މިންގަނޑުތައް |
5 |
ކައުންސިލުން އެހީ ދިނުމުގައި ބަލާނެ މިންގަނޑުތައް ބަޔާންކޮށްފައި އެވަނީއެވެ. |
|
|
5.1 |
ކުލަބް ޖަމުޢިއްޔާ، ޖަމާއަތެއް ނަމަ މިނިސްޓްރީ އޮފް ޔޫތް އެންޕަވަމެންޓް، އިންފޮމޭޝަން އެންޑް އާރޓްސް ނުވަތަ މިނިސްޓްރީ އޮފް ސްޕޯރޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ގައި ރަޖިސްޓްރީ ކޮށްފައިވާ އެކްޓިވްކޮށް އަހަރަކު އެއް ހަރަކާތެއް ހިންގާފައިވާ ފަރާތަކަށްވުން. (އެކްޓިވް ފަރާތަކަށްވުން ކަމުގައި ބަލާނީ ކުލަބް ޖަމުޢިއްޔާ ޖަމާއަތެއްނަމަ ވޭތުވެދިޔަ އަހަރުގެ އަހަރީ ރިޕޯރޓް ސަރުކާރުގެ ކަމާބެހޭ ފަރާތަށް ހުށަހަޅާފައިވާ ކަމުގެ ލިޔުމާއެކު އެ ކުލަބް ޖަމުޢިއްޔާ ޖަމާޢަތެއްގެ ރަޖިސްޓްރީގެ ކޮޕީއެއް ކައުންސިލަށް ހުށަހެޅުމުންނެވެ.) |
|
5.2 |
ކުލަބް ޖަމުޢިއްޔާ ޖަމާޢަތެއްނަމަ މެދުނުކެނޑި ހިނގާތާ 1 (އެކެއް) އަހަރު ދުވަސް ވެފައިވާ ވުމާއެކު، މި އުޞޫލުގެ 5.1 ގައިވާ ޝަރުތުތައް ހަމަވާ ފަރާތަކަށްވުން. |
||
5.3 |
ލިބޭ އާމްދަނީއަކުން އެދިލައްވާފައިވާ ކަމެއް އަމިއްލައަށް ނުހިންގޭ ފަދަ ފަރާތަކަށްވުން. |
||
5.4 |
ދެވޭ އެހީން ހިންގުމަށް ހުށަހަޅާފައިވާ ޙަރަކާތްތަކަކީ ދަރަވަންދޫ ތަރައްޤީއަށް ނުވަތަ ޖަމާޢަތުގެ ފައިދާއަށް ސީދާ ގުޅުން ހުންނަ ކަމަށްވުން. |
||
5.5 |
ހިންގުމަށް ހުށަހަޅާފައިވާ ޙަރަކާތުގައި ކުލަބް ޖަމުއިއްޔާ ޚިއްސާކުރާ މިންވަރު. |
||
5.6 |
ކުރިން މިފަދަ އެހީއެއް ދީފައިވާނަމަ އެ އެހީއެއް ބޭނުންކޮށްފައިވާގޮތުގެ ތަފްޞީލީ ރިޕޯރޓް. |
||
5.7 |
ކުރިން އެހީއެއް ލިބިފައިނުވާ ފަރާތްތަކަށް އިސްކަންދިނުން. |
||
ދާއިރާތަކަށް އެހީ ދެވޭނެގޮތް
|
6 |
ކައުންސިލުން އެހީދޭން ކަނޑައަޅާފައިވާ ދާއިރާތަކާއި އެހީދެވޭނެގޮތްތައް ބަޔާންކޮށްފައި އެވަނީއެވެ. |
|
6.1 |
"ތަޢުލީމީ ދާއިރާއިން ދެވޭ އެހީ" މި ދާއިރާއިން އެހީދެވޭނީ ދަރަވަންދޫގެ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ހިންގޭ ޙަރަކާތްތަކަށެވެ. މިގޮތުން އެހީއަށް އެދުމަށް ކުލަބް ޖަމުޢިއްޔާ ޖަމާއަތް ތަކުން އެހީއަށް ބޭނުންވާ ޙަރަކާތުގެ ޕްރޮޕޯސަލް ކައުންސިލަށް ހުށަހަޅަންވާނެއެވެ. މިދާއިރާއިން ގިނަވެގެން އެހީދެވޭނީ އަހަރަކު 4 (ހަތަރެއް) ޙަރަކާތަށެވެ. އެހީ ދެވޭ 4 (ހަތަރެއް) ޕްރޮޕޯސަލް ވާންވާނީ 4 (ހަތަރެއް) ފަރާތެއްގެ 4 (ހަތަރެއް) ޙަރަކާތަށެވެ. މި ދާއިރާއިން ކޮންމެ ޙަރަކާތަކަށް ދޫކުރެވާނީ ގިނަވެގެން 5000.00 (ފަސްހާސް) ރުފިޔާއެވެ. |
||
6.2 |
"ދީނީ ހޭލުން ތެރިކަން އިތުރު ކުރުމުގެ ދާއިރާ" މދީނީ ޙަރަކާތްތަކުގެ ގޮތުގައި ބެލެވޭނީ ޤުރުއާން މުބާރާތް، މަދަހަ މުބާރާތް، ދީނީ ދަރުސް ފަދަ ކަންކަމެވެ. މިޕޮއިންޓްގައި ހިމަނާލާފައިވާ މުބާރާތްތަކުގެ ތެރެއިން ކޮންމެ މުބާރާތަކަށްވެސް އެހީދެވޭނީ އަހަރަކު އެއްފަހަރުއެވެ. ކޮންމެ މުބާރާތަކަށް ދޫކުރެވާނީ ގިނަވެގެން 10000.00 (ދިހަހާސް) ރުފިޔާއެވެ. އަދި " ދީނީ ދަރުސް" ދިނުމަށް ކޮންމެ ކްއާޓަރއަކަށް ދެވޭނީ 2500.00 (ދެހާސް ފަސްސަތޭކަ) ރުފިޔާއެވެ. |
||
6.3 |
"ކުޅިވަރުގެ ދާއިރާ" މި ދާއިރާއިން އެހީދެވޭނީ ކުލަބް ޖަމުޢިއްޔާ ޖަމާއަތްތަކުން ހިންގާ ނުވަތަ ބައިވެރިވާ ކުޅިވަރު ޙަރަކާތްތަކުގެ ތެރެއިން އަހަރަކު 4 (ހަތަރެއް) ޙަރަކާތަށެވެ. މިގޮތުން އެހީއަށް އެދުމަށް ކުލަބް ޖަމުޢިއްޔާ ޖަމާޢަތް ތަކުން އެހީއަށް ބޭނުންވާ ޙަރަކާތުގެ ޕްރޮޕޯސަލް ކައުންސިލަށް ހުށަހަޅަންވާނެއެވެ. އެހީ ދެވޭ 4 (ހަތަރެއް) ޕްރޮޕޯސަލް ވާންވާނީ 4 (ހަތަރެއް) ފަރާތެއްގެ 4 (ހަތަރެއް) ޙަރަކާތަށެވެ. މީގެ ތެރޭގައި ދަރަވަންދޫ ކައުންސިލުން ރާވާ ހިންގާ މުބާރާތްތައް ނުހިމެނޭނެއެވެ. މި ދާއިރާއިން ކޮންމެ ޙަރަކާތަކަށް ދޫކުރެވާނީ ގިނަވެގެން 10000.00 (ދިހަހާސް) ރުފިޔާއެވެ. |
||
6.4 |
"އިންސާނީ ވަޞީލަތްތައް ތަރައްޤީ ކުރުމުގެ ދާއިރާ" މި ދާއިރާއިން ހިންގޭ ޙަރަކާތްތަކަށް އެހީދެވޭނީ ވޮކޭޝަނަލް އަދި ސްކިލްޑް ޑިވެލޮޕްމަންޓްގެ ޙަރަކާތްތަކަށެވެ. އެހީ ދިނުމުގައި އިސްކަންދެވޭނީ މުޖުތަމަޢަށް އެންމެ ބޭނުންވެފައިވާ ނުވަތަ އެޙަރަކާތަކުން ރަށަށް ނުވަތަ މުޖުތަމަޢަށް އެންމެ ރަގަނޅު ފައިދާއެއް ލިބޭ ޙަރަކާތަކަށެވެ. ކުލަބް ޖަމުޢިއްޔާ ނުވަތަ ޖަމާއަތްތަކުން އެހީ ބޭނުންވާ ޙަރަކާތުގެ ޕްރޮޕޯސަލް ކައުންސިލަށް ހުށަހަޅަންވާނެއެވެ. އެހީ ދެވޭ 3 (ތިނެއް) ޕްރޮޕޯސަލް ވާންވާނީ 3 (ތިނެއް) ފަރާތެއްގެ 3 (ތިނެއް) ޙަރަކާތަށެވެ. މި ދާއިރާއިން ކޮންމެ ޙަރަކާތަކަށް ދޫކުރެވާނީ ގިނަވެގެން 5000.00 (ފަސްހާސް) ރުފިޔާއެވެ. |
||
6.5 |
"އަންހެނުން ބާރުވެރި ކުރުމުގެ ދާއިރާ" މި ދާއިރާއިން އެހީދެވޭނީ ކުލަބް ޖަމުޢިއްޔާ ޖަމާއަތްތަކުން އަންހެނުން ބާރުވެރިކުރުވުމަށް ނުވަތަ އަންހެނުންގެ ތަރައްޤީއާ ގުޅުންހުރި ޕްރޮގްރާމްތައް ހިންގުމަށެވެ. މިގޮތުން އެހީ ދެވޭނީ އެހީ ބޭނުންވާ ދާއިރާއަކުން 3 (ތިނެއް) ޕްރޮޕޯސަލް ކައުންސިލަށް ހުށަހެޅުމުން ކައުންސިލުން ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ ރަގަނޅު 3 (ތިނެއް) ޕްރޮޕޯސަލް އަށެވެ. މި ދާއިރާއިން ކޮންމެ ޙަރަކާތަކަށް ދޫކުރެވާނީ ގިނަވެގެން 5000.00 (ފަސްހާސް) ރުފިޔާއެވެ. |
||
6.6 |
"އިޖްތިމާޢީ ދާއިރާ" މި ދާއިރާއިން އެހީ ދެވޭނީ މުޖުތަމައުގެ ފައިދާއާއި ލާބައަށް ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން މަތީގައި ނުހިމެނޭ ކަންކަމަށެވެ. މިގޮތުން އެހީއަށް އެދުމަށް ކުލަބް ޖަމުޢިއްޔާ ޖަމާއަތް ތަކުން އެހީއަށް ބޭނުންވާ ޙަރަކާތުގެ ޕްރޮޕޯސަލް ކައުންސިލަށް ހުށަހަޅަންވާނެއެވެ. މިދާއިރާއިން ގިނަވެގެން އެހީދެވޭނީ އަހަރަކު 4 (ހަތަރެއް) ޙަރަކާތަށެވެ. އެހީ ދެވޭ 4 (ހަތަރެއް) ޕްރޮޕޯސަލް ވާންވާނީ 4 (ހަތަރެއް) ފަރާތެއްގެ 4 (ހަތަރެއް) ޙަރަކާތަށެވެ. މި ދާއިރާއިން ކޮންމެ ޙަރަކާތަކަށް ދޫކުރެވާނީ ގިނަވެގެން 5000.00 (ފަސްހާސް) ރުފިޔާއެވެ. |
||
6.7 |
އެހީގެ ފައިސާގެ ޖަމާކުރެވޭނީ ކްލަބް/ ޖަމުޢިއްޔާގެ އެކައުންޓަށެވެ. |
||
އެހީއަށް އެދި ހުށަހެޅުން |
7 |
އެހީ ބޭނުންވާ ފަރާތްތަކުން ހިންގުމަށް ހަމަޖައްސާފައިވާ ޙަރަކާތް އެނގޭނޭގޮތަށް ތައްޔާރު ކުރެވިފައިވާ ޕްރޮޕޯސަލް އާއި މި އުޞޫލުގެ ޖަދުވަލު 1 ގައިވާ "އެހީއަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލް އިދާރާއަށް ހުށަހަޅަން ވާނެއެވެ. |
|
7.1
|
އެހީއަށްއެދި ހުށަހަޅާ ޕްރޮޕޯސަލް އާއި އެހީއަށް އެދޭ ފޯމްގައި އެހީއަށްއެދި ހުށަހަޅާ ފަރާތެއްގެ ތައްގަނޑު (ސްޓޭމްޕް) ޖެހިފައި އޮންނަންވާނެއެވެ. |
||
7.2 |
ކައުންސިލުން ގޮތެއް ނިންމުމުގައި، އިތުރު މައުލޫމާތު ބޭނުންވާ ފަދަ ހަރަކާތްތަކާއި މަޝްރޫޢުތަކަށް އެހީއަށް އެދި ހުށަހަޅާއިރު، މިފަދަ މަޝްރޫޢުތަކާއި / ޙަރަކާތްތަކާއި ގުޅުންހުރި އިތުރު މަޢުލޫމާތު ހިމެނޭ ލިޔުންތައްވެސް ހުށަހަޅަންވާނެއެވެ. |
||
7.3 |
އެހީއަށް އެދި ހުށަހަޅާ ފޯމްގެ ހުރިހާ މަޢުލޫމާތު ފުރިހަމަ ނުވާނަމަ، ފޯމްތައް ބާތިލްކޮށް އެކަން އެފަރާތަކަށް އެންގޭނެއެވެ. |
||
|
7.4 |
ފާއިތުވެދިޔަ އަހަރުގެ އަހަރީ ރިޕޯޓް ހުށައަޅަންވާނެއެވެ. |
|
އެހީ ދިނުން |
8 |
އެހީ ދެވޭނީ އެ އަހަރަކަށް ފާސްކޮށްފައިވާ ބަޖެޓުން އެހީ ދިނުމަށް ކަނޑައެޅިފައިވާ މިންވަރަކަށެވެ. |
|
8.1 |
މި އުޞޫލުގެ ދަށުން ހުށަހެޅޭ ޕްރޮޕޯސަލް ތައް ދިރާސާކުރުމަށްފަހު އެ ހުށަހެޅުންތަކަށް އެހީދޭ ފަރާތްތައް ކަނޑައަޅާނީ ކައުންސިލުންނެވެ. |
||
8.2 |
ކައުންސިލުން އެހީދޭން ކަނޑައެޅުނު ފަރާތްތަކުގެ މައުލޫމާތު އެހީދޭން ކަނޑައެޅޭތާ ރަސްމީ 5 ދުވަހުގެ ތެރޭގައި އެފަރާތްތަކަށް ލިޔުމަކުން އަންގަން ވާނެއެވެ. |
||
8.3 |
އަތޮޅު ފެންވަރުގައި ނުވަތަ ޤައުމީ ފެންވަރުގައި ބާއްވާ އެކިއެކި އިވެންޓުތަކާއި، މުބާރާތްތަކަށް ކައުންސިލް މެދުވެރިވެ ރަށް ތަމްސީލްކުރުމަށް ބައިވެރިވާ ފަރާތަކަށް ނުވަތަ ޓީމްތަކަށް އެހީ ދިނުމަށް ޤާނޫނާއި ޤަވާޢިދުގެ ތެރެއިން އެ އަހަރެއްގެ ބަޖެޓްގައި ކައުންސިލުން ނިންމާ ޢަދަދަކަށް ފައިސާ ހިމެނިދާނެއެވެ. މިގޮތުން ހިމަނާ ފައިސާ ޚަރަދުކުރެވޭނީ ހަމައެކަނި ކައުންސިލުން އެކަމަކަށެވެ. |
||
އެހީ ބޭނުން ކުރުން |
9 |
އެހީގެ ގޮތުގައި ދެވުނު ތަކެތި ނުވަތަ ފައިސާ ބޭނުން ކުރަންވާނީ އެހީ ދިން ކަމެއް ކުރުމަށެވެ. |
|
9.1 |
އެހީގެ ގޮތުގައި ލިބުނު ތަންތަނާއި ތަކެތި ނުވަތަ ފައިސާ ބޭނުން ކުރުމަށްފަހު އެހީ ބޭނުންކުރި ގޮތުގެ ތަފްޞީލް ރިޕޯރޓް ގިނަވެގެން 2 މަސްދުވަހުގެ ތެރޭގައި މި ކައުންސިލަށް ހުށަހަޅަންވާނެއެވެ. |
||
އިތުރު ބަޔާން |
10 |
މި އުޞޫލުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ އެކަމާއި ގުޅޭ ގޮތުން ގޮތެއް ނިންމާނީ މި ކައުންސިލުންނެވެ. |
|
10.1 |
މި އުޞޫލަށް ބަދަލުގެނައުމާއި، މާއްދާތައް އުނި އިތުރުކުރުމަށް ކައުންސިލްގެ ޖަލްސާއަކުން ފާސްކޮށް ނިންމުމުގެ އިޚްތިޔާރު މި ކައުންސިލަށް ލިބިގެންވެއެވެ. އަދި މިގޮތަށް ގެނެވޭ ބަދަލުތަކާއި ނިންމުންތައް ޢާއްމުކުރެވޭނެއެވެ. |