މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު: ކޮންސަލްޓެންޓް (ސަބްޖެކްޓް އެކްސްޕަޓައިޒް)

މޯލްޑިވްސް ޕޮލިޓެކްނިކްގައި ކިޔަވައިދެމުންދާ މޮޑިއުލްތަކުގެ ކަރިކިއުލަމްތައް އަދާހަމަކުރުމަށް ބޭނުންވާތީވެ، ކަރިކިއުލަމް ކޮންސަލްޓަންޓް ގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ.

ވަޒީފާގެ ފުރުސަތު

ކަރިކިއުލަމް ކޮންސަލްޓެންޓް (ސަބްޖެކްޓް އެކްސްޕަޓައިޒް)

ބޭނުންވާ އަދަދު

05

މުސާރަ

25000ރުފިޔާ

 

 

 

 

 

މި މަޤާމު/ މަސައްކަތާގުޅޭ މައުލޫމާތު ހިމެނޭ ގޮތައް ތައްޔާރުކޮށްފައިވާ 05 ޓަރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ.

 

އެޕްލިކޭޝަން ހުށައެޅުން:

މި ވަޒީފާއަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން   18މޭ 2025 (އާދިއްތަ)ދުވަހު ގެ މެންދުރު 13:00ގެ ކުރިން ''އެކްސްޕްރެޝަން އޮފް އިންޓްރަސްޓް'' އާއެކު ކަމާގުޅުންހުރި ވެލިޑޭޓްކޮށްފައިވާ ލިޔެކިޔުންތައް އަދި ވަނަވަރު، މި މިއިދާރާގެ އީމެއިލް އެޑްރެސް[email protected] އަށް ފޮނުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

އެޕްލިކޭޝަންއާއި އެކު ހުށައަޅުއްވަން ޖެހޭ ލިޔެކިޔުން:

  • އެކްސްޕްރެސް އޮފް އިންޓެރެސްޓް (ކުރިމަތިލާން ބޭނުންވާ ދާއިރާ ވަކިން ބަޔާންކުރުމާއެކު)
  • ސީ.ވީ
  • އެޓެސްޓު ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓް. (ރާއްޖެއިން ބޭރުގެ ސެޓްފިކެޓެއްނަމަ އެކްރިޑިއޭޓްކުރެވިފައިވުން)
  • މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނޭ ރެފަރެންސް ލެޓަރތަކުގެ ކޮޕީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ  ޕާސްޕޯޓް ކޮޕީ

 

ޓަރމްސް އޮފް ރެފަރަންސް:

މި މަޤާމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ 05 ދާއިރާގެ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދި މަސައްކަތް ކުރަންޖެހޭ މުއްދަތު  މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ 05 ޓަރމްސް އޮފް ރެފަރަންސްގައި ބަޔާން ކުރެވިފައިވާނެއެވެ.

 

ކޮންސަލްޓަންޓަކު ހޮވުން:

ކޮންސްލްޓަންޓެއް ކަނޑައަޅާނީ 05 ދާއިރާ ވަކިން ޝޯޓްލިސްޓްވާ ފަރާތްތަކާއި އިންޓަރވިއު ކުރުމަށްފަހުއެވެ.

07 މޭ 2025
ހޯދާ