ދިވެހިރާއްޖެ
1446ވަނަ އަހަރު (މިއަހަރު) ގެ އަޟްޙާ ޢީދު ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން، ތަފާތު އެކިއެކި ކުޅިވަރުގެ ޙަރަކާތްތަކާއި އިޖްތިމާޢީ ޙަރަކާތްތައް މިރަށުގެ އެކިއެކި ކުލަބް ޖަމިއްޔާ ޖަމާޢަތްތައް މެދުވެރިކޮށް މި ކައުންސިލުގެ އެހީތެރިކަމާއެކު ކުރިޔަށް ގެންދިޔުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ. ކްލަބް ޖަމްޢިއްޔާތައް މެދުވެރިކޮށް ކުރިޔަށް ގެންދިއުމަށް ކައުންސިލުން ގަސްދުކުރާ ހަރަކާތްތައް ބަހާލެވިފައިވާގޮތް ތިރީގައި އެވަނީއެވެ:
ހަރަކާތްތައް |
އިތުރު ތަފްސީލް |
ހިނގާނެކަމަށް ލަފާކުރާ ޚަރަދު |
- ބައިބަލާ - ވީރު - ވާދެމުން |
ވީރު- މުބާރާތުގެ: 1 ވަނަ 3000 ރުފިޔާ 2 ވަނަ 2000 ރުފިޔާ 3 ވަނަ 1000 ރުފިޔާ |
ބައިބަލާ، ވީރު އަދި ވާދެމުން މި 3 ހަރަކާތަށް ޖުމްލަ 15000-20000ރުފިޔާގެ ޚަރަދެއް ހިނގާނެކަމަށް ލަފާކުރެވޭ.. |
- ވެދުމާ ދިއުން - ޢީދު ހުޅު ޖެހުން - ބޮޑުމަސްނެރުން |
ވެދުމާ ދިއުން އަދި ޢީދު ހުޅުޖެހުން މިއީ އެއް އިވެންޓް އަނެއް އިވެންޓާއި ގުޅިފައިވާ 2 އިވެންޓް. |
ވެދުމާދިއުން، ޢީދު ހުޅު އަދި ބޮޑުމަސްނެރުން މި 3 ހަރަކާތަށް ޖުމްލަ 20000-25000 ރުފިޔާގެ ޚަރަދެއް ހިނގާނެކަމަށް ލަފާކުރެވޭ.. |
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، ރަޖިސްޓްރީކޮށްފައިވާ ކުލަބު ޖަމްޢިއްޔާ ޖަމާޢަތްތަކުން 12 މޭ 2025 ވާ ހޯމަ ދުވަހުގެ 11:00 އަށް، މި އިދާރާއަށް ދުރުވެ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލެވިފައިވާކަން، ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.