ދިވެހިރާއްޖެ
އިޢުލާން
2025 ވަނަ އަހަރުގެމަތީ ޘާނަވީ (އެޗް.އެސް.ސީ) އިމްތިހާނުގެ ދިވެހިބަހާއި އިސްލާމީ ތަރުބިއްޔަތުގެ ސުވާލު ކަރުދާސް ތައްޔާރު ކުރުމުގެ މަސައްކަތަށް ޕޭޕަރ ސެޓަރ އެއް ހޯދުން
2025 ވަނަ އަހަރުގެ މަތީ ޘާނަވީ އިމްތިހާނުގެ އިސްލާމް އަދި ދިވެހިބަހުގެ ސުވާލު ކަރުދާސް ތައްޔާރު ކުރުމުގެ މަސައްކަތް ކުރުމަށް ކޮންޓްރެކްޓް އުސޫލުން ޕޭޕަރ ސެޓަރ މަޤާމަށް މީހަކު ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް އާންމުކޮށް އިޢުލާންކުރީމެވެ. |
||
މަޤާމް: ޕޭޕަރ ސެޓަރ (ކޮންޓްރެކްޓް) |
ބޭނުންވާ އަދަދު: 01 (އިސްލާމީ ތަރުބިއްޔަތު) 01 (ދިވެހިބަސް) |
|
މަސައްކަތް ކުރިއަށް ދާނެ ތާރީޚްތަކާއި ގަޑިތައް: |
2025 މެއި 25 އިން 2025 ޖުލައި 10 އަށް (ހެނދުނު 08:00 އިން މެންދުރު 14:00 އަށް) |
|
އުޖޫރަ: |
12,000.00 ރުފިޔާ ( ބާރަހާސް ރުފިޔާ) |
|
ޝަރުޠު: |
1) ދިވެހި / އިސްލާމް، މާއްދާއާ ގުޅޭ ދާއިރާއަކުން ދަށްވެގެން ފުރަތަމަ ޑިގްރީ ލިބިފައިވުމާއެކު ޤައުމީ އިމްތިޙާނަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ އިމްތިޙާންތަކުގެ ސުވާލުކަރުދާސް ތައްޔާރުކުރުމުގެ ޢަމަލީ މަސައްކަތުގެ 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މިޑިޕާޓްމަންޓުން ބާއްވާ ޤައުމީ އިމްތިޙާނުގެ މާކިންގ މަސައްކަތް މަދުވެގެން 3 އަހަރު ދުވަހު ކޮށްފައިވުން ނުވަތަ މި ޑިޕާޓްމެންޓުން ބާއްވާ ޤައުމީ އިމްތިޙާނުގެ ޕޭޕަރު ސެޓްކުރުމުގެ މަސައްކަތް ކުރިން ކޮށްފައިވުން. 2) ސުވާލުކަރުދާސް ތައްޔާރުކުރާ އަހަރު، އިމްތިޙާނަށް ކުދިން ތައްޔާރުކުރާ ނުވަތަ ކީސްޓޭޖު 5 ގެ ސިލަބަހަށް ކިޔަވައިދޭ މީހަކަށް ނުވުން. 3) ތިމާ ނުވަތަ ތިމާގެ އަނތްބެއް، ފިރިއެއް، ދަރިއެއް، އިމްތިޙާނުގައި ބައިވެރި ނުވުން. 4) ވޭތުވެދިޔަ އަހަރުތަކުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނުވަތަ މި ޑިޕާޓްމަންޓުން ނުވަތަ ކަމާގުޅުން ހުރި އިދާރާއަކުން ސުލޫކީ މައްސަލައެއްގައި ފިޔަވަޅު އަޅާފައިވާ ފަރާތެއް ކަމުގައި ނުވުން. |
|
މަސްޢޫލިއްޔަތު: |
|
|
މީހުން ހޮވުމުގައި ކަނޑައަޅާ ކްރައިޓީރިއާ: |
|
|
އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް: |
1- ޕޭޕަރ ސެޓިންގ ގެ މަސައްކަތަށް ނަގާނީ، ލިބިފައިވާ ތަޢުލީމާއި ތަމްރީނުގެ ސެޓްފިކެޓްތަކަށާއި މަސައްކަތުގެ އަމަލީ ތަޖްރިބާއަށް ބަލައިގެން، ޕޮއިންޓްދޭ އުޞޫލުން، އެންމެމަތިން މާކުސް ލިބޭފަރާތެކެވެ. 2- ދެފަރާތެއްގެ މާކުސް ހަމަހަމަ ވެއްޖެނަމަ، އޭގެތެރެއިން ވަކިމީހަކު ކަނޑައަޅާނީ އިންޓަވިއު ކޮށްގެންނެވެ. |
|
ހުށަހަޅަންޖެހޭ ތަކެތި: |
HSC Paper Setter Application Form -2025
|
|
ސުންގަޑި: |
2025 މެއި 15 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން
|
|
އެދެންވީ ގޮތް: |
|