ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަކްމޭން ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް އާއި ހިންނަވަރު ކައުންސިލް އިދާރާ ގުޅިގެން ހިންނަވަރުގައި ހިންގުމަށް ހަމަޖެހިފައިވާ ދަނޑުވެރިކަމާއި ގުޅޭ ތަމްރީން ޕްރޮގްރާމާއިގުޅޭ.

އިޢުލާން

             ބަކްމޭން ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް އާއި ހިންނަވަރު ކައުންސިލް ގުޅިގެން ހިންނަވަރުގައި ދަނޑުވެރިކަމާއިގުޅޭ ތަމްރީން ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނު ޕްރޮގްރާމް އަމާޒު ކުރެވިފައިވަނީ މިރަށުގެ ދަނޑުވެރިންނާއި، ފެނުގައި ގަސް ހެއްދުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށާއި އަދި ސްކޫލުގެ މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށެވެ.  

            ވީމާ، ގަސް އިންދުމުގެ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 މޭ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ގޫގަލް ފޯމް މެދުވެރިކޮށް ނަންނޯޓު ކުރެއްވުމަށް ދެންނެވީމެވެ.

ކޯހުގެ މުއްދަތު: 14 ދުވަސް

ކޯހުގެ ފީ: -/2000 ރުފިޔާ

ކޯހުގައި ދަސްކޮށްދޭ ބައިތައް: ހައިޑްރޮޕޯނިކްސް، ވާޓިކަލް އެންޑް ކޮންޓެއިނަރ ގާރޑިނިންގ

ޕްރޮގްރާމް ކުރިއަށްގެންދާނީ: ސްރީލަންކާއިން ވަޑައިގަންނަވާ ޕްރޮފެސަރެއް.

           ޕްރޮގްރާމްގެ ބައިވެރިންނަށް ބޭނުންވާ އެންމެހާ ތަކެތި ކޯސް ހިންގާ ފަރާތުން ބައިވެރިންނަށް ފޯރުކޮށްދޭނެއެވެ.

ޕްރޮގްރާމްގައި ބައިވެރިވުމަށް އޮންލައިން ފޯމް ފުރުމަށް: https://forms.gle/u47KhCD3RoBXKfPg6

           ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

 

06 މޭ 2025
ހޯދާ