ދިވެހިރާއްޖެ
ރަތަފަންދޫ ސިނާޢީ ސަރަހައްދުގެ 1 ނަންބަރު ބިން މިހާރު އެބިމުގައި ހުރި ޢިމާރާތްތަކާއެކު 10 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީ ބޭނުންވެފައެވެ.
ވީމާ، މިބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. ތަން ބައްލަވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަތަފަންދޫ ކައުންސިލްގެ އިދާރާގެ ނަންބަރު: 6840016 ފޯނާ ރަސްމީގަޑީގައި ގުޅުއްވުމުން އެކަމުގެ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ.
# |
ބިމުގެ ނަންބަރު |
ބިމުގެ ބޮޑުމިން |
ދުކުރެވޭ އެންމެ ކުޑަކުލި (މަހަކު) |
1 |
ސިނާޢި ސަރަހައްދުގެ 1 ނަންބަރު ބިން މިހާރު ތަނުގައި ހުރި ޢިމާރާތްތަކާއެކު |
6587 އަކަފޫޓު |
1317/40 ރުފިޔާ |
ބިމުގައި މިހާރު ހުރި ޢިމާރާތްތަކުގެ ތަފުސީލު
1 ޢިމާރާތް 20x54.58 ފޫޓުގެ (އެތެރޭގައި 3 ކޮޓަރި ހިމެނިފައި) އެޅިގަލުން ރާނައި ސިމެންތިޖަހައި ޖަންގަލީ ލަކުޑިއާއި ރުއްވަކަރުން މަތިވަޑާން އަރުވައި ދަގަނޑު ޓިނުން ހިޔާކޮށްފައި .
1 ކޮޓަރި 20x19.08 ފޫޓުގެ އެތެރޭގައި 6x7 ފޫޓުގެ ފާޚާނާއަކާއެކު އެތެރޭގައި ސިމެންތި ޖަހައި ތަޅުން އަޅައި ތަޅުމުގައި މުށިޖަހާފައި ދޮރުފަތެއްނެތް އަދި އެތެރޭގައި އެއްވެސް އެއްޗެއްނެތް .
1 ކޮޓަރި 20x20.25 ފޫޓުގެ އެތެރޭގެ ބިތްތަކުގައި ސިމެންތިޖަހައި ތަޅުން އަޅާފައި ދޮރުފަތެއްނެތް .
1 ކޮޓަރި 12x20 ފޫޓުގެ އެތެރޭގެ ބިތްތަކުގައި ސިމެންތިޖަހައި ތަޅުން އަޅާފައި ދޮރުފަތެއްނެތް .
1 ފެންވަޅު 4 ފޫޓު ޑައިމީޓަރުގެ ގޯތިތެރޭގައި
2 ޓޭންކް 4x7.5 ފޫޓުގެ އުސް 3 ފޫޓު އެތެރޭގައި މުށިޖަހާފައި ގޯތިތެރޭގައި .
1 ޓޭންކް މަސްދޮންނަބަޔާއެކު 4x11 ފޫޓުގެ އެތެރޭގައި މުށިޖަހާފައި
އިސްވެ ދެންނެވުނު ބިމަށް ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު ބިން ތަރައްޤީކުރުމަށް ގަސްތުކޮށްފައިވާގޮތް ކުއްޔަށް ހިފުމަށް ހުށަހަޅުއްވާ ކުލި، އިޖުތިމާޢީ ކަންކަމަށް ޚަރަދުކުރާނެ ގޮތުގެ ތަފުސީލު ހުށަހަޅުއްވަންވާނެއެވެ.
- އިސްވެ ދެންނެވުނު ބިންތަކުގައި ނުކުރެވޭނެ ކަންތައްތައް
- ލުއިކާނާގެ ބާވަތްތަކުގެ ކާބޯތަކެތި އުފައްދައި ބަންދުކުރުމުގެ މަސައްކަތް .
- އިޖުތިމާޢީގޮތުން ވެދެވޭ ޢިނާޔަތް
މިބިން ކުއްޔަށް ހިފާ ފަރާތަކުން ރަށުގެ އިޖުތިމާޢީ ކަންކަމަށް މަދުވެގެން މަހަކު -/1000 ރުފިޔާ ކައުންސިލަށް ދައްކަންޖެހޭނެއެވެ.
- ބިން ތަރައްގީކުރުން
ރަތަފަންދޫ ސިނާޢީ ސަރަޙައްދުގެ 1 ނަންބަރު ބިން ކުއްޔަށް ހިފާ ފަރާތަކުން ބިން ކުއްޔަށް ހިފާތާ 18 މަސްދުވަހުގެ ތެރޭގައި ބިމުގެ ވަށާފާރު ރޭނުމަށްޓަކައި އަޅަންޖެހޭ ފައުންޑޭޝަން އަޅައި ނިންމަންޖެހެއެވެ. އަދި ފުރަތަމަ 5 އަހަރު ދުވަހުގެ ތެރޭގައި 2 ފޫޓު އުސްމިނަށް ރަނގަޅު ފެންވަރަކަށް ފާރު ރާނައި ނިންމަންޖެހޭނެއެވެ.
- ބިން ކުއްޔަށް ހިފާފައިވާ މުއްދަތު ހަމަވުމުގެ ކުރިން ދޫކޮށްލުން
ބިން ކުއްޔަށް ހިފި ފަރާތުން 18 މަސްދުވަސް ނުވަނީސް ބިން ދޫކޮށްލާނަމަ ބިން ބޭނުންކުރި މުއްދަތަށް ފައުންޑޭޝަންގެ އަގަށްވާފައިސާ ކައުންސިލަށް ދައްކަންޖެހޭނެއެވެ. ބިންކުއްޔަށް ހިފި މުއްދަތު ހަމަވުމުގެ ކުރިން ބިން ދޫކޮށްލާނަމަ ބިމުގެ ކުއްޔާއި، އިޖުތިމާޢީ ކަންކަމަށް ޚަރަދު ކުރުމަށް އެއްބަސްވެފައިވާ ފައިސާގެތެރެއިން 6 މަސްދުވަހުގެ ފައިސާ ކައުންސިލަށް ދައްކަންޖެހޭނެއެވެ.
- ޕްރޮޕޯޒަލާއެކު ހުށަހަޅަންޖެހޭ ލިޔުންތައް
- ރަޖިސްޓަރީވެގެން ހިންގާ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއި އަހަރީ ފީދައްކާފައިވާ ރަސީދުގެ ކޮޕީ އަމިއްލަފަރާތެއްނަމަ އައިޑީކާޑުގެ ކޮޕީ
- ކޮމްޕެނީ ޕްރޮފައިލް
- މިއިދާރާއިން ބަލާނެ ކަންތައްތައް
ރަޖިސްޓަރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ؟
މާކްސް ދެވޭގޮތުގެ ތަފުސީލު:
މާކްސް ދެވޭނެ ކްރައިޓީރިއާ |
މާކްސް ދެވޭގޮތް |
ތަފުސީލު |
ހުށަހަޅާ މަހުކުއްޔަށް |
50% |
|
ބިންތަރައްޤީކުރުމަށް ގޯތީގެ ވަށާއިންފާރުރޭނުން |
10% |
|
އިޖުތިމާޢީ ކަންކަމަށްކުރާ ޚަރަދަށް |
40% |
|
03 ޛުލްޤަޢިދާ 1436