މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސެމީ ސްކިލްޑް ވޯކަރ / މެކޭނިކް

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމްތަކަށް މީހުން ހޯދަން އިއުލާން ކުރަމެވެ.

މަޤާމު

 ސެމީ ސްކިލްޑް ވޯކަރ

ބޭނުންވާ ޢަދަދު

 02

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް 01 އަހަރު ދުވަސް (ފުރަތަމަ 03 މަސް ޕްރޮބޭޝަން)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ދ. މީދޫ އައިސްޕްލާންޓް / މިފްކޯ

ޖުމްލަ މުސާރަ:

 10837.50 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  • އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

  • ގްރޭޑް 7 ފެންވަރު ހުރުން ނުވަތަ މަޤާމާއި ގުޅޭ ދާއިރާއަކުން 01 އަހަރުގެ ތަޖުރިބާ ލިބިފައިވުން
  • މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކުރުމާއިއެކު، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މިހަކަށްވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ޕްލާންޓްގައި ކަޑައެޅިފައިވާ ޑިއުޓީ ކުރުން.
  • އައިސްޕްލާންޓްގެ މަސައަކްތުގައި ބޭނުންކުރާ އާލާތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  • މަސައްކަތުގައި އުޅޭ އެހެން މުވައްޒަފުންނަށް އެހީތެރިވުން.
  • އައިސް ލޯޑް އަދި އަންލޯޑް ކުރުމުގައި އެހީތެރިވުން.
  • މަސައްކަތް ކުރާތަން ސާފުތާހިރުކަމާއި އެކު ބެލެހެއްޓުން.
  • އައިސް ޕްރޮޑަކްޝަންގައި ލޭބަލިންގ އަދި ޕެކޭޖިންގައި އެހީތެރިވުން.
  • މަސްކިރުމުގައި ޙަރަކާތްތެރިވުން. 
  • ކޮންމެ ދުވަހަކުވެސް ރޭވިފައިވާ މަސައްކަތު ޕްލޭނާއި އެއްގޮތަށް މަސައްކަތް ކުރިޔަށް ގެންދިއުން.
  • ކުންފުނިން ކަނޑައަޅާފައިވާ އުޞޫލުތަކާއި އެއްގޮތައް ކަންތައްތައް ބެލެހެއްޓުން.

 

 

މަޤާމު

 މެކޭނިކް

ބޭނުންވާ ޢަދަދު

 1 ( އެކެއް )

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް 01 އަހަރު ދުވަސް (ފުރަތަމަ 03 މަސް ޕްރޮބޭޝަން)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ދ. މީދޫ އައިސްޕްލާންޓް / މިފްކޯ

ޖުމްލަ މުސާރަ:

 11690.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

 އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

  • ގްރޭޑް 10 ނިންމާފައިވުން އަދި 1 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.
  • މަސައްކަތާއި ގުޅުންހުރި ދާއިރާ އަކުން ސެޓްފިކެޓެއް ހާސިލް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހެއްކަމުގައިވުން  

މަޤާމުގެ މަސްޢޫލިއްޔަތު:

  • ފަވަރހައުސް އަދި ކޮމްޕްރަސަރ ރޫމްގެ ޑިއުޓީ އަދާކުރުން
  • މެޝިނަރީސްއަށް ދިމާވާ މައްސަލަތައް ހައްލުކުރުން
  • ޕްލާންޓްގައި މަސައްކަތްކުރަން ގެންގުޅޭ ސާމާނުގެ (ޓޫލްސް) ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.
  • ރެޕިއަރ މެއިންޓަނަންސް މަސައްކަތް ޝެޑިއުލްކޮށް ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު އަދި ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. (މިފްކޯ ޖޮބް އެޕްލިކޭޝަން ފޯމް)

ބ- ޕޮލިސްރިޕޯޓް

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • އެޕްލިކޭޝަން ހުށަހަޅާނީ މިފްކޯ ހެޑް އޮފީސް ރިސެޕްޝަންނަށެވެ.
  • އީމެއިލް ކުރައްވާނީ  careers@mifco.mv އަށެވެ.
  • ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 12 މެއި 2025 ވާ ހޯމަ ދުވަހުގެ މެންދުރު 12:00ގެ ކުރިންނެވެ.   
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކްސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932ފޯނަށް ގުޅުއްވުން އެދެމެވެ.  

06 މޭ 2025
ހޯދާ