ދިވެހިރާއްޖެ
ނަންބަރ: (IUL)242-CA/242/2025/6
އިޢުލާން
ގދ.އަތޮޅު ކައުންސިލް އިދާރާއަށް ބޭނުންވާ މީޑިއާގެ ސާމާނު ފޯރުކޮށްދޭނޭ ފަރާތެއް ހޯދުން
މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މި އިދާރާއަށް ބޭނުންވާ މީޑިއާގެ ސާމާނު ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކުރަމެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއިއެކު މަޢުލޫމާތު ކަރުދާސް އަދި، ބީލަން ހުށަހަޅާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުން އޮންނާނީ 2025 މެއި 18 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:30 ގައި ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ މީޓިންގް ރޫމްގައެވެ.
- އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ 6841032 ނަމްބަރު ފޯނަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ. އަދި މި އިދާރާގެ އީމެއިލް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ އެންމެ ފަހު ތާރީޚަކީ 15 މެއި 2025ގެ 13:30 ގެކުރިން.
ތަފްޞީލް |
ތާރީޚާއި ގަޑި |
އަންދާސީ ހިސާބު ހުށަހެޅުން |
18 މެއި 2025 ވަނަ ދުވަހުގެ 13:30 ގައި |
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.