މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ކައުންސިލް އޮފިސަރ (ދާއިމީ)

މަޤާމު:

އެސިސްޓެންޓް ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-407537

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޖީ.އެސް.3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ، ނ. ކެނދިކުޅުދޫ / ދިވެހިރާއްޖެ

މުސާރަ:

4465.00 ރުފިޔާ

ސަރވިސް އެލަވަންސް:

 1500.00ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިންގ ކޯ އެލަވަންސްގެ 2 ގޮތުގައި މަހަކު 700 ރުފިޔާ
  2. ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 (ތިރީސްފަސް އިންސައްތަ)
  3. ސިވިލް ސާރވިސް މުއައްޒަފުނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  4. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. (މުސާރައިގެ %7)
  5. ސިވިލް ސަރވިސްގެ އެ ރޭންކަކަށް މިނިމަމް ވޭޖްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ ޢަދަދަށްވުރެ މަދުން ލިބޭ ނަމަ، އެ އަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސަވައި ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލުގެ ނުވަތަ ސުޕަރވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  3. ކައުންސިލް ޢާންމު ޖަލްސާތަކުގެ އެޖެންޑާ ލިސްޓް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  4. ކައުންސިލް ހިންގުމަށް އެއިރަކު ހަވާލުވެ ހުންނަ އެންމެ އިސްވެރިޔާގެ އިރުޝާދުގެ ދަށުން ކައުންސިލް ޢާންމު ޖަލްސާތަކުގެ އެޖެންޑާ ތައްޔާރުކޮށް މެންބަރުންނަށް ހަވާލުކުރުން.
  5. ކައުންސިލްގެ ޢާންމު އިޖުރާޢީ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކައުންސިލް ހިންގުމަށް އެއިރަކު ހަވާލުވެ ހުންނަ އެންމެ އިސްވެރިޔާގެ އިރުޝާދުގެ ދަށުން އިސްވެރިޔާ ކަނޑައަޅާ މިންވަރަކަށް ޢާންމު ޖަލްސާތައް ބޭއްވުމުގެ އިންތިޒާމް ހަމަޖެއްސުން.
  6. ކައުންސިލް ބައްދަލުވުންތަކުގައި ބައިވަރިވެ ޔަޢުމިއްޔާއަށް ބޭނުންވާ ނޯޓު ނެގުން.
  7. ކައުންސިލް ޢާންމު ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔާ މެންބަރުންނާ ޙިއްސާކޮށް ސޮއިކުރުވުމާއި ޔައުމިއްޔާތައް ޢާންމުކުރުމާއި ފައިލްކުރުމުގެ މަސައްކަތް ކުރުން.
  8. ކައުންސިލް ޢާންމު ޖަލްސާތަކުގެ ޔައުމިއްޔާ ކަމާބެހޭ އިދާރާތަކަށް ފޮނުވުން.
  9. ކައުންސިލް ޢާންމު ޖަލްސާތަކުގެ ޔައުމިއްޔާތަކަށް ރިޢާޔަތްކޮށް ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށް ސެކްރެޓަރީ ޖެނެރަލަށް ހުށައެޅުން.
  10. ކައުންސިލުން ބާއްވާ ކުއްލި ޖަލްސާތަކުގެ މަސައްކަތްތައް ކުރުމާއި، ޔައުމިއްޔާތައް ލިޔުމާއި، ޢާންމުކުރުމާއި ތަންފީޒުކުރަންޖެހޭ ކަންކަން ތަންފީޒުކުރުމަށް ވަޤުތުން ސެކްރެޓަރީ ޖެނެރަލަށް ހުށައެޅުން.
  11. ކައުންސިލުން އެކިފަރާތްތަކާއި ރައްޔިތުންނާއެކު ބާއްވާ މަޝްވަރާ ބައްދަލުވުންތަކުގެ ނޯޓް ނަގާ ޔައުމިއްޔާ ލިޔުމާއި ޔައުމިއްޔާތަކުގައި ސޮއިކުރުވާ ޢާންމުކުރަންޖެހޭނަމަ ޢާންމުކުރުމާއި ފައިލްކުރުން.
  12. ކައުންސިލުން ބާއްވާ ކޮމިޓީ ބައްދަލުވުންތަކުގެ ނޯޓް ނަގާ ޔައުމިއްޔާ ލިޔުމާއި ޔައުމިއްޔާތަކުގައި ސޮއިކުރުވާ ޢާންމުކުރަންޖެހޭނަމަ ޢާންމުކުރުމާއި ފައިލްކުރުން.
  13. އ.ތ.މ ކޮމިޓީގެ ޢާންމު ޖަލްސާތަކުގެ އެޖެންޑާ ލިސްޓް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  14. އ.ތ.މ ކޮމިޓީ ހިންގުމަށް އެއިރަކު ހަވާލުވެ ހުންނަ އެންމެ އިސްވެރިޔާގެ އިރުޝާދުގެ ދަށުން އ.ތ.މ ކޮމިޓީ ޢާންމު ޖަލްސާތަކުގެ އެޖެންޑާ ތައްޔާރުކޮށް މެންބަރުންނަށް ހަވާލުކުރުން.
  15. އ.ތ.މ ކޮމިޓީގެ ޢާންމު އިޖުރާޢީ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އ.ތ.މ ކޮމިޓީ ހިންގުމަށް އެއިރަކު ހަވާލުވެ ހުންނަ އެންމެ އިސްވެރިޔާގެ އިރުޝާދުގެ ދަށުން އިސްވެރިޔާ ކަނޑައަޅާ މިންވަރަކަށް ޢާންމު ޖަލްސާތައް ބޭއްވުމުގެ އިންތިޒާމް ހަމަޖެއްސުން.
  16. އ.ތ.މ ކޮމިޓީ ބައްދަލުވުންތަކުގައި ބައިވަރިވެ ޔަޢުމިއްޔާއަށް ބޭނުންވާ ނޯޓު ނެގުން.
  17. އ.ތ.މ ކޮމިޓީ ޢާންމު ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔާ މެންބަރުންނާ ޙިއްސާކޮށް ސޮއިކުރުވުމާއި ޔައުމިއްޔާތައް ޢާންމުކުރުމާއި ފައިލްކުރުމުގެ މަސައްކަތް ކުރުން.
  18. އ.ތ.މ ކޮމިޓީ ޢާންމު ޖަލްސާތަކުގެ ޔައުމިއްޔާ ކަމާބެހޭ އިދާރާތަކަށް ފޮނުވުން.
  19. އ.ތ.މ ކޮމިޓީ ޢާންމު ޖަލްސާތަކުގެ ޔައުމިއްޔާތަކަށް ރިޢާޔަތްކޮށް ނިންމާ ނިންމުންތައް ތަންފީޒުކުރުމަށް ސެކްރެޓަރީ ޖެނެރަލަށް ހުށައެޅުން.
  20. އ.ތ.މ ކޮމިޓީއިން ބާއްވާ ކުއްލި ޖަލްސާތަކުގެ މަސައްކަތްތައް ކުރުމާއި، ޔައުމިއްޔާތައް ލިޔުމާއި، ޢާންމުކުރުމާއި ތަންފީޒުކުރަންޖެހޭ ކަންކަން ތަންފީޒުކުރުމަށް ވަގުތުން ސެކްރެޓަރީ ޖެނެރަލަށް ހުށައެޅުން.
  21. އ.ތ.މ ކޮމިޓީއިން އެކިފަރާތްތަކާއި ރައްޔިތުންނާއެކު ބާއްވާ މަޝްވަރާ ބައްދަލުވުންތަކުގެ ނޯޓް ނަގާ ޔައުމިއްޔާ ލިޔުމާއި ޔައުމިއްޔާތަކުގައި ސޮއިކުރުވާ ޢާންމުކުރަންޖެހޭނަމަ ޢާންމުކުރުމާއި ފައިލްކުރުން.
  22. ކައުންސިލާއި އ.ތ.މ ކޮމިޓީގެ އަހަރީ އޮޕަރޭޝަނަލް ޕްލޭން އަދި އެކްޓިވިޓީ ޕްރޮގްރާމަށް ރިޢާޔަތްކޮށް ޤަވާއިދުން ކުރަންޖެހޭ މަސައްކަތްތަކާ ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް އިރުޝާދު ދިނުމާއި ދުވަހުން ދުވަހަށް ތާވަލު އަޕްޑޭޓްކޮށް ބެލެހެއްޓުން.
  23. ކެނދިކުޅުދޫ ތަރައްޤީގެ ޕްލޭނަށް އަމަލީ ސިފަ އަންނަމުންދާ ގޮތުގެ ރިޕޯޓްތައް ތައްޔާރުކޮށް ކަމާބެހޭ އިދާރާތަކަށް ހުށައަޅާ ޢާންމުކުރުން.
  24. މިނިސްޓްރީތަކާއި ދަޢުލަތުގެ އިދާރާތަކާއި އެނޫންވެސް ކައުންސިލާއި އ.ތ.މ ކޮމިޓީގެ ފަރާތުން ބައްދަލުކުރާ ރަސްމީ ފަރާތްތަކަށް ބައްދަލުވުމުގެ އެޕޮއިންޓްމެންޓް ރިކުއެސްޓްތައް ފޮނުވާ ބައްދަލުވުންތައް ހަމަޖެއްސުމާއި، ބައްދަލުވުންތަކުގެ އިދާރީ އިންތިޒާމްތައް ހަމަޖެއްސުމާއި ޔައުމިއްޔާތައް ލިޔުން.
  25. ކައުންސިލާއި އ.ތ.މ ކޮމިޓީގެ ފަރާތުން ކުރާ ރަސްމީ ދަތުރުތަކުގެ ދަތުރުފަތުރާއި، ކެއިން ބުއިމާއި އެކަމަޑޭޝަންގެ އިންތިޒާމްތައް ހަމަޖެއްސުން.
  26. ކައުންސިލާއި އ.ތ.މ ކޮމިޓީގެ ފަރާތުން ފާސްކުރަން ބޭނުންވާ ޤަރާރުތައް ޑްރާފްޓްކޮށް ބައްދަލުވުންތަކަށް ހުށައެޅުމާއި، ޤަރާރު ފާސްވުމުން ޢާންމުކުރުމާއި ކަމާބެހޭ އިދާރާތަކާއި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  27. ކައުންސިލާއި އ.ތ.މ ކޮމިޓީގެ މެންބަރުންނަށް އިދާރީގޮތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި މެންބަރުންނަށް ބޭނުންވާ ސްޓޭޝަނަރީޒް ފަދަ ތަކެތި ހަމަކޮށްދީ ބެލެހެއްޓުން.
  28. ކައުންސިލާއި އ.ތ.މ ކޮމިޓީ މެންބަރުންގެ ހާޒިރީ ރިޕޯޓް ތައްޔާރުކޮށް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި ކަމާބެހޭ ފަރާތްތަކަށް ފޮނުވުމާއި ޢާންމުކުރުން.
  29. ކައުންސިލާއި އިދާރީ ސެކްޝަންތަކުގެ އިސްވެރިން ބާއްވަން ބޭނުންވާ މުވައްޒަފުންގެ ބައްދަލުވުންތައް ބޭއްވުމުގެ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުން.
  30. ކައުންސިލާއި އ.ތ.މ ކޮމިޓީގެ ފަރާތުން ރައްޔިތުންނާއި ނޫސްވުރިންގެ ބައްދަލުވުންތަކުގެ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުމަށް ކަމާބެހޭ ޔުނިޓުތަކުގެ އިސްވެރިންނަށް އިރުޝާދުދިނުމާއި އެފަރާތްތަކާއި ގުޅިގެން ބައްދަލުވުންތައް ކުރިއަށްދާގޮތް ވިލަރެސްކުރުން.
  31. މިނިސްޓްރީތަކުންނާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ނުވަތަ ރަށު ފެންވަރުގައި ފޯރުކޮށްދިނުމަށް ކަނޑައަޅާ ޚިދުމަތްތައް ކައުންސިލްގެ އިދާރާ މެދުވެރިކޮށް ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، މިނިސްޓްރީތަކަށާއި، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ފޮނުވަންޖެހޭ ރިޕޯރޓްތަކާއި މަޢުލޫމާތުތައް ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  32. ސަރުކާރު އިދާރާތަކާއި، އަމިއްލަ މުއައްސަސާތަކާއި އަދި އަމިއްލަފަރާތްތަކަށް ތަފާތު ބޭނުންތަކުގައި ފޮނުވޭ ޑޮކިއުމެންޓްތަކާއި، ސިޓީތަށް ސްކޭންކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ފައިލްކުރުމާއި އަދި ފައިލިންގ ސިސްޓަމް ބެލެހެއްޓުން.

މަޤާމުގެ ޝަރުޠުތައް:

1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް 3 ހާސިލްކޮށްފައިވުން. ނުވަތަ،

2. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. 

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާތައް:

           އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައި ވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އަސާސީ ޝަރުުުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

(މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގުތަކުގެ ސަނަދެއް)

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

25

އިންޓަރވިއު

35

 

 

 

 

 

 

 

 

 

 

 މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 މޭ 2025 ވާ ބަދަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން، މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]    މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނަޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތި ލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އިމްތިޙާން އޮންނާނެ ތަނާއި،މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އިމްތިޙާން އޮންނާނީ 20 މޭ 2025 އާއި 22 މޭ 2025 އާ ދެމެދު، މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލް އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560013،6560667 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

 

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

 

09 ޛުލްޤައިދާ 1446

07 މޭ 2025
ހޯދާ