ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލްގެ އައު އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލްގެ އައު އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

           ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލްގެ އައު އިމާރާތް ކުރުމުގެ މަސައްކަތް ކުރުމަށް ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި މި މަސައްކަތް ކޮންދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެ އެވެ.

މި ބިޑްގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއެކު ގެޒެޓްކުރެވިފައިވާ ބިޑު ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު 14 މެއި 2025 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ދެވިފައިވާ މުއްދަތުގެ ތެރޭގައި ބިޑު ރަޖިސްޓްރޭޝަން ފޯމް ހުށަހަޅުއްވާފައި ނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ ދަންނަވަމެވެ. އަދި ބިޑް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް މި މަސައްކަތާގުޅޭ އެންމެހާ މަޢުލޫމާތާއި، ބިޑިންގ ޑޮކިއުމަންޓްސްތައް އީމެއިލް ކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ. ބީލަން ފޮތެއްގެ އަގަކީ 500.00 ރުފިޔާ އެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވެލައްވާނަމަ 13 މެއި 2025 ވާ އަންގާރަ ދުވަހުގެ ކުރިން ސާފުކުރައްވަން ބޭނުންފުޅުވާ މަޢުލޫމަތު އީމެއިލް ކުރެއްވުން އެދެމެވެ. ބިޑް ހުށަހެޅުން އޮންނާނީ 20 މެއި 2025 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގައި  އޮޅުވެލިފުށީ ކައުންސިލްގެ އިދާރާގައެވެ.

މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ތަންތަނާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މި ބިޑަށް ކުރިމަތިލާ ފަރާތްތަކުން 10،000ރ (ދިހަހާސް ރުފިޔާ) ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަންވާނެއެވެ. އަދި ބިޑް ކާމިޔާބުކުރާ ފަރާތުން މާލިއްޔަތު ގަވާއިދާ އެއްގޮތަށް ބިޑް ހުށަހަޅާ އަގުގެ %2.5 ގެ ޕާރފޯމެންސް ގެރެންޓާރ އެއް ހުށަހަޅަން ވާނެއެވެ.  އިތުރު މަޢުލޫމާތު ހޯއްދެވުމަށް: ފޯނު ނަންބަރު: 6620075

އީ-މެއިލް: [email protected]

        ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

        08 ޛުލްޤަޢިދާ 1446 

        06  މެއި   2025

06 މޭ 2025
ހޯދާ