މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
1446 އަޟްޙާ ޢީދު ފާހަގަ ކުރުމާއި ގުޅޭ
އިޢުލާން
1446 އަޟްޙާ ޢީދު ފާހަގަ ކުރުމާއި ގުޅޭ
އޭދަފުށީ ކައުންސިލާއި ގުޅިގެން މިއަހަރުގެ އަލްޙާ ޢީދު ފާހަގަ ކުރުމަށް ޝައުޤުވެރިވެލައްވާ ކްލަބު ޖަމްޢިއްޔާތަކުން ކައުންސިލަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ފުރުޞަތުގައި ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތުތައް ހިމެނޭ ގޮތަށް ޕްރޮޕޯސަލް ތައްޔާރުކުރެއްވުމަށްފަހު ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ
- ޢީދު ފާހަގަ ކުރުމަށް ހުށަހަޅާ ޙަރަކާތްތަކުގެ ތަފްޞީލު
- ޙަރަކާތްތައް ހިންގުމަށް ހިނގާނެ ޚަރަދުގެ އަންދާޒާ
- ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ވަސީލަތްތަކުގެ ތަފްޞީލު
- ޙަރަކާތްތައް ހިންގުމަށް ހުށަހަޅާ ތާވަލް
ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ އެންމެ ފަހު ތާރީޚަކީ 2025 މޭ 15 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6608303 / 7992334 ނަންބަރަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
08 ޛުލްޤައިދާ 1446
06 މޭ 2025
ހޯދާ